.ނޯޓް: މި ލިޔުމުގައި "އަޅާކިޔުމަށް" ވައިބަރު ބޭނުންކޮށްފައިވަނީ ، އެއީ ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު ސޯޝަލް އެޕް ކަމަށް ފަހަގަ ކުރެވިފައިވާތީއެވެ
ދިވެހިންނަށް އެހާ ބޮޑަށް އެނގޭ ނަމަކަށް ނުވިނަމަވެސް ޓެލެގްރާމަކީ ދުނިޔޭގެ އެއްވަނައިގެ ލިސްޓުތަކުން ޖާގަ ހޯދައިފައިވާ %100 "ފްރީ" މެސެޖިންގް އެޕެކެވެ. އެންމެ 10 އެމް.ބީ ގެ މި އެޕްގެ ޑާޓާ ޔޫސޭޖް ބެލުމަށް އިޓަލީގެ "ސޮސްޓޮރިފް" އިން ހިންގި ދިރާސާއަކުން ދެއްކި ގޮތުގައި ޓެލެގްރާމްގެ ޑާޓާ ޔޫސޭޖް ގަޑިއިރަކަށް އެވްރެޖް ގޮތެއްގައި އުޅެނީ 0.24 އެމް.ބީ – 3.74 އެމް.ބީ ދޭތެރޭގައެވެ. މިއީ 1 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ވަޓްސް އެޕަށްވުރެ ވެސް 35-45% ކުޑަ އަދަދެކެވެ
ޓެލެގްރާމް މާ ސަޅީ ކީއްވެ؟
:މުހިންމު ފޮޓޯ ތަކާ ޑޮކިއުމެންޓްތައް ގެއްލިގެން އުޅޭކަށް ނުޖެހޭ
އާ ފޯނެއް ލިބުމުން ނުވަތަ ދިމާވާ ޓެކްނިކަން މައްސަލައެއްގެ ސަބަބުން އެކިއެކި މީހުންނާއި ގްރޫޕްތަކުގައި ފޮނުވައިފައި ހުންނަ މުުހިންމު ފައިލްތައް ގެއްލިގެން އުޅެން ޖެހުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މި މައްސަލައަށް ޓެލެގްރާމަކު ދިމަލެއްނުވާނެއެވެ
ޓެލެގްރާމްގައި އެއްވެސް މަނުއަލް ބެކް-އަޕް އަކާއި ނުލާ އޭގައި ވާ ކްލައުޑް ސްޓޯރޭޖް ސިސްޓަމްއަށް ، ހުރިހާ ފައިލްތަކެއް ރައްކާތެރިކަމާއި އެކީ ރައްކާކުރެވެއެވެ. އަދި މިއީ ވަކި ލިމިޓެއް އޮންނަ ކްލައުޑް ސިސްޓަމްއެއް ނޫނެވެ. މީގެ 4 ނުވަތަ 5 އަހަރު ކުރީގެ މެސެޖްތަކާއި ފޮޓޯތަކާއި ފައިލް ތަށްވެސް ހަމަ އެ ކޮންވަރސޭޝަންއަކަށް ގޮސް ބަލާލަން ވީއެވެ.
އަދި ހަމައެއާއިއެކު ޓެލެގްރާމް ބޭނުން ކުރާނަަމަ ފޮޓޯ ތަކުން ފޯނު ފުލް ވެގެން އުޅޭކަށް ނުޖެހެއެވެ. ފޮޓޯތަށް ހުންނާނީ "ކްލައުޑް" ގައި ރައްކާކުރެވިފައެވެ.
ޓެލެގްރާމް ސިޓިކާސް
ވައިބަރު ފަަދަ އެހެން އެޕް ތަކާ ޙިލާފަށް ޓެލެގްރާމް ބޭނުންކުރާނަމަ އަމިއްލައަށް ބޭނުން ސްޓިކާއެއް ހަދާ ބޭނުންކުރަންވީއެވެ.
ޓެލެގްރާމް ބޮޓްސް
ޓެލެގްރާމް ބޮޓްސް އަކީވެސް ފާހަގަ ކޮށްލަންޖެހޭ އެއްޗެކެވެ. ޓެލެގްރާމްގައި ވާ ގޭމް ބޮޓްސް ތަކުން އެތައް ގޭމްތަކެއް ކުޅެވެއެވެ. މިއީ އާންމުގޮތެއްގައި އެހެން ސޯޝަލް އެޕްތަކުން ކުރެވޭ ކަމެއްނޫނެވެ. އަދި ހަމައެއާއިއެކު ޓެލެގްރާމް ވޯޓް ބޮޓް އަކީ އެންެމެ ބޭނުންތެރި އެކައްޗެވެ. ވައިބަރ އަދި އެހެނިހެން މެސެޖިންގް އެޕްސް ތަކުގައި ބޭނުންކުރާ ބޮޑެތި ލިސްޓުތަށް ޓެލެގްރާމަކު ބޭނުންކުރާކަށް ނުޖެހެއެވެ. ވޯޓް ބޮޓް ބޭނުން ކޮށްގެން އެކަން މާ ފަސޭހައެެވެ.
ޕްރައިވެސީ
ޓެލެގްރާމް ބޭނުންކުރާނަމަ އެންމެ ފަހުން އޮންލައިން ވި ވަގުތު، ބޭނުންވާ ބަޔަަކަށް ، އެހެން ވަގުތަކަށް ބަދަލުކޮށްލެވެއެވެ.
ޓެލްގްރާމް ގްރޫޕްސް
ޓެލެގަރާމް ސުޕަރ ގްރޫޕެއްގައި 20000 މީހުންނަށް ތިބެވޭ އަދި މި ގްރޫޕްތަކަށް މީހުން އެޑް ކުރުމުގެ ބާރު ވައިބަރާ ހިލާފަށް އެންމެނަކަށް ނުުލިބެއެވެ. ވައިބަރުގައި ކޮންމެ މީހަކަށްވެސް ގްރޫޕްތަކަށް މީހުން އެޑްކުރެވެއެވެ.
ބޭނުން ފައިލް އެއް ޝެއާކޮށްލެވޭ
ޓެލްގްރާމްގައި ބޭނުން ވައްތަރެއްގެ ފައިލް އެއް ޝެއާ ކޮށްލެވެއެވެ. އަދި ވައިބަރުގައި އެންމެ ގިނަ ވެގެން 200 އެމް.ބީ ފައިލް ޝެޢާ ކުރެވޭ އިރު ޓެލެގްރާމްގެ ލިމިޓަކީ 1.5 ޖީބީއެވެ.
މިއަށްވުރެ ރައްކާތެރި މެސެޖިންގް އެޕެއް ނެތް
މި ދާއިރާގައި އުޅޭ ފަރާތްތަކަށް ޓެލެގްރާމުން ކުރި ޗެލެންޖެވެ. ޓެލެގްރާމުން ވަނީ އެމީހުންގެ އެންކިރިޕްޝަންތަށް ބްލޮކް ކޮށްލައިފި ނަމަ އެ ފަރާތަކަށް 300،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް މިކަން ކާމިޔާބު ކުރެވިފައެއް ނުވެެއެވެ

















advertisment
ޚިޔާލު