އެކި އެކި ސަބަބު ތަކާއިހުރެ ފާއިތުވި ރަމަޟާން މަހު ނުހިފި ހުރި ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަގޮތެއް އެހީ ޖަމިއްޔާއިން ތަޢާރަފު ކޮށްފިއެވެ. މިއީ ކައްފާރާ ދިނުމުގެ ކަންތަކުގައި ޢަމަލުކުރާނެ އެންމެ ފަސޭހަ އަދި ލުއިގޮތެއްގެ އިންތިޒާރުގައި ތިބި ވަރަށް ގިނަ ބޭފުޅުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އެގޮތުން މިއީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެހީވުމަށް އެހީ ޖަމިއްޔާއާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓަށް އިތުރު ވެގެން ދިޔަ ބޮޅެކެވެ.
ކޮވިޑް އިޖާބަ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން އެހީއަށް ބޭނުންވެފައިވާ ބިދޭސީއިންނަށް ކޮއްތު ހަމަޖައްސައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި ރަމަޟާން މަހު އެކި ސަބަބު ތަކާއިހުރެ ނުހިފޭ ރޯދަތަކުގެ ކައްފާރާގެ ގޮތުގައި ކޮއްތު ދޭން ބޭނުންވާ ބޭފުޅުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން ބިދޭސީއެއްގެ 3 އިރުގެ ކޮއްތު ހަމަޖައްސައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިއެވެ. އަދި 3 އިރުގެ ކޮއްތުގެ އެހީތެރިކަން ފޯރުކޮށްދެވޭ ޕެކޭޖުގެ ޖުމުލަ އަގަގީ 75 ރުފިޔާއެވެ. އެހީ ޖަމިއްޔާއިން ވަނީ ކައްފާރާގެ ގޮތުގައި ކޮއްތު ފައިސާ ދޭން ބޭނުންވާ ބޭފުޅުން އެހީ ޖަމިއަޔާގެ އެކައުންޓް 7770000014820 އަށް ފައިސާ ޖަމާކުރުމަށްފަހު އެޖަމިއްޔާގެ ވައިބާ ނަންބަރު 7803433 އަ ށް ރަސީދު ފޮނުވުމަށް އެދިފައެވެ.
ކޮވިޑް އިޖާބައިގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ފުރަބަންދުގެ ހާލަތާއި ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ބިދޭސީންނަށް ކާބޯޓަކެތީގެ ޕެކޭޖްތައް އަދި ކާބޯތަކެތީގެ ޕާރިސަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
https://www.facebook.com/436007723130736/posts/3156198727778275/?d=n
އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި މި ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެކެވެ. މީގެއިތުރުން، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެހީއަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަށާއި އަދި ގިނަ އަދަދެއްގެ ބިދޭސީއިންނަށް އެހީތެރިކަން ފޯރުކޮށްދެވި އަދިވެސް ކުރިއަށް ގެންދާކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
ޚިޔާލު