އިސްލާމީޖަމާޢަތްތަކުގެ ބާރުގެ ދަށުގައިވާ މާލީގެ އުތުރުގެ ސަރަހައްދުތައް އަލުން ހިފުމަށް އެފްރިކާގެ އަސްކަރީ ލަޝްކަރުތައް ފޮނުވުމަށް އ.ދ ގެ ސެކިއުރިޓީ ކައުންސިލުން ބުރާސްފަތި ދުވަހު އެއްބަސްވެއްޖެއެވެ.
15 މެންބަރުންގެ ކައުންސިލުން ފާސްކުރި މި ނިންމުމުގައި މާލީގެ ސަރުކާރަށް މާލީގެ ސަރަހައްދު އަލުން އަނބުރާ ހޯދައިދިނުމަށްޓަކައި އެހީ ވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން މި ހަރަކާތް ނުފެށޭނެމަށް ކަމަށް މިކަން ރާވާފަރާތްތަކުން ބުނާއިރު، މާލީއަށް ފޮނުވުމަށްޓަކައި ތައްޔާރަށް އޮތް 3300 ގެ މީހުންގެ ލަޝްކަރެއްވެސް އޮތްކަމަށް ހުޅަނގު އެފްރިކާގެ ޤައުމުތަކުން ބުނެއެވެ.
މާލީގެ ފޮރިން މިނިސްޓަރ ޓީމަން ކޯލިބަލީ މި ނިންމުމަށް މަރުހަބާ ކިޔައި މިއީ އިސްލާމީ މަޤްރިބްކަރައިގައި ހަރަކާތްތެރިވާ އަލް ޤައިދާ އަދި އެޖަމާޢަތުގެ އެހީތެރިންނާއި ދެކޮޅަށް އެޅޭ ތާރީޚީ ފިޔަވަޅެއްކަމަށްވެސް ސިފަކޮށްފައިވެއެވެ.
އިސްލާމީ ޖަމާޢަތްތަކުގެ ބާރުގެ ދަށުގައިވާ މާލީގެ އުތުރުގެ ސަރަހައްދުތަކުގައި އިސްލާމްދީނުގެ ހައްދުތައްވެސް ޤާއިމުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މި އިސްލާމީ ޖަމާޢަތްތަކާއި ދެކޮޅަށް ކުރިއަށް ގެންދަން އުޅޭ މި ހަރަކާތުގައި އެމެރިކާގެ އެހީވެސް ލިބޭނެކަމުގެ އިޝާރާތްތެއްވެސް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

















advertisment
އދ މިޖަރީމާ ކުއްވެރިކުރަން، އދ ގެމިޖަރީމާގައި މުސްލިމުން ބަރިވެރިވެގެނެއް ނުވާނެ. ދިވެހިރާއްޖޭގެ އިންސާނީ ގޮޑިން މިކަން ކުއްވެރިކުރަންވާނެ، އދ ގެ އިންސާނުންގެ ގޮޑީގެ ނާއިބުކަންކުރަނީ ދިވެހިރާއްޖެ މިކަން އަވަހަށް ކުއްވެރިކުރައްވާ!
ކިހިނެއްތޯ ކުއްވެރިކުރާނީ؟ މިތޮށިގަނޑުގައި މިހާރަކު ހައްގު ގެ ފުރާނައެއް ނުހިނގާ.. އެތެރޭގައިވަނީ ހުސް ހޮއި.. ނަފްސު ވަނީ ނިދާފައި…
وَيَمْكُرُونَ وَيَمْكُرُ اللّهُ وَاللّهُ خَيْرُ الْمَاكِرِينَ
މާނައީ: އެއުރެން މަކަރުވެރި ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް ބާތިލްކުރަށްވައި އެއުރެންނަށް ކެހި ލިބޭނެ ގޮތަށް) ރާއްވަވާ ތަދްބީރު ކުރައްވަތެވެ. ﷲ އީ، އެންމެ މޮޅަށް ރާއްވަވާ ތަދުބީރު ކުރައްވާ އިލާހެވެ. {އަންފާލް ސޫރަތް 30}