އަހަންނަށް ހެޔޮ ނުބައި ވިސްނޭ އުމުރަށް އަންނަން ފެށިއިރު ދިވެހިރާއްޖޭގައި އެހާ ދީނީ ހޭލުންތެރިކަމެއް ނެތެވެ. މިގޮތުން އަހަރެން ވެސް ބޮޑުވަމުން އައީ ޒަމާނާ އެއްގޮތަށް މިހާރުގެ ނަމުން ނަމަ ތަޙްޒީބީ ގޮތަށެވެ. ސްކޫލް ދައުރުން ފެށިގެން އަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ ހުޅަނގުގެ ފެޝަންތަކަށް ލޯބިކުރާ ކުދިންނެވެ. އަހަރެން ވެސް އެމީހުން ހެދުން އަޅާ ގޮތަށް ހެދުން އަޅާ، އެމީހުން އުޅޭ ގޮތްތައް އެއީ އެންމެ މޮޅު ގޮތް ކަމަށް ދެކެމުން އެގޮތަށް އުޅެމުން ދިޔައީމެވެ. އަހަރެން ވަރަށް ކުޑައިރު ބައްޕަ އާއި މަންމަ ވަރިވެއްޖެއެވެ. އަހަރެންގެ ކުޑަ ކޮއްކޮ ގޮވައިގެން އުޅުމުގެ ސަބަބުން މަންމަ އަކަށް އަހަރެންނާއި އެހާ އަޅައެއް ނުލެވެއެވެ.
ސްކޫލްގެ އިތުރުގަޑި ކިޔަވަން ދާންޖެހޭ ކަމަށް ބުނެ ގިނަ ވަޤުތު ހޭދަކުރަނީ އެކުވެރިންނާ އެކުގައެވެ. އަހަރެންގެ އެއްވެސް "ސްޓައިލެއް" ނެތް ކަމަށް ބުނެ އެމީހުން ޒަމާނާ އެއްގޮތް ވާގޮތަށް އަހަރެންގެ ދިގު އިސްތަށިގަނޑު ވެސް ކޮށާލަދިނެވެ. މަންމަ އެކަމާ ވަރަށް ރުޅި އައެވެ. އަހަރެން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހަމަޖައްސާލީ އެވެ. ދުވަސްތައް ފާއިތުވެގެން ގޮސް ސްކޫލް ނިމިއްޖެއެވެ. އަހަރެންގެ އެކުވެރިން އެކި އެކި ގްރޭޑް ތަކުން ސްކޫލުން ކަނޑާލީއެވެ. އުޅުން ގޯސް ކަމުންނާއި ފާސް ނުވާތީއެވެ. ނަމަވެސް ﷲ ގެ ރަޙުމަތްފުޅާއެކު އަހަރެން ސްކޫލު ނިންމީމެވެ. އަދި މަތީ ތަޢުލީމް ވެސް ޙާޞިލް ކުރީމެވެ. އޭގެ ފަހުން ރަނގަޅު ވަޒީފާ އެއްވެސް ލިބުނެވެ.
ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެންގެ އެކުވެރިންނާ ދިމާވިއެވެ. ކުރިއެކޭ އެއްގޮތަށް ގުޅުން ބަދަހިވެ ކޮފީ ބޯން ތަންތަނަށް ދިއުން ގިނަކުރެވެން ފެށުނެވެ. ނަމަވެސް ވަޒީފާ ބަރާބަރަށް އަދާކުރަމެވެ. ސަބަބަކީ މަންމަ އާއި ކޮއްކޮމެން ބަލަން ޖެހޭތީއެވެ. އެކުވެރިންނަށް އަހަންނަކީ މާކަމެއް ނުވާ މީހަކަށްވީ ލޯބިވެރިޔަކު ނުހުންނާތީ ކަމަށް އެމީހުން ތަކުރާރުކޮށް ބުނަމުން ދިޔައެވެ. މިކަމާ ވަރަށް ބޮޑަށް ވިސްނެން ފެށުނެވެ. އަދި މާލެގެ މުއްސަނދި ޢާއިލާ އެއްގެ ފިރިހެން ކުއްޖަކާއި ރައްޓެހިވީމެވެ.
އޭނަގެ އުޅުން ރަނގަޅު ނޫންކަން އެނގުނީ އެއްކޮށް އުޅޭތާ 4 އަހަރު ފާއިތުވީ ފަހުންނެވެ. އޭނައާ އެކު ފާހިޝް ޢަމަލްތަކަށް އަރައިގަނެވުނެވެ. ޙަޔާތުގައި ކުރިއަށް ދެވެން އޮތް ރަނގަޅު ގޮތަކީ ކޮބައިތޯ ނުބަލާ އަވަހަށް އޭނައާ ކައިވެނިކުރީމެވެ. ކައިވެންޏަށް ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު އޭނާ އަހަރެން ބެލުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭނަ އަށް ޚަރަދު ކުރަން ވެސް ޖެހެނީ އަހަންނަށެވެ.
ދުވަހަކީ ވިއްސާރަ ދުވަހެކެވެ. އޮފީހުގައި އިނދެފައި ގެއަށް ކާން އަންނަން ބޭނުންވި ދުވަހަކަށް ވުމާއެކު ގެއާ ދިމާއަށް ހިނގަން ފެށީމެވެ. ގެއަށް އައިސް ވަނުމާއެކީ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލީމެވެ. ކޮޓަރި ވަނީ ތަޅުލާފަ އެވެ. އަވަސް އަވަހަށް ފިރިމީހާގެ ފައިވާން އިންތޯ ބަލާލީމެވެ. ކުއްލިއަކަށް ލިބުނީ ސިހުމެކެވެ. ފިރިމީހާގެ ފައިވާން ފިޔަވާ އިތުރު 4 ފައިވާން އިނެވެ. ދޮރުގައި ޓަކި ޖަހާލީމެވެ. އެވަޤުތު ކޮޓަރިން ބޭރަށް ނުކުތީ ދުވަހަކުވެސް ނުދެކޭ 4 ފިރިހެނުންނެވެ. އަހަރެންގެ ފިރިމީހާ އެނދުގައި އިށީނދެލައިގެން އިނެވެ.
މުޅި ކޮޓަރި ވަނީ ސިނގިރޭޓު ދުމުން ފުރިފައެވެ. އެއީ ކޮންބައެއްތޯ ސްވާލުކުރުމުން އެއީ އެނަގެ ރައްޓެހިން ކަމަށް ބުންޏެވެ. އޭނަގެ ވާހަކަ ދެއްކުމުގައި އަޅައަޅައިގަންނަ ގޮތެއް ހުރުމުން އޭނަ ވަނީ މަސްތުވެފައިވާ ޙާލުގައިކަން އެނގުނެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނަ ފުރަތަމަ އިންކާރު ކުރިއެވެ. ނަމަވެސް އަހަންނަކީ ވެސް ގޮތް ދޫނުކުރާ މީހެއްކަން އޭނަ އަށް އެނގުމުން ހުރިހާ ވަހަކައެއް ކިޔައިދިނެވެ. އޭނައަކީ އުމުރުން 13 އަހަރުން ފެށިގެން އެކަން ކުރާ މީހެއް ކަމަށާއި އަދި އޭނަ ވަނީ އެކަމަށް ދެވިހިފާފައި ކަމަށް ވެސް ބުންޏެވެ.
އެވަޤުތު އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ކަނޑައިގެންގޮސް އަޑިއަށް ދާހެންނެވެ. ބާރަށް ރޯން ފެށީމެވެ. އަދި އޭނާ ކައިރީ އެކަން ހުއްޓާލުމަށް އެދި އާދޭސް ކުރީމެވެ. ނަމަވެސް އެކަން އަހަންނަށް ފަޅާ އެރުމާއި ގުޅިގެން އޭނަގެ ކަންތައްތައް ދާން ފެށީ މާ މައްޗަށެވެ. ރޭގަނޑު ގެއަށް ނިދަން ނައުމާއި އަތުވެއްޖެނަމަ ދިޔަނުދީ ހިފަހައްޓައިފިއްޔާ އަހަރެންގެ ގައިގައި ތަޅާ އަނިޔާ ވެސް ކުރަން ފެށިއެވެ.
އެންމެފަހުން އަހަންނަށް ވިސްނުނީ އޭނައާއެކީ އުޅެވޭނީ އޭނަ އުޅޭ ގޮތަށް އުޅެގެން ކަމަށެވެ. ޝައިޠާނާގެ މަޅީގައި އަހަރެން ވެސް ޖެހި ނިމިއްޖެއެވެ. ލޮބުވެތި ކިއުންތެރިންނޭވެ! އަހަރެން ވެސް ފިރިމީހާ ފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ވެއްޖެއެވެ. އެކަމުގެ ސަބަބުން އޭނާ އަހަރެން ދެކެ މާ ލޯބިވާ ކަމަށް އިޙުސާސް ކުރެވުނެވެ. މަސްތުގެ ހާލުގައި ވަޒީފާ އަށް ދާން ފެށުމުން އޮފީހުގެ ވެރިންނަށް އެކަން އެނގިގެން ވަޒީފާ އިން ވެސް ވަކި ކޮށްފިއެވެ.
މަސްތުވާން ލިބޭ މިންވަރު މަދުވެގެން އަހަންނާއި ފިރިމީހާގެ ޒުވާބު ވެސް އިތުރު ވާން ފެށިއެވެ. ދެން ވާން ފެށިގޮތަކީ ފިރިމީހާ އަހަންނަށް މަސްތުވާތަކެތި ނުދޭން ފެށީއެވެ. މިހެން ވުމުން އަހަރެން ވެސް ބޭރު ތެރެއަށް ނުކުމެ އެތަކެތި ހޯދަން ފެށީމެވެ. މިކަމާ ރުޅި އައިސްގެން އަހަރެމެންގެ ދެމެދުގައި ޒުވާބެއް ހިނގާ އޭނަ އަހަރެން ވަރިކޮށްލިއެވެ. މާގިނަ ދުވަސްތަކެއް ނުވެ އިވުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ޚަބަރެވެ.
އޭނައެކޭ އެއްފަދައިން ފުލުހުން އަހަރެންވެސް ހައްޔަރު ކޮށްފިއެވެ. ދެން ފެށުނީ މުޅިން އެހެން ދުވަސްތަކެކެވެ. މަސްތުވާތަކެތީގެ މައްސަލާގައި 6 އަހަރަށް އަހަރެން ޖަލަށް ލާން ޙުކުމް ކުރެވުނެވެ. ޖަލުގައި ދުވަސްތައް ހޭދަކުރަން ފެށުނެވެ. އެތަނަކީ ތަފާތު ބާވަތް ބާވަތުގެ ކުށް ކޮށްފައިވާ މީހުން ތިބޭ ތަނެކެވެ. އެތަނުގެ އެއްބަޔަކު ނަމާދުކޮށް ރަނގަޅަށް އުޅޭއިރު އަނެއް ބަޔަކު އުޅެނީ އުފަލާއި މަޖަލުގައި ޣާފިލް ކަމުގައެވެ. ނަމަވެސް އަހަރެންގެ ޙަޔާތަށް ބަދަލުތަކެއް ގެނުވަން ފެށީ އެޖަލެވެ. އެތަނުގައި އުޅުނުއިރު ހެއްދެވި ފަރާތާއި މެދު ވިސްނެން ފެށުނެވެ. އަހަރެންވެސް އެތަނުގައި އުޅޭ ރަނގަޅު މީހުންނާއި އެއްކޮށް ނަމާދު ކުރަން ފެށީމެވެ. އަދި ޤުރުއާން ކިޔަވަން ފެށީމެވެ. ޤުރުއާން ނުކިޔަވާތީ ރަނގަޅަށް ކިޔަންވެސް ނޭނގެއެވެ. ﷲ ގެ އިރާދަފުޅުން މީހުންގެ އެހީތެރިކަން ލިބިގެން ވަރަށް އަވަހަށް ޤުރުއާން ކިޔަވަން ފަރިތަވެއްޖެއެވެ.
ޖަލުގައި ދުވަސްތައް ހޭދަކުރީ ވަރަށް ވޭނާ ހިތާމައިގައެވެ. އަހަރެން އެތަނުގައި ﷲ سبحانه وتعالى ގެ ޙަޟްރަތަށް ރުޖޫޢަވެ ފާފާތައް ފުއްސެވުން އެދި ދަންނަވަމުން ދިޔައީމެވެ. ﷲ ގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ތައުބާ ލެއްވުން އެދި ދެންނެވީމެވެ. ހަމަކަށަވަރުން ﷲ سبحانه وتعالى އަކީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ އިލާހެވެ.
މިހެން ދުވަސްތައް ވޭތުކުރަމުން ގޮސް، އެތަނުގައި ބަރާބަރު 1 އަހަރާ 7 މަސް ވީ ދުވަހު ޖަލު ބަލަހައްޓާ މީހާ ގޭޓުން ވަދެގެން އައިސް އަހަރެންގެ ނަން ގޮވާލިއެވެ. އަދި އިތުރު 4 މީހެއްގެ ނަން ވެސް ގޮވިއެވެ. އެއްޗެއްސާއެކު މާލެ ދާން ތައްޔާރުވާން ބުންޏެވެ. އަހަންނަށް ލިބުނު އުފަލުން ރޯން ފެށުނެވެ. ޖަލު ބަލަހައްޓާ މީހާ ބުނީ އެތަނުގައި ރަނގަޅަށް އުޅުނު 5 ކުދިންގެ ތެރެއިން އަހަރެން ހޮވުނީ ކަމުގައެވެ.
އަހަރެންގެ މައިންބަފައިންގެ ކައިރިއަށް މާލެ އަށް އާދެވިއްޖެއެވެ. މަންމަ ވަރަށް ރޮއެ އާދޭސް ކުރިއެވެ. އަދި އާފެށުމަކުން ޙަޔާތެއް ފެށުމަށް ނަޞީޙަތްތެރިވިއެވެ. ޖަލުން އައިފަހުން އަހަންނަކީ 5 އިރު ނާޅާ ނަމާދު ކުރާ މީހެކެވެ. ނަމަވެސް މިނިވަންކަން ލިބުމުން މާގިނަ ދުވަހެއް ނުވެ ﷲ ގެ ރަޙްމަތް ހަނދާން ނެތިއްޖެއެވެ. އަނެއްކާވެސް އަޅުކަމާއި ދުރުވެވިއްޖެއެވެ. ނަމަވެސް މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރަމެވެ. އަދި ރަނގަޅު ވަޒީފާއެއް އަދާ ކުރަން ފެށީމެވެ. އޮފީހުގެ ރައްޓެހިންނާ އެކު ކޮފީ ބޯން ދިއުމާއި މަޖާކުރުމުގައި ވަޤުތު ހޭދަކުރުން ގިނަވެއްޖެއެވެ.
މިގޮތުން އެއްރޭ ވަރަށް ގިނަ އިރު ވަންދެން ރައްޓެހިންނާ އެކު މަޖާކޮށް ވަރުބަލިވެގެން ގެއަށް އައިސް އެނދުގައި ޖައްސާލިތަނާ ނިދުނު ގޮތްވެސް ނޭނގުނެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ބިރުން ތުރުތުރު އަޅައެވެ. ހުވަފެނުގައި މީހަކު ނުފެނެއެވެ. ނަމަވެސް ވަރަށް ގަދަފަދަ އަޑެއް އިވުނެވެ. އެއީ ފިރިހެނެއްގެ އަޑުކަން ޔަޤީނެވެ. އެނާ ބުންޏެވެ. މިއީ މަލަކުލްމައުތެވެ. މިއައީ ކަލޭ ބަލައެވެ. އަވަހަށް ހިނގާށެވެ. އަހަރެން ވަރަށް ރޮއެ އާދެސް ކުރީމެވެ. އަދި ދުނިޔޭގައި އުޅުމަށް އެއްފުރުޞަތު ދިނުމަށް ގޮވަމުން ދިޔައީމެވެ.
ހޭލެވުނު އިރު ހީވީ އަހަރެން އަލުން ދުނިޔެ އަށް އުފަންވިހެނެވެ. ދެން ނިދަން އުޅެއުޅެ ނުނިދިފައި އިންދާ އިވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. އަވަސް އަވަހަށް ވުޟޫ ކޮށްލައިގެން ނަމާދަށް އެރީމެވެ. މިގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ގޮސް އަނެއްކާ ވެސް ސީދާ މަގުން ކަސިޔާރު ވެވިއްޖެއެވެ. އަޅުކަމާ ދުރުވެވިއްޖެއެވެ.
މިހެން އުޅޭތާ މާގިނަ ދުވަހެއް ނުވެ އަނެއްކާ އެއްކަލަ ހުވަފެން ފެނިއްޖެއެވެ. މިފަހަރު އެއަޑުގެ ވެރިޔާގެ އަޑު މާ ހަރުކަށިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ މީހަކު ދަމަމުން ކޮންމެވެސް ތާކަށް ދަމައިގެން ދަނީއެވެ. އެކަމަކު އެމީހަކު ނުފެނެއެވެ. ރޮއެ ރޮއެ އަހަންނަށް ވާހަކަ ވެސް ނުދެއްކެއެވެ. ކުރިމަތިން ބޮޑު އަލިފާންގަނޑެއް ފެންނަން އޮތެވެ. މިފަހަރުވެސް އަހަރެން ދޫކޮށްލުމަށް ގޮވަމުން ދިޔައީމެވެ. ކުއްލިއަކަށް އަތުން ދޫކޮށްލައިފި އެވެ. ދެން ވާހަކަ ދައްކާ އަޑު އިވުނެވެ. މީގެ ފަހުން ދެން ދުވަހަކު ވެސް ގޯސްކޮށް ނޫޅެން ވަޢުދުވުމަށް ބުންޏެވެ. ދެން މީގެ ފަހުން ފުރުޞަތެއް ނުދޭނެ ކަމަށް ވެސް ބުންޏެވެ. ހޭލެވުނު އިރު ދެލޮލުން ކަރުނަ ފައިބައެވެ. އަދި ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. ދެން ދުވަހަކުވެސް ނާމާދު ނޭޅުމަށެވެ. އަދި ސީދާ މަގުން އެއްކިބާވެގެން ނުދިއުމަށެވެ.
ﷲ އަށް ޙަމްދު ހުއްޓެވެ. އަހަންނަކީ މިހާރު މުޅިން އެހެން މީހަކީމެވެ. އިސްލާމީ ޙިޖާބުން ޙިޖާބްވެ ނިވާވެގެން ހުރި އަންހެނަކީމެވެ. އަދި އެދުވަހަށް ފަހު ދުވަހަކުވެސް ނަމާދު ނާޅަމެވެ. އަދި މިހާރު ލިބެމުން މިދާ އުފާ ދުވަހަކުވެސް މީގެ ކުރީގައި އަހަރެންގެ ހިތަށް ލިބިފައެއް ނުވެއެވެ. މިއީ އަހަރެންގެ ދިރިއުޅުން ބަދަލުވި ގޮތެވެ.
_________________
* ނޯޓް : މިވާހަކައަކީ ދިވެހި ޢުޚްތަކު ވަރަށް އަސަރާ އެކު އަޅުގަނޑަށް ކިޔާދީފައިވާ ޙަޤީޤީ ވާހަކައެކެވެ.
_________________
ވިސްނާފިކުރުކުރާށެވެ! ދުނިޔެ އާއި ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ނެތިވެފަނާވެގެންދާނެ އެއްޗެކެވެ. ތިބާގެ އަމިއްލަ ނަފްސުވެސް މެއެވެ. ހަމައެކަނިއެންމެ ފަރާތެއް ފިޔަވައެވެ. އެއީ ތިބާގެ ވެރި ރައްބެވެ. އެއިލާހުއީފެށުމެއްނުވާ އަދި ނިމުމެއްނުވާ އިލާހެވެ. (އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!) މިދުނިޔެމަތީގައި ތިބާގެ މިސާލަކީ މޫދުގައި ދަތުރުކުރާ ނަވެއްގެމިސާލެވެ. އެނައު ދަތުރު ކޮށްފައި ދާއިރު އޭގެ ވަށައިގެންވާ ކަނޑުގެލޮނުގަނޑުގައި ޖެހޭނެއެވެ. ނަމަވެސް ލޮނުގަނޑު ނަވުގެ ތެރެއަށް ވަދެއްޖެނަމަ އިސާހިތަކު ނައު ކަނޑުގެ ތެރެއަށް ޣަރަޤު ވެދާނެ އެވެ. ހަމައެފަދައިންދުނިޔޭގައި ތިބާ ހޭދަކުރާ ދުވަސްތަކުގައި ދުނިޔަވީ ކަންކަމުގައި ތިބާއުޅުނު ނަމަވެސް، ދުނިޔޭގެ ލޯބި ތިބާގެ ހިތަށް ވަދެއްޖެނަމަ ދާދި އަވަހަށްތިބާ ދުނިޔޭގެ ދަޅަ ތަކުގައި ޖެހި، މިކެހިވެރި ދުނިޔޭގެ ތެރެއަށް ތިބާޣަރަޤުވެގެން ހިނގައިދާނެ އެވެ.
ޙަޤީޤަތަކީމިއީ ކަމަށް ވާއިރު، ތިބާ ދޫކުރަން ތިއުޅޭ ތަނާމެދު ތިބާ އެވަރަށް ކަންބޮޑުވެހާސްވަނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ތިބާ ވަނީ މިދުނިޔޭގެ އުފާތައްޙާޞިލްކުރުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައެވެ. ނަމަވެސްއާޚިރަތަށްޓަކައި، އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ތިބާ ކުޑަވެސްފަރުވާލެއް ނުބަހައްޓައެވެ. ތިބާ ދުނިޔެއަށްޓަކައި އާޚިރަތްވިއްކާލީމުއެވެ. މިހެންވެ، ރީތި ބިނާތަކެއްގެ ތެރެއިން ވީރާނާވެފައިވާތަނަކަށް ދިއުމަށް ތިބާގެ ހިތް ނޭދެނީއެވެ.
އަދިވެސްތިބާގެ ދިރިއުޅުމުގައި ބޭކާރުގޮތުގައި ދުއްވާލާފައިވާ ދުވަސްތަކަށްޓަކައިތިބާގެ ހިތް ރޮއެ ހިތާމާ ނުކުރޭ ހެއްޔެވެ؟
މިދުނިޔެއާއިދުނިޔޭގެ އުފާތަކަކީ ވަގުތީ ކަމެއްކަން ތިބާ އަބަދުވެސް ހަނދާންކުރާށެވެ!ދުނިޔަވީ ކަންތައްތައް މާދަމާއަށްޓަކައި ފަސްކޮށް، އާޚިރަތަށްޓަކައިތައްޔާރުވުމަށް މިއަދު އިޚްތިޔާރުކުރާށެވެ! އެހެނީ ތިބާގެ ފުރާނަ ތިބާގެހަށިގަނޑާއި ވަކިވާނެ ވަޤުތެއް ޚުދު ތިބާއަށް ވެސް އެނގިގެނެއް ނުވެއެވެ. މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ.
(ނިމުނީ)















advertisment
ވަރަށް އަސަރުގަދަ އިބްރަތުން ފުރިގެން ވާ ވާހަކައެއް މާތް ﷲ އަހަރެމެން އެންމެނަށް ތެދުމަގު ދައްކަވާ ހެޔޮ ރަހުމަތް ލައްވާށި އެފަދަ އެންމެނަށް ތެދުމަގު މަގު ދަށްކަވާށި
ވަރަށް އަސަރު ކުރުވާ ވާހަކައެއް
މި ވާހަކަ އަކީ ހަމަ ވަރަށް ހަގީގީ ވާހަކަ އެއް
ބަލަންވީ ވާހަކަޔަކައްނޫން. އިބުރަތެއް ހޯދަބަ
ވަރަށް ރަގަޅު އިސްލާހުވިކަން ތިކަހަލަ ވިސްނޭ ކުދިން ގިނަވާނެ ނަމަ ދޯ. މިހާރު މީހަކާ އިނދެގެން ރަގަޅަށް އުޅުނީމަ ދެން ނިމުނީ.ކުރިގެ ބައި ހަދާން ނައްތާލާ.
ޝައުގު ވެރި ވާހަކަ އެއް……..
ވަރަށް ޢިބުރަޠްތެރި ވާހަކަ އެއް………..
ތިކަހަލަ ހުވަފެންތައް އަހަރެމެން އެންމެނަށްވެސް ފެންނާނެނަމަ ކިހާ ރަނގަލު.
މިފަދަ ވާހިކަތައް ނެރުމަކީ ވަރަށް ސަޅިކަމެއް،އަދި ވެސް މިފަދަ ވާހަ ކައެއް ނިކުންނާނެ ކަމަށް އުންމީދު ކުރަން…………
Yaa Allah alhamennee namaadhu alhaa bash kamiya nulahvaan dheyve
ވަރަށް އަސަރުގަދަ ރީތި ވާހަކައެއް…. އިބުރަތުން ފުރިފައިވާ ވާހަކައެއް.
mihaarun feshigen hithugai azum kanda alhaifin baraabarah namaadhu kurumah…
It made me cry…
Hama rangalhah vz rohvailaifi dhuniyega mi ulhen libey kuda dhuvas kolhuge beynun heyogothugaa hifamaaaaaaaaa
v v thafaathu v iburah theri vahakaeh mifadhain kohme meehakah ves visneyne nama dhw.. insha allah adhi visneyne….