އެފްރިކާދުނިޔެ

ދެކުނު އެފްރިކާގެ ރައީސްގެ ތައުރީފް އެޤައުމުގެ މުސްލިމުންނަށް

ދެކުނު އެފްރިކާގެ މިހާރުގެ ރައީސް ރަމްފޯސާ އެޤައުމުގެ އިޤްތިޞާދަށް އެޤައުމުގެ މުސްލިމުން ކޮށްދެމުންދާ ކަންތައްތަކަށް ތައުރީފު ކުރައްވައިފިއެވެ.

ކޭޕް ޓައުންގައި ބޭއްވި ރޯދަވީއްލުމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރަމްފޯސާ ވިދާޅުވެފައިވަނީ އެޤައުމުގެ އާބާދީގެ 1.6 އިންސައްތަ ހިއްސާކުރާ މުސްލިމުންގެ ބައިވެރިވުން އެޤައުމުގެ އިޤްތިޞާދުގެ 10 އިންސައްތަ ހިއްސާކުރާ ކަމަށާއި އިޤްތިޞާދުގެ އެކި ދާއިރާތަކުގައި މުސްލިމުންގެ ބައިވެރިވުން ހިމެނޭ ކަމަށްޓަކައި މުސްލިމުންނަށް ތައުރީފު ކުރައްވާފައިވެއެވެ.

މުސްލިމް ޖުޑީޝަލް ކައުންސިލުން ބޭއްވި މިރޯދަވީއްލުމުގައި ރަމްފޯސާ އިތުރަށް ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މުސްލިމުންގެ ޖަމާއަތްތަކުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މީގެ ސަތޭކަ އެތައް އަހަރެއް ކުރިން އެޤައުމުގައި އިސްލާމްދީން މާނާކޮށްފައި އޮތް އޮތުން ދެން ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން ރަމްފޯސާ ދެއްވިއެވެ.

ރަމްފޯސާ ދެކުނު އެފްރިކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތީ މިދިޔަ ފެބްރުއަރީމަހު އޭރު ރައީސަކަށް ހުންނެވި ޖޭކޮބް ޒޫމާ ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޒޫމާ އިސްތިއުފާ ދެއްވީ އޭނާގެ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)ން އެކަމަށް ޕްރެޝަރު ކުރަމުން ދިޔުމުގެ ސަބަބުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *