މެދުވެރިއަކާ ނުލާ ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ޚާއްސަ ”ނުސުކް އެޕް“ 30 މިލިއަން މީހުން ޑައުންލޯޑްކޮށްފި

މެދުވެރިއަކާ ނުލާ ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ޚާއްސަ “ނުސުކް އެޕް” 30 މިލިއަން މީހުން ޑައުންލޯޑްކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

މެދުވެރިއަކާ ނުލާ ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ޚާއްސަ “ނުސުކް އެޕް: 30 މިލިއަން މީހުން ޑައުންލޯޑް ކޮށްފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެ މިނިސްޓްރީގެ ޑިޖިޓަލް ޕްލެޓްފޯމް، ނުސުކް އެޕްގެ ޑައުންލޯޑް 30 މިލިއަނަށް ވަނީ އަރައިފައެވެ.

މީގެ ތެރެއިން 90 އިންސައްތައަކީ 190 އަށްވުރެ ގިނަ ޤައުމުތަކުގެ ބޭނުންކުރާ ފަރާތްތަކެވެ. މިއީ 2024 ވަނަ އަހަރުގެ 12 މިލިއަނާ އަޅާބަލާއިރު 150 އިންސައްތައިގެ ކުރިއެރުމެކެވެ.

ނުސުކް އެޕް މެދުވެރިކޮށް ޙައްޖު، ޢުމްރާ އަދި ޒިޔާރަތްތަކާ ގުޅުންހުރި 100 އަށްވުރެ ގިނަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ޢުމްރާ ފުރުޞަތު ހޯދުމާއި، މަސްޖިދުއް ނަބަވީގެ ރައުޟާ ޝަރީފަށް ޒިޔާރަތްކުރުމާއި، ޙަރަމައިން ހައިސްޕީޑް ރެއިލްވޭގެ ޓިކެޓް ހޯދުމާއި، ވައިގެ ދަތުރުތަކާއި، ހޮޓާ ރިޒަވޭޝަންތަކާއި، އަދި އެހެނިހެން ޓުއަރތައް ހިމެނެއެވެ.

އެޕްގައި އިތުރަށް ތަޢާރަފުކޮށްފައިވާ އައު ޚިދުމަތްތަކުގެ ތެރޭގައި ކީރިތި ޤުރުއާން، ދުޢާތައް، ނަމާދު ވަގުތުތައް އަދި ޤިބްލައިގެ ދިމާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތްތައް ހިމެނެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، ދުނިޔޭގެ އެންމެ އިސް ޑިޖިޓަލް އިސްލާމީ ޕްލެޓްފޯމަކަށް ވުމުގެ ލަނޑުދަނޑިއާއެކު، އެޕްގެ ބޭނުންކުރުން އިތުރަށް ފަސޭހަކުރުމަށް ބޮޑު އަޕްޑޭޓެއް އަންނަން އޮތް ދުވަސްތަކުގައި ތަޢާރަފުކުރާނެއެވެ.

 

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.