ރާއްޖޭގެ ޚަބަރު ފަލަސްޠީނުގެ ހުޅަނގު އައްސޭރި ޔަހޫދީންގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރި ޔަހޫދީންގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރި ޔަހޫދީންގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުން ރާއްޖެއިން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު ނުވަތަ ހުޅަނގު އައްސޭރި ސަރަޙައްދު ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދިނުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީ، ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފަށް ހިފާފައިވާ ޙައްޤު ނޫން ސަރަހައްދެއް މިލްކުކުރަން ކުރާ މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ސިފަކުރައްވާފައެވެ.

މި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ވާތީ، މި ނިންމުން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާފައެވެ. އަދި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާފައިވާ އެންމެހައި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީން ޒިންމާދާރުކުރުވުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކުރާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، މިނިވަން މުސްތަޤިއްލު ފަލަސްޠީން ދައުލަތެއް ޤާއިމުވެގެން ދިއުމަށް ކަމަށެވެ. މިއީ ދެ ދައުލަތުގެ އުޞޫލުގެ ދަށުން ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދާ ތާއީދެކެވެ.

ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލު ޤާނޫނަކަށް ހެދުމަށްޓަކައި ޖުމްލަ 4 ވޯޓަކަށް އަހާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ވޯޓުގައި ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ބިލަށް ރުހުންދީފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ޓެގް

އިސްރާއިލް ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.