{ އޮރިޖިނަލް އިނގެރޭސި ލަފްޒުތަކަށް ބަލައި އެނެލައިޒްކުރުން - ގިނަ ދިވެހިންނަށް ނޭނގޭ ޙަޤީޤަތް ހާމަކުރުން }
މިއީ ނަޝީދު(އަންނި) 16އޭޕްރީލް2013 ވަނަ ދުވަހު ޑެންމާކުގައި ދިން ލެކްޗަރާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވޭތީވެ، އެލެކްޗަރގެ ތެރޭން އިސްލާމްދީނާ ބެހޭގޮތުން ދެއްކި ވާހަކަތައް އުނިއިތުރު ކުރުމެއްނެތި ވީހާވެސް ގިނަ ދިވެހިންނަށް އަންގައިދީ، އޭގައި އަސްލު ބުނެފައިވާ ފާހަގަކުރެވޭ ލަފްޒުތަކަށް ވަކި ވަކިން ބަލައިލާ، އޭގެ މާނަ ނުގެއްލޭގޮތަށް ތަރުޖަމާކުރުމަށް ކުރިމަސައްކަތެކެވެ. މިތަރުޖަމާއާ ދޭތެރޭ ޝައްކުވާނަމަ، އޮރިޖިނަލް އިނގެރޭސި ބަހުން ލިޔެފައި މިއޮތީ އަމިއްލައަށް ތަރުޖަމާކޮށް ދިރާސާކުރަން ބޭނުންވާ ބޭފުޅުންނަށް އެކަމަށް މަގުފަހި ކުރުމަށެވެ. އިނގެރޭސި ލިޔުންކޮޅުގަ ތަފާތެއް ނޫޅޭކަން ޔަޤީންކުރެއްވުމަށް އިންޓަރނެޓުން އޮރިޖިނަލް ވީޑިއޯ ބައްލަވާށެވެ. ލެކްޗަރުގެ ވީޑިއޯގެ ލިންކް:
އިތުރު ލިންކެއް:
އިސްލާމްދީނާ ބެހޭގޮތުން ދެއްކި ވާހަކަތައް ( ވީޑިއޯގެ 31:29 މިވަގުތުން ފެށިގެން 34:05 މިވަގުތާ ހަމައަށް)
Now on radical Islam, and the Wahhaabism that is spreading, throughtout the middle-east, and now east-asia, it’s very very worrying. Now this is... this is not Islam necessarily, but more Hijaaz or Saudi thinking. Their culture. And it is an idea to impose that culture upon all Islamic societies. And I’m afraid that the spread of that thinking is very very rapid.... Partly because we haven’t stood up and given an alternative narrative. Other more liberal Muslims haven’t come out with a proper narrative that can counter the radical Islamic viewpoint. Now, what the radicals are doing, they have an answer for everything, anything. You could ring up in the middle of the night and say, “sheikh, I am not able to sleep” And then the sheikh would give you a hadith and a revelation on how the, what the prophet did and what the god has prescribed on sleeping in the middle of the night, and then you go back to sleep. We, you know, we don't have a help line. We don't have, we don't have an alternative narrative. And I think it’s so important that we come up with an alternative narrative, a liberal version of Islam or actual version of Islam. I wouldn't argue that it's a liberal version of Islam. Radical Islam is spreading like wildfire, even in Sri Lanka. And this is happening all over the world. All over the asian... east Asia. Thailand, Philippines, Malaysia, Indonesia, Singapore, even India. And Sri Lanka. And because Maldives is a very Islamic country apparently, it is able to play a very very important role in the spread of these religious ideas. And similarly I believe that with proper democracy in the Maldives we can play a very important role as a counter to the reformation or rather the Jesuits have to come up quickly.
{ނޯޓް 1: [ރެޑިކަލް]ގެ ލަފްޒީ މާނައަކީ މުލެވެ. ނުވަތަ [އެއްޗެއް ފެށިގެން އަންނަ އަޞްލު] މިއެވެ. ހުޅަނގުން [ރެޑިކަލް ދީން] ކިޔަނީ މުސްލިމުން ވިޔަސް ބާއްވާލެއްވުނު ކަމަށް ގަބޫލުކުރާ އަޞްލު ތަކެތީގަ ކަމެއް ސާފުކޮށް ކަނޑައެޅިފަ އޮތީތީވެ އެކަމުގަ އެހެން ވިސްނުމަކަށް ތަންނުދީ ހިފެހެއްޓުމަށެވެ. އަދި އެގޮތަށް ދީނުގަ ހިފެހެއްޓުން އެއީ ހައްދު ފަހަނައެޅުން ކަމަށް އެމީހުން ބުނެއުޅެއެވެ.}
ތަރުޖަމާ: މެދުއިރުމަތީގަ އާއި މިހާރު އިރުމަތީ އޭޝިއާގަ ފެތުރެމުންދާ ރެޑިކަލް އިސްލާމްއާ ބެހޭގޮތުން، އަދި ވައްހާބިޒަމް އާ ބެހޭގޮތުން، އެއީ ވަރަށް ވަރަށް ކަންބޮޑުވާކަމެއް.{ނޯޓް 1} މީ ކޮންމެހެން އިސްލާމް އެއް ނޫން. އެކަމަކު ބޮޑަށް ޙިޖާޒުކަރަ(މައްކާ، މަދީނާ ސަރަހައްދު) ނުވަތަ ސަޢޫދީ ޢަރަބިއްޔާގެ ވިސްނުން. އެމީހުންގެ ޘަޤާފަތް. އަދި އެޘަޤާފަތް ހުރިހާ އިސްލާމީ މުޖުތަމަޢުތަކެއްގަ އަށަގެންނެވުން އެއީ ބަޔަކު ގެންގުޅޭ ވިސްނުމެއް. އަދި ހިތާމަޔާއެކު ބުނަންޖެހެނީ މިދެންނެވި ވިސްނުން ފެތުރެމުން ދަނީ ވަރަށް ވަރަށް ބާރު ސްޕީޑެއްގަ. މިހެން މިވާންޖެހޭ ސަބަބު ތަކުގެ އެއްބަޔަކީ އަހަރުމެން ތެދުވެ [އޯލްޓަރނޭޓިވް ނެރެޓިވް އެއް] (އެވިސްނުމުގެ ބަދަލުގަ އެހެން ވާހަކަތަކެއް) ދީފަ ނުވާތީ. ރެޑިކަލް އިސްލާމީ ވިސްނުމަށް ރައްދުދެވޭފަދަ އެކަށީގެންވާ [ނެރޭޓިވް]އަކާއިގެނެއް (ވާހަކަ ތަކަކާއިގެނެއް) އެހެނިހެން ބޮޑަށް [ލިބެރަލް] މުސްލިމުން (ދީނުގެ ކަންކަމުގަ މިނިވަންކޮށް ވިސްނާ މުސްލިމުން) އަދި ނުތެދުވޭ. ރެޑިކަލް މުސްލިމުން ހަދާގޮތަކީ، އެމީހުންނަށް އޮވޭ ހުރިހާކަމަކަށް ޖަވާބެއް. ކޮންމެ ކަމަކަށް ވިޔަސް. ކަލޭ ރޭގަނޑު ދަންވަރު ގުޅާލާފަ އަހާލެވިދާނެ: [ޝޭޚް، މަށަށް ނުނިދިގެން މިއުޅެނީ]، ދެން ޝޭޚް ކަލެއަށްދޭނެ ޙަދީޘަކާއި އާޔަތެއް ނަބިއްޔާ ކަންތައްކުރެއްވި ގޮތާބެހޭގޮތުން، އަދި ރޭގަނޑު ދަންވަރު ނިދުމާބެހޭގޮތުން ކަލާނގެ ލަފާދެއްވާފައޮތްގޮތެއް. ދެން ކަލޭ ނިދާނެ. އަހަރުމެން... އެނގޭތަ، އަހަރުމެން އަތަކު ނެތް [ހެލްޕްލައިންއެއް](އެހީއެއް ހޯދަން ގުޅާނެ ނަންބަރެއް). އަހަރުމެން އަތަކު ނެތް [އޯލްޓަރނޭޓިވް ނެރެޓިވްއެއް](އެވިސްނުމުގެ ބަދަލުގަ އެހެން ވާހަކަތަކެއް). އަދި އަހަރެން ދެކޭގޮތުގަ ވަރަށް މުހިންމު ކަމެއްއެއީ އަހަރުމެން [އޯލްޓަރނޭޓިވް ނެރެޓިވްއެއް](އެވިސްނުމުގެ ބަދަލުގަ އެހެން ވާހަކަތަކެއް) ހޯދުމަކީ. [އިސްލާމްގެ ލިބެރަލް ވަރޝަން އެއް](ދީނުގެ ކަންކަމުގައި މިނިވަންކޮށް ވިސްނާ ވައްތަރެއްގެ އިސްލާމް އެއް) ހޯދުމަކީ. ނުވަތަ، އިސްލާމްގެ ހަގީގީ ވައްތަރެއް ހޯދުމަކީ. އެއީ އިސްލާމްގެ [ލިބެރަލް ވަރޝަން] އެކޭ އަހަރެން ނުކިޔާނަން. ކޮންޓްރޯލެއްނެތި ރޯވެގެން ފެތުރޭ އަލިފާންގަނޑެއްހެން ރެޑިކަލް އިސްލާމް ފެތުރެމުން ދަނީ، ސްރީލަންކާގަވެސް. އަދި މުޅި ދުނިޔޭގަ އެކަން އެބަ ފެތުރޭ. މުޅި އިރުމަތީ އޭޝިއާގަ. ތައިލޭންޑް، ފިލިޕީންސް، މެލޭޝިއާ، އިންޑޮނީޝިއާ، ސިންގަޕޯރ، އިންޑިއާގަ ވެސް. އަދި ސްރީލަންކާގަ. އަދި ފެންނަންހުރިގޮތުގަ ދިވެހިރާއްޖެއަކީ ވަރަށް ބޮޑަށް އިސްލާމީ ގައުމެއްވީމަ، މިކަހަލަ ދީނީ ވިސްނުންތަށް ފެތުރުމުގަ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވޭ. އަދި ހަމަ އެފަދައިން، އަހަރެން ގަބޫލުކުރަނީ، މިފެތުރެމުންދާ ބަދަލުތަކާ އިދިކޮޅަށް މަސައްކަތްކުރުމުގަ، އެކަށީގެންވާ ޑިމޮކްރަސީއަކުން އަހަރުމެނަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވިދާނެކަމަށް. އެހެންގޮތަކަށް ބުނާނަމަ، މިކަމާއިގެން އަވަހަށް [ޖެޒުއެޓްސް] ތެދުވަން އެބަޖެހޭ.(ޖެޒުއެޓްސް އަކީ ނަޞާރާދީން ފަތުރާ ޖަމާޢަތެއްގެ މެންބަރުން
{[ޖެޒުއެޓްސް] އެއީ [ސޮސައިޓީ އޮފް ޖީސަސް] ކިޔާ 470 އަށްވުރެ ގިނައަހަރުވީ ޖަމާޢަތެއްގެ މެންބަރުންނެވެ. މާނައަކީ [ޢީސާގެފާނުގެ މުޖުތަމަޢު] މިއެވެ. އެއީ ތަޢުލީމީދާއިރާއާއި ޞިއްޙީދާއިރާފަދަ ދާއިރާތަކަށް ވަދެގެން މިހާރުވެސް 112 ގައުމެއްގަ ފާޅުގަ ރަސްމީކޮށް ނަޞާރާދީން ފަތުރާ ފާދިރީންގެ ޖަމާޢަތެކެވެ. ޖެޒުއެޓްސް ކިޔާ އެހެން ބަޔަކު ނޫޅެއެވެ.}
ނީވޭކަމަށްހަދާފަ ޖަވާބުނުދީ މައުޟޫ ބަދަލުކުރާ ބޮޑު ސުވާލު: ހައްދުފަހަނައަޅާފަ ތިބި މުސްލިމުން ރާއްޖޭގަ ތިބިކަމަށް ޤަބޫލުކުރެވުނަސް، ރާއްޖޭގަ އެކަމާއިދިކޮޅަށް ތެދުވަން ނަޞާރާދީންފަތުރާ [ޖެޒުއެޓްސް]އަށް ނަޝީދު ގޮވާލަނީކީއްވެ؟ ޖެޒުއެޓްސް ތެދުވާނީ ކޮން[އޯލްޓަރނޭޓިވް ނެރެޓިވް]އެއް ހިފައިގެން؟ [ހަގީގީ އިސްލާމް] އެނގެނީ ޖެޒުއެޓްސްއަށްތަ؟
ރާއްޖޭގަ އެހެނިހެން ދީންތައް ފަތުރަން އެކިފަރާތްތަކުން މަސައްކަތް ކުރާކަން ގިނަ ބަޔަކަށް އެނގެއެވެ. އެކަމަކު އެއީ ވަރަށް ދުރާލާ ރާވައިގެން ނުހަނު މަކަރާއެކީ މަޑުމަޑުން ކުރާކަމަކަށްވާތީވެ ދިވެހިންގެ ތެރޭ ކާފަރުންގެ އޭޖެންޓުން އަޅާފިޔަވަޅުތައް ސާފުކޮށް ދެނެގަތުމަކީ އެންމެންގެ ވިސްނުން ފޯރާވަރު ކަމަކަށް ނުވެދާނެއެވެ. މިލިޔުމުގެ މަޤްޞަދަކީ އެކަންކުރާ މީހަކަށް ވެރިކަމުގެ ބާރެއް ލިބުނަސް ނުލިބުނަސް، ވީހާވެސް ގިނަ ދިވެހިން ހޭލައްވައިގެން، ކާފަރުން މަޑުމަޑުން އެޖައްސާ މަކަރުވެރި ޙަރަކާތްތަކަށް ދަތިކޮށް ހުރަސްއަޅާ ފަހަތަށްޖެއްސުމެވެ. އަދި ވިސްނުމުގެ ޤާބިލުކަން ހުރެ ނުވިސްނާ އުޅޭ މީހުންގެ ކިބައިން، ނޭނގި އޮތުމުގެ ބަހަނާ ނައްތާލުމެވެ. ވޯޓު ލިޔަސް ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ މީހަކުވެސް ތިމާ ހެއްދެވިފަރާތާ މާދަމާ ބައްދަލުވާހިނދު، މިއަދު މިދުނިޔޭގައި ކަންކަންކުރި ގޮތްގޮތާބެހޭގޮތުން ޖަވާބުދާރީ ވާންޖެހޭނެކަން ހަނދާން ކުރުމަށް ވަޞިއްޔަތްކުރަމެވެ!
-- ތަރުޖަމާކޮށް ހުށައެޅީ: 2008 ވަނަ އަހަރު ނަޝީދުއަށް ވޯޓުލީ މީހެއް --

















ރެޑިކަލް ގެ އިތުރު މާނައެއް ވާކަމައް ނުހަދައި ތިބޭފުޅާ ބޭނުންވާ މާނަ ނެގީމަ މީ ހަމަ ވަރަށް ބޮޑު އޮޅުވާލުމެއް ނޫންތޯ؟
Departing markedly from the usual or customary; extrem
އެންމެންވެސް ގޫގުލް ސާޗް އެއް ކޮއްލީމަ އިގޭނެ އެބަހުގެ އިތުރު މާނަތަކެއްވާކަން، އެހެންވީމަ ނަޝީދު އެދެއްކެވި މާނަ ކިހިނެއްތޯ އިގެނީ ނަޝީދައް ނޫނީ؟
އަޅުގަނޑު ނުދަންނަވަން ނަޝީދަކީ މާ ދީނީ ބޭފުޅެކޭ، އެކަމަކު ދެންކުރިމަތި ލައިގެން ހުރީ ވަކި ކޮންބޭފުޅެއްތޯ ދީނައް ތިހާ ބައްލަވާ؟
1- ގާސިމް ދީނައް ބަލައްވަންޏާ އޭނަގެ ވިޔަފާރީގަ ރަލާއި އޫރުމަސް ނުވިއްކާނެ.
2- ވަހީދު ކްރިސްޓިއަން ފައްޅިތަކައް ގޮސް އަދި ބުދު ފައްޅިތަކައްގޮސް ނޫޅޭނެ.
3- ޔާމިން ދުވަހެއްގެ ކޮޅުންވެސް ދެއްކެމައްވެސް ނަމާދައް އަރާހުއްޓާ ނުފެނޭ، އަދި ގިނަމީހުން ބުނާގޮތުންނަމަ މައި ގޭންގް ލީޑަރު.
ވެރިކަން ލިބުމުގެ ކުރިއަކުން ނަޝީދަކީ މިސްކިތަށް އަރައި އުޅުނު މީހެއްނޫނެވެ. ޔާމީނުވެސް ވެރިކަން ލިބިއްޖިއްޔާ ނަޝީދެކޭ އެއްގޮތަށް ހުކުރު ދުވަހު މިސްކިތުން ފެންނަން ފަށައިފާނެއެވެ. މިއަދު މުސްލިމު ލީޑަރުންގެ ޙުކުމަކީ އެއީއެވެ. މުޅި ދުނިޔޭގައިވެސް “މިއަދަކު” ފުރިހަ މުސްލިމް ލީޑަރަކު ނެތެވެ. އެހެންނަވެސް މުސްލިމް ލީޑަރެއްގެ ގޮތުގައި ހުރެ ނަޝީދު “ތެޅިއެރުވި” ގޮތަށް ތެޅިފޮޅޭ މީހަކުވެސް ނެތެވެ. ކެމްޕޭނުގެ މައިދާނުގައިވެސް ހިމާރު ފެލިއަރުވާ ގޮތަށް ފެލޭ މީހަކު ނަޝީދު ނޫނީ ނެތެވެ.
ނަޝީދު ވާހަކަދެއްކީ އޭނަގެ އަމިއްލަ ނަފްސާތަ؟ ނުވަތަ ބަޔަކާ މުޚާތަބުކޮށްތަ؟ ބަޔަކާ މުޚާތަބުކޮށް ވާހަކަދެއްކިއްޔާ، ޔަޤީންކުރެވޭ ގޮތުން އެބަޔަކަށް ދޭހަވާގޮތަށް ވާހަކަދައްކާނީ. އެހެންވީމަ މާނަވެސް ކުރެވޭނެ. ރެޑިކަލް އިސްލާމްގެ ވާހަކަ ބާއްވާ ޖެޒުއިޓްސް ރާއްޖެގެންނަން ނަޝީދު ގޮވާލި ސަބަބު އޮޅުން ފިލުވަދިނިއްޔާ މާރަނގަޅުވާނެ.
“އޮޅުވާނުލާ” އަށް: “ލަފްޒީ މާނަ” އޭ ބުނެފަ އެއޮތީ ކޮންމެސް ކަމަކު. ރަނގަޅަށް ގޫގްލް ކޮއްލެއްވުމުން “ރެޑިކަލް” މިލަފްޒު ފެށިގެން އައީ މުލުގެ މާނައާ ގުޅިގެން އެކަނި ކަން ވެސް އެނގިލައްވާނެ. ހުޅަނގުގެ ގިނަ ކާފަރުން ގަބޫލު ކުރާ ގޮތުގައި ދީނުގެ ވިޔަސް އެހެންކަމެއްގަ ވިޔަސް “އަސްލު” ތަކުގައި ވަރުގަދަޔަށް ހިފެހެއްޓުމަކީ “އެކްސްޓްރީމް” ކަމެއް. އެމީހުންގެ އެ”ބިލީފް”ގަ “އެކްސްޓްރީމް”ގެ މާނައިގާ “ރެޑިކަލް” ވެސް ބޭނުން ކުރަން ފެށީ. ރަނގަޅަށް ބައްލަވާ! އަދި ނަޝީދުގެ ދީންވެރިކަމުގެ ވާހަކަ އިހަށް ބާއްވާފަ، މިތާ ކޮއްފަ އޮތް “ބޮޑު ސުވާލަށް” ޖަވާބު ދެއްވާ. “ޖެޒުއެޓްސް”؟؟؟؟؟ މިފަދަ ބަޔަކަށް ދީނާ ބެހެން ފާޅުގަ ގޮވާލި އެހެން ދިވެއްސެއް ދެނެލައްވަންތޯ؟