މިސްރުގެ ވެރިކަން ބަދަލުވި ގޮތް ދިރާސާ ކުރުމަށް ފަހު ނޫނީ ގޮތެއް ނުނިންމާނެކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިސްރަށް ކުރި ދަތުރުގައި ނޫސްވެރިންވަނީ މިސްރަށް ގެނައީ ބަޤާވާތެއްތޯ ތަކުރާރުކޮށް ސުވާލު އުފައްދާފައެވެ. އެހެނަސް އެސުވާލުތަކަށް ޖޯން ކެރީ ސީދާ ޖަވާބެއް ނުދެއްވައެވެ. "މިސްރުގެ ވެރިކަން ބަދަލުވި ގޮތް ގާނޫނީ ވަކީލުން ދިރާސާ ކުރުމަށް ފަހު ނޫނީ އެމެރިކާ އިން ވަކި ގޮތެއް ނުނިންމާނެ."ކަމަށާއި "މިސްރުގެ ހާލަތު ވަރަށް އުނދަގޫ"ކަމަށް ޖަވާބުގައި ޖޯން ކެރީ ބުނެފައިވެއެވެ.
މިސްރުގެ އިންތިހާބީ ސަރުކާރުން އަޝްކަރިއްޔާއިން ވައްޓާލުމަށްފަހު އެމެރިކާއިން ކުރި ރަސްމީ ފުރަތަމަ ދަތުރުގައި ބަޤާވާތް ކުށްވެރިކުރުމުގެ ބަދަލުގައި މަގުޗާޓާއި މެދު މަޝްވަރާކޮށްފައިވެއެވެ. ""މިސްރުގެ މިހާރުގެ ވެރިން އެކުލަވާލި މަގު ޗާޓައިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ވަނީ ދީފައި،"ކަމަށް އެމެރިކާއިން ބުނެއެވެ.
މިސްރަށް ގެނައީ ބަޤާވާތެއްކަމަށް އެމެރިކާއިން އެއްބަސް ނުވިނަމަވެސް އެމެރިކާއިން ދަނީ މިސްރުގެ ބަޤާވާތް ސަރުކާރަށް އެހީތެރިވަމުންނެވެ. ސަރުކާރު ވައްޓާލަން ހިންގި މުޒަހަރާތަކަށް އެމެރިކާއިން އެހީވެފައިވާއިރު އެމެރިކާއިން ބޭނުންވާ ގޮތަކީ ޑރ މުރްސީގެ ސަރުކާރު ނިމުމަކަށް ގެނައުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

















މުޅި ދުނިޔެ މިމީހުންގެ މުދާ ވިއްކާ މާރުކޭޓަކައް ނެހެދިގެން އުޅެނީ، މުސްލިމުންގެ ރަޢީސް ޑރ މުހައްމަދު މުރުސީ ގެ ވެރިކަމުގައި މިސްރައް ސިޔާސީ އިޤުތިސާދި އިޖުތިމާއީ މިނިވަންކަން ލިބެން ފެށުމުން ޔަހޫދީންނައް ހަޖަމް ނުކުރެވިގެން ޔަހޫދީ ސިފައިންނައް ރިޝްވަތު ދީގެން މުރުސީ ކިޑްނަޕްކޮއްގެން ވަގަައިގެން ފޮރުވައިގެން އުޅެނީ ހަމަބިރުން ފިންޑިކަމުން!