އެހީ!

އަޒީންއަށް އެހީތެރިވެދެއްވާ!

ވަރަށް އާދައިގެ ނިކަމެތި އާއިލާއަކަށް އުފަން (ޢަލީ އަޒީން، މޫނިމާގެ ށ. ކަނޑިތީމު) އަކީ ދެ ކިޑްނީ ފެއިލް ވެފައިވުމުގެ ސަބަބުން މިހާރު ބަލި އެނދުގައި އޮންނަން ޖެހިފައިވާ ޒުވާނެކެވެ. އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހަމަޖެހުމާއި ފޮނިމީރުކަން ބޭނުންވާ، އަދި އުމުރުން އެންމެ 19 އަހަރުގެ ޒުވާނެކެވެ. ހިތްހެޔޮ މަޑުމައިތިރި ރަނގަޅު އަޚްލާގެއްގެ ވެރި ރަހުމަތްތެރިންނާއި ހެޔޮކޮށް ހިތައި ކުޅިވަރު ކުޅުމާއި ފުޓްބޯޅަ ދަނޑުގައިވެސް ނަންހިނގާ ކުޅުންތެރިއެކެވެ.

އަޒީންގެ އުމުރުން 2 އަހަރުގައިވެސް ކިޑްނީގެ މައްސަލައެއް ވަނީ ދިމާވެފައެވެ. ﷲގެ ރަހުމަތުން އެފަހަރު އިންޑިޔާއަށް ގޮސް ފަރުވާކުރުމުންވަނީ ރަނގަޅު ވެފައެވެ. އެހެން ނަމަވެސް އޭގެ އެތަށް އަހަރެއްފަހުން މިދިޔަ އޯގަސްޓް މަހު އަނެއްކާވެސް ސިއްޙީ މައްސަލަތަކެއް ދިމާވެގެން ކަނޑިތީމު ޞިއްޙީ މަރުކަޒަށް ގެންގޮސް ޑޮކްޓަރު ބެލުމަށްފަހުވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލަށް ބަދަލުކޮށްފައެެވެ. އަދި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލުން އެމެޖެންސީކޮށް މާލެގެނެސް އައިޖީ އެމްއެޗް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޓެސްޓްތަށް ހެދުމަށްފަހު ޑޮކްޓަރުން ވިދާޅުވީ އަޒީންގެ ދެކިޑްނީ ފެއިލްވެފައިވާކަމެވެ. އެހެންނަމަވެސް އަޒީންއަށާއި އަޒީންގެ އާއިލާއަށް މިކަންވީ ގަބޫލުކުރަންދަތި ވާހަކައަކަށެވެ. އެހެންވެގެން އަޒީންގެ އާއިލާއިން އެކިގޮތްގޮތުން މީހުންގެއެހީ ހޯދާގެންވަނީ ސްރީލަންކާއަށް ގޮސް ލައްކާ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާފައެވެ. ލަންކާ ހޮސްޕީޓަލްގެ ޑޮކްޓަރުންވެސް ބުނެފައިވަނީ އަޒީންގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށެވެ.

އަޒީންގެ އާއިލާއަށް މިކަންވީ ގަބޫލުކުރަންދަތި ހަޤީގަތަކަށެވެ. އަޒީން އަކީ އާއިލާގެ އެންމެ ހަގު މީހާއަށް ވުމާއިއެކު އާއިލާގެ އެންމެންވެސް އަޒީންދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން އަޒީންގެ އެންމެ ދޮށީ ބޭބެ ނިންމީ ބޭބެ ކިޑްނީ އަޒީން އަށް ދިނުމަށެވެ. އަދި ކިޓްނީ ދިނުމަށް ބޭބެ ހަދަން ޖެހޭ ޓެސްޓްތަށް ވެސް ލަންކާ ހޮސްޕިޓަލްގައި ވަނީ ހަދާފައެވެ. އަޒީން ލަންކާއަށް ގެންދިޔަ ތަނުން ނިއުމޯނިޔާ ޖެހިގެން އެތަށް ދުވަހަކު އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ. އެހެން ނަމަވެސް އަޒީންވަނީ އެހާލުގައިވެސް ހަމަކުރިއެކޭވެސް އެއްގޮތަށް ﷲއަށް ވަކީލުކޮށް ބަލިއެނދުގައި ކުރެވުނު ގޮތަކަށް ނަމާދާއި ދުޢާކުރުުމުގައި ސާބިތުވެފައެވެ. އަދި އައިސީޔޫގައި ގިނަ ދުވަހު ފަރުވާ ދޭން ޖެހުމުން އާސަންދަ ވަނީ އެއްކޮށް ހުސްވެފައެވެ.

ލަންކާ ހޮސްޕިޓަލުގައި ފަރުވާދިނުނަށްފަހު މާލެ އައިދުވަހު އަޒީން އަށް ކުރިމަތިލާން ޖެހުނީ ހިތާމައިގެ މައްޗަށް ހިތުރު ހިތާމައަކާއި އެވެ. އަޒީންގެ ބައްޔާގުޅިގެން އާއިލާއަށް ލިބުނު ފުން ހިތާމާގައި އަޒީންގެ ބައްޕަގެ ފިކުރު ބޮޑުވެ ބަލިވާން ފެށިއެވެ. އަދި  ބަލި ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންގޮސް އަޒީން މާލެ އައުމުގެ ކުރީ ދުވަހުގެ ރޭ އަޒީންގެ ބައްޕަ މުޙައްމަދު ހަސަން ހާލު ބޮޑުވެގެން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ވަނީ އެޑްމިޓް ކޮށްފައެވެ. އަޒީން މާލެ އައި ދުވަހު ކުއްލިގޮތަކަށް ލިބުނު ޚަބަރަކީ ބައްޕަ އަބަދުގެ އަބަދަށް އަޒީންއާއި ވަކިވި ޚަބަރެވެ. އިންނާ ލިއްލާއި ވައިންނާއި އިލައި ރާޖިއޫން. އަޒީންގެ އާއިލާއަށް ލިބުނީ ހިތާމާގެ މައްޗަށް އިތުރު ފުން ހިތާމައެވެ.

ލަންކާގައި ފަރުވާ ކުރުމަށްފަހު އަޒީން މިހާރު ހުރީ މާލޭގައެވެ. އެއީ ހަފްތާއަކު ދެފަރު ޑައިލަސިސް ހައްދަން ޖެހޭތީ އެހެން ގޮތެއް ނެތިގެންނެވެ. އަޒީންގެ އެންމެ ދޮށީބޭބެ ހުރީ އަޒީންގެ ބައްޔާ ގުޅިގެން އެހެން ގޮތެއް ނެތިގެން ވަޒީފާ ދޫކޮށްލާފަ އައިސް އަޒީން ޑޮކްޓަރަށް ދެއްކުމާއި އަޒީންއަށް އެހީތެރި ވުމުގައެވެ. އަޒީންގެ 3 ބޭބެ ތިބޭއިރު އާއިލާގެ ކަންކަމާއި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖައްސަނީ ބޭބެމެން ކުރާ މަސައްކަތުން ލިބޭ އެއްޗަކުންނެވެ. އެހެން ނަމަވެސް ކިޑްނީ ބަދަލުކުރުމަށް ވިހިހާސް ޔޫއެސް ޑޮލަރު ހަމަ އެކަނި އޮޕަރޭޝަނަށް އަރައެވެ. މިއީ އާދައިގެ އާއިލާކަށްކުރެވޭވަރަށް ވުރެ ބޮޑު ޚަރަދަކަށް ވުމުން އަޒީންގެ އާއިލާވަނީ އެކަމަށް ނުކުޅެދިފައެވެ. އަދި އަޒީންގެ ކިޑްނީ ބަދަލުކުރުމަށްޓަކައި ފައިސާ ހޯދުމަށް އަޒީންގެ ކުލާސް ކުދިންނާއި ރައްޓެހިންގުޅިގެން ވަނީ ފޭސްބުކްގަޔާއި ކަނޑިތީމުގައި ހެލްޕް އަޒީންގެ ނަމުގައި ކެންޕޭންއެއް ފަށާފައެވެ.

އަޒީންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޒީންގެ އެންމެދޮށީ ބޭބެގެ ކިޑްނީ ކޮށްކޮއަށް ހަދިޔާކުރަން ނިންމާ އަދި ބޭބެގެ ކިޑްނީ ހަދިޔާކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތަށް ލަންކާހޮސްޕިޓަލުގައި މިހާރު ވަނީ ހަދާފައެވެ. ކިޑްނީ ބަދަލުކުރުން ކިތަންމެ މުޙިންމުވެފައިވީނަމަވެސް، އަޒީންގެ އާއިލާ ފަދަ ނިކަމެތި އާއިލާއަކަށް މިފަދަ ނިކަމެރި ހާލެއް ޖެހިފައިވާ މީހުންނަށް ހަމްދަރުދީވާ ބޭފުޅުންގެ ދީލަތި އެހީއާއި މަދަދާއި ނުލާ، މިއީ އަޒީން މެންފަދަ އާދައިގެ މީހަކަށް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެކެވެ. އަޒީން އެދެނީ ތިޔަބޭފުޅުންގެ ދީލަތި އެހީއަށެވެ. ﷲގެ މަގުގައި ހޭދަކޮށްލެވޭ އެންމެ ބައިރުފިޔާ ފޮއްޗަކީވެސް ގެއްލިގެންދާނެ އެއްޗެއްނޫނެވެ. އަޒީންގެ ބައްޔާ ބެހޭ ލިޔެކިތުންތަށްވަނީ މިނޫހައް ލިބިފައެވެ. އަޒީންގެ ބައްޔާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ އަދި އަޒީންއަށް ފައިސާގެ އެހީ ދޭން ބޭނުންފުޅުވާ ފަރާތްތަކުން އަޒީންގެ ބޭބެ އާދަމް މުޙައްމަދު 9732482 އާއި ގުޅުންވާށެވެ.  އަދި ފައިސާ ޖަމާ ކުރައްވަން ބޭނުންފުޅުވާ ފަރާތަންތަކުން ތިރީގައި އެވާ އެކައުންޓްތަކަށް ފައިސާޖަމާކުރެއްވިދާނެވެ.

BML: RF 7704 261115 101  އާދަމް މުޙައްމަދު (ބޭބެ)

BML: US 7704 258902 102  އަހުމަދު މުޙައްމަދު (ބޭބެ)

ގުޅުންހުރި

2 ޚިޔާލު

  1. ﷲ ގަންދީ ބުނަން! އަޅުގަނޑު އަޒީންގެ ބޭބެމެންނާ ލަންކާ ލޮސްޕިޓަލުން ބައްދަލުވިއެވެ. އެއީ ކެއްތެރި އެކުވެރި ބައެއް! އެންމެ ނަމާދެއްވެސް ވައްޓާނުލާ ބަރާބަރަށް ކުރޭ! އެންމެހާއި އަޚުންނާއި އުޚުތުން! އަޒީންނަށް އެހީތެރިވުމަށް އަޅުގަނޑު ގޮވާލަން! އަޒީންނަށް އަވަސް ޝިފާއެއް ﷲ ދެއްވާށި! އާމީން!

  2. ބެންކަށްގޮސް އެކައުންޓަށް ފައިސާ ޖަމާކުރުން ތަންކޮޅެއް އުދަގޫ ކަމަކަށްވެދާނެ ގިނަ މީހުންނަށް، އެސް.އެމް.އެސް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އުސޫލުތައްވެސް މިހާރު ހުރޭނޫންތޯ، އެފަދަ ގޮތެއް ހަމަޖެއްސޭތޯ ބަލަންވީނޫންތޯ މީގެ އިތުރުން….

Your email address will not be published.

More in އެހީ!