އިޒްރާއިލަށް ޖައްސަން ދެކޮޅުހެދި އެމިރޭޓްސްގެ ޕައިލެޓެއް ސަސްޕެންޑް ކޮށްފިއެވެ.
އެމިރޭޓްސް އެއަރލައިން އިން ސަސްޕެންޑް ކޮށްފައި މިވަނީ ޓިއުނީޝިޔާއަށް ނިސްބަތްވާ މުނީމް ސާހަބް ތަބާ ނަމަކަށް ކިޔާ ޕައިލެޓެކެވެ.
މުނީމް ވަނީ އޭނާގެ ސަސްޕެންޝަންގެ ޙަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ ތިމަންނާގެ ބެލެހެއްޓުން ތެރިއަކަށް ﷲފުދޭ ކަމަށާއި، އޭނާ އެކަމާ ހާަސް ނުވާ ކަމަށެވެ.
ކެޕްޓަން މުނީމްގެ ސަސްޕެންޝަންގެ ޙަބަރު ސޯޝަލް މީޑިއާގައި ފެތުރިގެން ދިއުމާއި އެކު ގިނަ ބަޔަކު ވަނީ ދުބާއީ އަށް ނިސްބަތްވާ އެމިރޭޓްސް ކުށްވެރިކޮށް, މުނީމް އިޒްރާއިލާއިދެކޮޅަށް ވެވިފައިވާ އެއްބަސް ވުން ދިފާޢުކޮށް އެގޮތުގައި ދެމިހުރީތީ އެކަމަށް ތަޢުރީފުކޮށްފައެވެ.
އިޒްރާއިލާއި ގުޅުންތައް ކަނޑާލުމަށް ވެވިފައިވާ އެއްބަސްވުން އުވާލައި، އިޒްރާއިލާއި ގުޅުން ބަދަހި ކުރި އެންމެ ފުރަތަމަ ޢަރަބި ޤައުމަކީ ޔޫއޭއީ އެވެ. އަދި ބަހްރެއިންއާއި ސޫދާނުން ވެސް އިޒްރާއިލާއި ގުޅުން ބަދަހި ކޮށްފައިވެއެވެ. ދާަދި ގަހަކުން ވަނީ މަޢްރިބުންވެސް އިޒްރާއިލާއި ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައެވެ.
ޓިއުނީޝިޔާ އިން ވަނީ އަދާ ހަމައަށްވެސް އެޤައުމުން އިޒްރާއީލާއި ކަނޑާލި ގުޅުން އެގޮތުގައި ދަމަހައްޓައި ފައެވެ. އަދި ޓިއުނީޝިޔާ ގެ ފޮރިން މިނިސްޓްރީން އިން ބުނެފައިވަނީ "އިޒްރާއިލާއި ގުޅުން ގާއިމް ކުރި ޤައުމުތަކުގެ ނިންމުމަށް އިޚްތިރާމް ކުރާ ކަމަށާއި ، އެޤައުމުން އެޤައުމުގެ ނިންމުން އެގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ބައނަލް އަޤްވާމީ ގުޅުންތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.
2019ވަނަ އަހަރު އިންތިޚާބު ކުރެވުނު ޓިއުނީޝިޔާގެ ރައީސް ކައިސް ސައީދު ވިދާޅުވެފައިވަނީ ފަލަސްޠީނަކީ ރެޖިސްޓަރ ވެފައިވާ ޤައުމެއް ނޫން ކަމަށްވިޔަސް، ޓިއުނީޝިޔާގެ ރައްޔިތުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ނަމެއް ކަމަށެވެ.
މަޢްރިބުން އިޒްރާއިލާއި ގުޅުން ބަދަހި ކުރުމާއި ގުޅިގެން ޓިއުނީޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރަޝީދް ގަނޫޗީ
ވިދާޅުވެފައިވަނީ އެނިންމުމުގެ ސަބަބުން ހައިރާން ވާކަމަށެވެ. އަދި މިއީ ޢަރަބި ޤައުމު ތަކުގެ ސުލްހައިގެ އެއްބަސް ބިންތަކާއި ޙިލާފުވާ ނިންމުމަށް ކަމަށެވެ. އަދި ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި މުސްލިމުންގެ އަޙްވަންތަ ކަމާއި އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށެވެ.
ޓިއުނީޝިޔާ އާއި އަލްޖޭރިއާއިން ވަނީ އިޒްރާއީލްގެ މަތިންދާ ބޯއްޓުތަށް މަޢްރިބަށް ދިއުމަށާއި އައުމަށް ވެސް، އެދެޤައުމުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފައެވެ. މިކަމުގެ ސަބަބުން އެފްލައިޓް ތަކަށް މަޖުބޫރުވެފައިވަނީ ނުސީދާގޮތަށް ޔޫރަޕް މަގުން ދަތުރުކުރުމަށެވެ.
އިޒްރާއިލް އެއަރލައިންއިން ވަނީ ފާއިތުވި އަހަރުގެ އޮގޮސްޓުމަހު ތެލްއަވީވްއާއި ޔޫއޭއީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފަ އެވެ. އިއްތިހާދު އެއާވޭސްގެ އަކީ އިޒްރޭލަށް ދަތުރުތައް ފެށި ޔޫއޭއީގެ ފުރަތަމަ އެއާވޭސްއެވެ. އެއީ ފަލަސްތީނަށް ބޭސް ހިފައިގެން ކުރި ދަތުރެކެވެ.
އިޒްރާއިލްގެ ނޫސް ވެބްސައިޓް "ގްލޯބްސް"އިން ބުނާ ގޮތުގައި އެމިރޭޓްސް އިން ތެލްއަވީވްއާއި ދުބާއިއާއި ދެމެދު ކުރާ ދަތުރުތައް މިފެށޭމަހު އިފްތިތާހު ކުރާނެއެވެ.
ޚިޔާލު