އެފްރިކާ ކޮވިޑް 19 އާއި ގުޅިގެން މިޞްރުގެ މިސްކިތްތައްވެސް ބަންދުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން މިޞްރުގެ މިސްކިތްތައްވެސް ބަންދުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން މިޞްރުގެ މިސްކިތްތައްވެސް ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ވައިރަހާއި ގުޅިގެން މިޞްރުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފިއެވެ.

މިޞްރުގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ދެ ހަފްތާގެ މުއްދަތަށް މިސްކިތްތައް ބަންދުކުރަން ނިންމާފައިވާ ކަމަށާއި މިސްކިތްތައް ބަންދުކުރި ކަމުގައިވީ ނަމަވެސް ނަމާދު ވަގުތު ޖެހުމުން މިސްކިތްތަކުން ބަންގި ގޮވަމުން ގެންދާނެ ކަމަށެވެ.

މިޞްރުގެ އަޒްހަރު ޔުނިވަރސިޓީގެ ސީނިއަރ ޢިލްމުވެރިން މަޖްލީހުން މިމަހުގެ 15 ވަނަ ދުވަހު ބުނެފައިވާ ގޮތުގައި ކޮރޯނާއި ވައިރަހުން ރައްޔިތުން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތައް ބަންދު ކުރުމުގެ ޙައްޤު ސަރުކާރަށް ލިބިގެންވެއެވެ. އަދި މިއަދުގެ ވަގުތެއްގައި އަޒުހަރުން ބުނެފައިވަނީ ކޮރޯނާވައިރަހުގެ ކަންތައްތައް ހަމައަކަށް އެޅެންދެން އެތަނުގައި ހުންނަ އާޘާރީ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލާ ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

މިޞްރުގައި މިހާތަނަށް 285 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު 8 މީހަކުވަނީ އެބަލީގައި މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.