އިތިއޯޕިއާގެ ޢިލްމުވެރިޔާ އައްޝައިޚު މުޙައްމަދު ޢަލީ އާދަމް އަވަހާރަވެއްޖެ

އިތިއޯޕިއާގެ ޢިލްމުވެރިޔާ އައްޝައިޚު މުޙައްމަދު ޢަލީ އާދަމް އަވަހާރަވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އިތިއޯޕިއާގެ މަޝްހޫރު ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚު މުޙައްމަދު ޢަލީ އަލްއަޘުޔޫބީ އަވަހާރަވެއްޖެއެވެ.

ޢަރަބި އިސްލާމީ ނޫސް އޭޖެންސީ ތަކުން ވިދާޅުވެފައިވާ ގޮތުގައި އައްޝައިޚު މުޙައްމަދު ޢަލީ އާދަމު އަލްއަޘްޔޫބީ އަވަހާރަވެފައިވަނީ މިޞަފަރު މަހުގެ 20 ވަނަ އަށްވީ (8 އޮކްޓޯބަރ 2020) ދުވަހުއެވެ.

އައްޝައިޚު މުޙައްމަދު ޢަލީ އަލްއަޘްޔޫބީއަކީ އިސްލާމް ދީނަށާއި، އިސްލާމީ ދަޢުވަތް ފެތުރުއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. ޝައިޚުގެ މުޅި އުމުރު ހޭދަ ކުރައްވާފައިވަނީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމާއި، މަސްޖިދުލް ޙަރާމުގައި ޝަރުޢީ ޢީލްމު އުނގަންނަވާ ދެއްވުމާއި، މީސްތަކުންނާއި ހަމައަށް ދީން ފޯރުކޮށްދެއްވުމުގައެވެ. މިގޮތުން ޝައިޚު އަވަހާރަވީއިރު ދީނީ އެކިއެކި ޢިލްމުތަކަށް 40 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައިވެއެވެ.

ޝައިޚު މުޙައްމަދު ޢަލީ އަވަހާރަވުމާއި ވިދިގެން ޤުބާ މިސްކިތުގެ އިމާމު އައްޝައިޚު ސުލައިމާނުއް ރުޙައިލީ ވިދާޅުވެފައިވެއެވެ. "ހަމަ ޙަޤީޤަތުގައިވެސް (ޢައްލާމާގެ ލަޤަބު ޙައްޤު) އަލްޢައްލާމާ މުޙައްމަދު ޢަލީ އާދަމް އަލްއަޘްޔޫބީވަނީ މިއަދު އަވަހާރަވެފައެވެ. އޭނާއަކީ ޖާމިޢާގެ މުއައްލަފާތުތަކާއި، މަންފާކުރަނިވި ޢިލްމީ އޮޑިޓުތަކާއި، އަގުހުރި (ފޮތްތަކުގެ) ތަޙްޤީޤު ލިޔުއްވާފައެވެ."

އައްޝައިޚު މުޙައްމަދު ޢަލީ އަކީ މުޙައްދިޘެކެވެ. ފިޤުހު ޢިލްމުވެރިއެކެވެ. އަދި ޢަރަބި ބަހުގެ ޢިލްމުވެރިއެއްވެސް މެއެވެ. ޝައިޚު ލިޔުއްވާފައިވާ ذخيرة العقبى އޭ ކިޔުނު ފޮތާއިމެދު އަލްއިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ. "ސަލަފީ (މަންހަޖަށް) ލިވެފައިވާ ސުނަނުއް ނަސާއީގެ މިފަދަ ޝަރަޙައެއް ތިމަންނާ ނުދެކެމުއެވެ."

ޝައިޚު މުޙައްމަދު ޢަލީ އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 1365 ވަނަ އަހަރު އިތިއޯޕިއާއަށެވެ. އެއްމެ ފުރަތަމަ ކީރިތި ޤުރްއާން ހިތުދަސް ކުރައްވާފައިވަނީވެސް، އަދި ދީނީ ޢީލްމު އުނގެނިވަޑައިގެންފައިވަނީވެސް އޭނާގެ ބައްޕާފުޅު، އަދި އިތިއޯޕިޔާއަށް އުފަން މުޙައްދިޘު އައްޝައިޚު ޢަލީ ބިން އާދަމްގެ އަރިހުންނެވެ. ދެން އިތިއޯޕިއާގެ އެހެނިހެން ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޙަދީޘާއި، ފިޤުހާއި، ނަޙްވު، އަދި ޞަރްފު، އަދި ބަލާޣާއާއި މަންޠިޤު އުނގެނިވަޑައިގަތެވެ. އެއަށްފަހު މައްކާއަށް ވަޑައިގެން ދުވާލުގެ ވަޤުތުތަކުގައި ދާރުލް ޙަދީޘުލް ޚައިރިއްޔާގައި ދަރުސް ދެއްވާ، އަދި ޢިޝާއަށްފަހު މަސްޖިދުލް ޙަރާމުގައި ޙަލަޤާ ހައްދަވައެވެ.

މާތް ﷲ އައްޝައިޚު މުޙާއްމަދު ޢަލީއަށް ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ހެޔޮ ދަރުމަ ދެއްވާށިއެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.