އާއެކެވެ! ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާއަށް އެކުށްޖާގެ ދޮންބައްބަގެ ކިބައިން ޖިންސީގޯނާ ކުރަމުން ގޮސްފައިވާކަން ސާބިތު ކަމުގައި ދައުލަތުން ހާމަކޮއްފައިވުމުން އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސީރިއަސް މައްސަލައެކެވެ. މިކަމުގެ ސީރިޔަސްކަން އިތުރުވަނީ ދޮންބައްޕަ މިބޮޑުޖަރީމާ ހިންގިކަން އެކުއްޖާ ބަނޑުއަޅައި ވިހޭ މަންމައަށް އެނގިހުރެ ދަރިފުޅުގެ ހިމާޔަތުގައި ކަމެއްނުކޮށް އެކަން ސިއްރުކޮށްފައިވާތީއެވެ. މިފަދަ ޢަމަލުތަކަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެވޭނެ ޢަމަލުތަކެއް ނޫނެވެ. އިސްލާމުދީނުގައި މުޅިންމަނާ، ހައްދުކަޑައެޅިފައިވާ ޙަރާމް ކަންތައްތަކެވެ. މިމައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަންވީއެވެ. ޕެޓިޝަންތަށް ހުށައަޅަންވީއެވެ.
ނަމަވެސް ށ.ފޭދޫ 15 އަހަރުގެ އަންހެންކުއްޖާ ވަގުތުން ދޫކޮއްލުމަށާއި، ޒިނޭކުރުމަކީ ޖިނާއީ ކުށެއްކަމަށް ޤާނޫނުގައި ލިޔެފައިއޮތް އޮތުން ފުހެލުމަށާއި، އަދި އެއްވެސް ޙާލަތެއްގައި އެއްވެސް ކުށަކަށް ހައްދުނުޖެހުމަށް ސަރުކާރަށް ގޮވާލައި، އެމްނެސްޓީން ސޮއިކުރަން ފަށާފައިވާ ޕެޓިޝަނަކީ ކަމުގެ އަސްލު އޮޅުވާލައި، ނުބައި މަޤްސަދެއް ހާސިލްކުރުމަށް ބައްޓަން ކޮއްފައިވާ ނުރައްކާތެރި ޕެޓިޝަނެކެވެ.
ޕެޓިޝަންފަށާފައިވަނީ ދޮންބައްޕަ ގަދަކަމުން ޖިންސީގުޅުންހިންގި (ރޭޕްކުރި)، އަދި މިހާރު ބަލިވެއިން 15 އަހަރުގެ އަންހެން ކުއްޖާގެމައްޗަށް ޒިނޭކުރިކަމަށް ކަޑައަޅައި ހައްދުޖެހުމަށް ޙުކުމްކޮށް ގޭބައްދު ކޮއްފައިވާ ވާހަކައިންނެވެ. ނަމަވެސް ޙަޤީޤަތަކީ މިއީއެއް ނޫނެވެ. ޙަޤީޤަތަކީ ކޯޓުން ޙުކުމް ކޮއްފައިވަނީ އެކުއްޖާ ހަމަބުއްދީގައި ހުރެގެން އަމިއްލަ ރުހުމުގައި އެހެން ފިރިހެނަކާއިއެކު ޒިނޭކުރިކަމަށް ކޯޓުގައި ޢިއުތިރާފް ވެފައިވާތީއެވެ. ފުންކޮށް ވިސްނަވާށެވެ. މިއީ މުޅިން ތަފާތު ދެމައްސަލައެކެވެ. ދޮންބައްބަގެ ފަރާތުން ލިބުނު އަނިޔާއަކީ ވަކިމައްސަލައެކެވެ. އަމިއްލަ އިހްތިޔާރުގައި ރުހިގެން ކުރިކަމަށް އެއްބަސްވި ޖިނާއީ ކުށަކީ ވަކިމައްސަލައެކެވެ. އަނިޔާއެއް ލިބިފައިވުމަކީ އެކުއްޖާ އަމިއްލަ ނަފްސަށް އަނިޔާވެރިވެ ފާފަތަކަށް އަރައިގަންނާންއޮތް ހުއްޖަތެއް ނޫނެވެ. ހަމަހޭގައި ބުއްދިސަލާމަތުންހުރެ ކުށެއް ކޮއްފިނަމަ އެކަމުގެ ޙައްޤު އަދަބުލިބެން ޖެހެއެވެ. ޙައްޤުތަކަށް ގޮވާލުމަކީ އެއީއެވެ.
ދެންއޮތީ މިދެންނެވި ޕެޓިޝަނުގެ މަޤްޞަދުގެ ވާހަކައެވެ. ޕެޓިޝަން ނިންމާލަމުން ސަރުކާރަށް ގޮވާލާފައިވާ ގޮވާލުމާއިމެދު ފުންކޮއް ވިސްނާލުމުން އެބައިމީހުންގެ މަޤްޞަދު ވަރަށް ސާފެވެ. ޕެޓިޝަން ނިންމާލަމުން ގޮވާލާފައިވަނީ ޒިނޭގެ ކުށުގައިވިއަސް އަދި އެހެން ކުށެއްގައި ކަމުގައިވިއަސް ހައްދުޖެހުމަށް ގާނޫނުގައި އޮތްއޮތުން 'އިސްލާޙުކޮށް' ފުހެލަންޖެހޭ ކަމަށާއި ޒިނޭކުރުމަކީ ޖިނާއީ ކުށެއްކަމަށް ކަޑައެޅިފައި އޮތްއޮތުން ޤާނޫނު އަސާސީން ފުހެލަންޖެހޭ ކަމުގައެވެ.
މިޖުމްލަތަކުން މިބައިމީހުންގެ އަސްލު މަޤްޞަދަކީ އަނިޔާ ލިބޭފަރާތެއް ޙިމާޔަތްކުރުން ނޫންކަމާއި، އަސްލު މަޤްޞަދަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމެއް ޤާނޫނުގައި ލިޔެފައި އޮތުމުން އެކަމާއި ކަންބޮޑުވާ ކަންބޮޑުވުންކަން ހާމެވެއެވެ. މި މުސްލިމް މުޖުތަމަޢުގައި އިސްލާމީ ޝަރީޢަތް ޤާއިމުވެދާނެތީވެ އެބައިމީހުންގެ ކަންބޮޑުވުން އޮތް މިންވަރު ހާމަވެއެވެ. އެހެން ނޫންނަމަ ޙައްޤުތަކަށް ވަކާލާތުކުރާ ބަޔަކު، ޤާނޫނުގައި ޒިނޭގެ ބޮޑުފާފަ އެއީ ކުށެއްކަމުގައި ލިޔެފައި އޮތް އޮތުން ޤާނޫނުން ފޮހެލައި، އެއްވެސް ހާލަތެއްގައި ހައްދު ނުޖަހަން ގޮވާލުމުގެ އޮތީ ކޮންމާނައެއް ތޯއެވެ؟ މިއުޅެނީ ދިވެހި ރާއްޖޭގައި ޒިނޭކުރުމާއި ހިންގޭ ޖަރީމާތަށް މަދުކަމަކުން ނޫނެވެ.
އެމްނެސްޓީ އަކީ ޙަޤީޤަތުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބަޔެއްނަމަ، މިމައްސަލާގައި ވެހެއުމަށްފަހު އަނިޔާކޮށް މަރާލެވުނު ދަރިފުޅުގެ ވާހަކަ ނުދަށްކަނީ ކީވެގެން ބާވައެވެ؟ ސަލާމަތްވުމުގެ އަމިއްލަ ބާރުނެތް ނިކަމެތި މައުސޫމް އެ ތުއްތު ދަރިފުޅަށް އަނިޔާކޮށް މަރާލީ އެކުއްޖާގެ ކޮން ކުށެއް އޮވެގެން ބާވައެވެ. އެމްނެސްޓީން އެނުލަފާ ޖަރީމާ ހިންގިމީހުން ކުއްވެރިނުކުރީ ކީއްވެބާވައެވެ؟ އަދި އެޖަރީމާ ހިންގިމީހުނަށް އަދަބުދިނުމަށް ޕެޓިޝަން ހުށަނޭޅީ ކީއްވެބާވައެވެ؟ އެކުއްޖާގެ ޙައްޤެއް ނެތީތޯއެވެ؟
އިއްޔެ ދުނިޔޭގެ މީޑިއާގައި ފަނޑުގޮތަކަށް ދެކެވުނު އެއްވާހަކައަކީ އޮސްޓްރޭލިޔާގެ ސިފައިން އަފްގާނިސްތާނުގެ 2 ކުދިން ގަޔަށް އެއްވެސް ސަބަބަކާއި ނުލައި ބަނޑިޖަހައި މަރާލި ޚަބަރެވެ. އުމުރުން އެންމެ 7 އަހަރުގެ އަދި 8 އަހަރުގެ ދެކުދިންނެވެ. އެމްނެސްޓީއަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބަޔަކުނަމަ، މިދެންނެވިފަދަ ޖަރީމާތަކާ ދެކޮޅަށް ނުތެދުވަނީ ކީއްވެބާވައެވެ؟ އެއީވެސް ޓެރަރިސްޓުންނަށް ވީމާބާވައެވެ؟ ހަމަހަމަ ކަމާ އިންސާފަކީ މިއީ ތޯއެވެ؟ މިފަދަ އެތައްހާސް މިސާލުތަކެއް ލިޔެވިދާނެއެވެ.
އެމްނެސްޓީ ފަދަ ގިނަ ޖަމިއްޔާތަކުގެ ޙަޤީޤަތަކީ މިއީއެވެ. ޙައްޤުއޮންނަނީ ކުއްކުރާ މީހުންގެއެވެ. އަނިޔާ ލިބުނުމީހާގެ ޙައްގެއް ނޯވެއެވެ. ކުއްވެރީންނާއި މުޖުރިމުންނަކީ ހިމާޔަތް ލިބެންޖެހޭ ބަޔެކެވެ. އެބައިމީހުންނަށް އަދަބުދިނުމާއި ހައްދުޤާއިމުކުރުމަކީ އަނިޔާވެރި ވުމެވެ. މައްސަލައަކަށްވަނީ ޤާނޫނުގައި ކުށެއްކަމަށް ލިޔެފައި އޮތުމުންނެވެ. ކުށެއްކުރުމުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުން އެއީ މައްސަލައެއް ނޫނެވެ. މިއީ ޙައްޤުތަކަށް ވަކާލާތުކުރުމެއް ނޫނެވެ. މިއީ ކުއްވެރީން ހިމާޔަތް ކުރުމެވެ.
ކޮންމެއަކަސް މިޕެޓިޝަންގެ އަސްލަކީ އޮޅުވާލުމެވެ. މަޤްޞަދަކީ އިސްލާމުދީން ނިކަމެތިކޮއްލުމެވެ. މި މުސްލިމް ދީބުގައި އިސްލާމީ ޝަރީއަށް ޤާއިމުވިއަ ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމެވެ. އިސްލާމުދީނަށްކުރާ ނަފުރަތެއްގެ ބޮޑުކަމުންނެވެ. މިފަދަ ބަޔަކާއި ބައިވެރިވެ މިފަދަ ގޮތަކަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޙުކުމެއް ޤާއިމު ނުކުރުމަށް ތިބާ ގޮވާލުމެވެ. އެއީ މުސްލިމަކަށްވެހުރެ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ފާފައެކެވެ. ކުފުރެކެވެ. މާދަމާﷲގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމެކެވެ.
މިފަދަ ޖަމާއަތްތަކުގެ ފަތްފުށާއި ހަޤީޤަތްތައް މުސްލިމުންނަށް ފާޅުކަން ބޮޑުކޮށް ހާމަކޮށްދީ އޮޅުންފިލުވައިދިނުމަށް ބޮޑެތި އެއްވުންތައް މިޙާރުދެން ބާއްވަން ވެއްޖެ.
ރަނގަޅު ވާހަކައެއް. މިނުބައިނުލަފާ ޖައްބާރުންނާއި ދެކޮޅަށް ޖިހާދަށް ތެދުވަންވެއްޖެ. އ.ދ ރާއްޖެއިން ބޭރުކޮށްލާ..
އިޢުތިރާޟު ވެފައިވާތީއެވެ އިޢްތިރާފުވެފައިވާތީ، އިޢްތިރާޟުގެ މާނައަކީ ދެކޮޅުހެދުން.
ޢަލީގެ ޚިޔާލަށް ވ ބ ތާއީދު…
ކަލަކު ވޮޑިގެން ވާކަން ގަބޫލް ކުރޭބާ ؟
ބުނަން ވަހީދޫ ކަލޭ ތިޔަ އުލެނީ 7 އުޑުމަތިން ﷲ ބާއްވައިލެއްވި ހުކުމްފުޅު މުރާޖާކުރަންތަ؟ ކަލޭ ދެން ތީ ކާކު އަޅެ ފަހެ.
މި ފަހަކަށް އައިސް ރާއްޖޭގައިވެސް، އަދި ހަމަ އިސްލާމީ އެހެން ޤައުމުތަކުގައި ތިބި ގިނަ ވެރިންގެ ވައްތަރުއެއީ، ހަމައެކަނި ވަޙީދުގެ މައްސަލައެއްނޫން.