ރިޕޯޓްވިޔަފާރި

ޑޮލަރުގެ އަގަށް ގެނެވުނު ބަދަލާއެކު، ދިވެހި ޢިޤްޠިޞާދު!

ލިޔުނީ: ހުސެއިން ސާލިމް

ޑޮލަރު ނުލިބި ދިވެހިން އެތަށް ގޮތަކުން "ތާށިވެފައި" ވަނިކޮށް އަދުގެ ސަރުކާރުން އެ ވަނީ ޑޮލަރުގެ އަގު 10.28 އާއި، 15.42 ދެމެދުގެ އަގަކަށް ބަދަލުކޮށްފައެވެ. ޑޮލަރުގެ އަގަށް މި ގެނެވުނު ބަދަލާއެކު ދިވެހި އިޤްޠިޞާދަށް އެތައްގޮތަކުން އަސަރުކުރާނެކަން ޔަޤީނެވެ. މި ރިޕޯޓުގައި އަޅުގަނޑު ކުރުގޮތަކަށް ބަލައިލާނީ، ސަރުކާރުން މިގެނާ ބަދަލުގެ ސަބަބުން ދިވެހި އިޤްޠިޞާދަށް ކުރާނެ ފައިދާއާއި، ގެއްލުމުގެ މަށްޗަށެވެ.

މައުލޫއާގެން ވަޑައިގަތުމުގެ ކުރިން އެކްސްޗޭންޖް ރޭޓަކީ ކޮބައިކަން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. އެކްސް ޗޭންޖް ރޭޓަކީ، އެއް ޤައުމެއްގެ ފައިސާ އެހެން ޤައުމެއްގެ ފައިސާއިން އަގުކުރުމަށް ކިޔާ ނަމެކެވެ. މިސާލަކަށް ބަލާނަމަ މީގެ ކުރިން އަޅުގަނޑުމެން ކިޔާ މިއުޅެނީ އެއް ޑޮލަރުގެ އަގަކީ 12.75 ރުފިޔާކަމަށެވެ. އެއްޑޮލަރު 12.75 ރުފިޔާއިން ބަޔާން މިކުރެވެނީ އެމެރިކާ ޑޮލަރު ދިވެހި ފައިސާއިން އަގުކުރުމުންނެވެ.

ޑޮލަރު ވިއްކޭ އަގު ބޮޑުކުރުމުން އިޤްޠިޞާދައް އެތަކެއް މަންފާތަކެއް ކުރެއެވެ. އެގޮތުން އެއްކަމެއްގެ ގޮތުން، ޑޮލަރުގެ ސަޕްލައި އިޤްޠިޞާދުގައި އިތުރުވެގެން ދާނެއެވެ. ގިނައިން ޑޮލަރު ރައްކާ ކޮށް ޖަމާކޮށްފައިވާ މީހުންވެސް، ޑޮލަރު ވިއްކޭ އަގު މަތިކުރުމުން، އެމީހުންކެ ތިޖޫރިތަކުން ނަގާ ވިއްކާލުމަށް މަސައްކަތް ކުރާނެއެވެ. އެއީ ޑޮލަރު ވިއްކުމުން އެމީހުންނަށް ލިބެން އޮތް ފައިދާ ލިބިގަތުމަށްޓަކައެވެ. ނަތީޖާއެއްގެ ގޮތުން އިޤްޠިޞާދުގައި ދައުރުވާ ޑޮލަރު އިތުރުވެ، ޑޮލަރުގެ އަގު މަޑުމަޑުން ދައްވެގެން އައިސް އާންމު ހާލަތަކަށް އިޤްޠިޞާދުގެ ހާލަތު ރުޖޫއަ ކުރެވޭނެއެވެ.

ދެވަނަ ކަމެއްގެ ގޮތުން ފާހަގަ ކޮށްލަން ބޭނުންވަނީ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި، ސަރުކާރަށް ލިބެމުން އަންނަ އާމްދަނީއަށް އަންނާނެ ހެޔޮ ބަދަލެވެ. ޑޮލަރުގެ އަގު މަތި ވުމާއެކު ރާއްޖެ އިމްޕޯޓުކުރާ ހުރިހާ މުދަލެއްގެ އަގު ބޮޑުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން، އެމުދަލަކުން ސަރުކާރަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު އިތުރުވެ، ސަރުކާރަށް ވަންނަ އާމްދަނީ ވަރަށް ކުއްލިގޮތަކަށް އިތުރުވެގެން ދާނެއެވެ.

ޑޮލަރުގެ ތާށިކަން ފިލުވާލުމަށް ސަރުކާރުން މި އެޅި ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބުނުނަމަވެސް ދާއިމީ ހަލެއް ލިބުމަކީ، ވުމަށްވުރެއް ނުވުން ގާތްކަމެކެވެ. ޑޮލަރުގެ އަގު ބޮޑު ކުރުމާ ގުޅިގެން ޑޮލަރުގެ ސަޕްލައި އިތުރުވިނަމަވެސް، އިޤްޠިޞާދުގެ އެހެން ދިމާތަކަށް އެކަމުގެ ގެއްލުން ވަރަށް ބޮޑެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުން ފާހަގަކޮށްލަމެވެ. ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މީގެ ކުރިން 10000 ޑޮލަރު(10000*12.85=128500 ދިވެހި ރުފިޔާ) ހަރަދުކޮށްގެން ރާއްޖެ އެތެރެ ކުރެވޭ އެއްޗެއް މިހާރު ރާއްޖެ އެތެރެކުރެވޭނީ 154200 (10000*15.42=154200) ދިވެހި ރުފިޔާ ހޭދަކޮށްގެންނެވެ.

އެހެން ކަމަކަށް ބަލައިލަމާތޯއެވެ. ޑޮލަރުގެ އަގަށް މިގެނެވުނު ބަދަލާއެކު ދިވެހިން ބޭރު ޤައުމުތަކަށް ކުރާ ދަތުރުތަކަށް ދާ ހޭދަ އެތައް ގުނައެއް މަތިވެގެން ދާނެއެވެ. މިކަމުގެ ބައެއް ހެކިތަށް މިހާރުވެސް ދަނީ ފެންނަމުންނެވެ. ރާއްޖޭގެ ބައެއް ހައްޖު ގުރޫޕުތަކުން މިހާރުވެސް ވަނީ، އިތުރަށް ފައިސާ ނުނަގާ މީހުން ހައްޖަށް ނުގެންދެވޭނެކަން ރަސްމީކޮށް އަންގާފައެވެ. ހަމަ މިގޮތަށް، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހިފާވާ މީހުންނަށާއި، ބޭރަށް ތައުލީމު ހާސިލުކުރުމަށް ދާން ބޭނުންވާ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް މިކަމުގެ ސަބަބުން ކުރިމަތިވާނެއެވެ.

ޑޮލަރުގެ އަގު މަތި ކުރުމުން ދިވެހި ރާއްޖޭގެ ކަރަންޓު އެކައުންޓަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެނީ، ރާއްޖެއަކީ މުޅިންހެން އިންޕޯޓު މުދަލަށް ބަރޯސާވާ ޤައުމަކަށް ވީ ހިނދު، އިމްޕޯޓު ކުރާ ތަކެތި އަގު މަތިވިޔަސް އަޅުގަނޑުމެން ޖެހޭނީ ހަމަ އެތަކެތި އިމްޕޯޓުކޮށްކޮށް ތިބޭށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ހުރި ނިސްބަތަށް ބަލާއިރު އިތުރު ގޮތެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން، އިމްޕޯޓުކުރުމަށް ދިވެހިން ކުރަންޖެހޭ ހޭދަ ބޮޑުވެ، ކަރަންޓު އެކައުންޓު މިހާރު އޮތް ހާލަތަށްވުރެއްވެސް ދަށަށް ދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ޖުމުލަކޮށް ދަންނަވާނަމަ، ޑޮލަރުގެ ތާށިކަން ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރަށް ބަލާއިރު، ސަރުކާރުން އެ އެޅުއްވި ފިޔަވަޅުން ޑޮލަރުގެ ތާށިކަމަށް ކުރު މުސްތަޤްބަލެއްގައި ހައްލެއް ލިބުމަކީ ގާތްކަމެކެވެ. އެހެން ނަމަވެސް މި ކަމަކީ އެއް ގޮތަކަށްވެސް ދާއިމީ ހައްލެއް ނޫނެވެ. އަދި ކިއެއް މިކަމުގެ ސަބަބުން އިޤްޠިޞާދުގެ އެހެނިހެން، ދިމާތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. Well, if the Maldivians still does not reduce their foreign consumption (imports)and switch to domestic products (which cannot be done) the problem will persist, unless there is a huge supply of dollar. When the banks collude over the exchange rate to maximize their returns, the policy would fail unless the government intervenes and increase the competition.

  2. maa bodu manfaa eh kuraane heneh hieh nuvey. eii raajjeyga market ah dollar nuvannanee meehun athuga dollaru nethi genen noon, viyafaari verin beynun v dollarun ves ithuru viyafaari eh kuran. ehen v ma e meehun black market ufedhdhee. mihaar official rate 15 ga huttas, market ah dollar nereyne kamaa medhu shakku. eii hurihaa viyafaari verin ebbas kiyaigen dollar baazaarah nu nere thibefa, black market ga dollar ge agu 16 noonee 17 ah jassalun gaai. meega massala akee sarukaarun ves viyafaari verin ge edhun thakah boa lebeun. mi kahala massala thah halleh nukureveyne ‘pure’ free market ga hifahattan ulhegeneh, konmes varakah government ge regulation thah ves bodu kohgen noonee mi kameh halleh nuvaane.

Your email address will not be published. Required fields are marked *

More in ރިޕޯޓް