ވާހަކަ

ﷲ އަށް ބިރުވެތިވުން

 

ޞާލިޙް އަޅަކު އެއްދުވަހަކު ކިޔައިދިނެވެ. "ވަރަށް ފަށުވިކަމާއި އަސަރުން ފުރިގެންވާ ވަޢުޛު ވިދާޅުވާ ބެއިކަލެއްގެ މަޖްލިސެއްގައި އެއްދުވަހަކު އަހަރެން އިނީމެވެ. އެކަލޭގެފާނުންގެ ބަސްފުޅުގެ ރިވެތިކަމުންނާއި އަސަރުން އެތާންގައި އެއިރު ތިބި އެންމެން ރޮއްވާލިއެވެ. އެކަލޭގެފާނުންގެ ބަސްފުޅު، ނަރަކައިގެ އަލިފާނުގެ ވާހަކައާއި ހަމައަށް ދެވުމުން އެމަޖްލިސުން ޒުވާނަކަށް ކެތްނުކުރެވިގެން އަޑުން އަޑުނަގައި ރޯން ފެށިއެވެ. 'ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެން ﷲ އަށް އަދާކުރަންޖެހޭ ފަރުޟުތައް އަދާނުކުރެވުނުކަމާއެވެ. އަހަރެންވީ ދުނިޔޭގައި މަރު ހަނދާންނައްތާލި ވަޤުތުތައް ބޭކާރުކޮށްލި މީހެއްގެ ގޮތުގައެވެ.' މިހެން ބުނެ އެޒުވާނާ ޤިބުލައަށް ކުރިމަތިލަމުން 'އޭ ﷲ! އަހަރެން މިއަދު އިބައިލާހުގެ ހަޟްރަތަށް މަޢާފަށް މަޢާފަށްއެދެމެވެ. އަދި މިކަމުގައި އެއްވެސް މީހަކަށް މިއަޅާ ބޭނުމެއްނޫނެވެ. މިއަޅާއަށްއަންނަ އުނި ކަންކަމާއިއެކުވެސް މިއަޅާއަށް ފާފަފުއްސަވާންދޭވެ. މިއަޅާގެ އެކަނިވެރި ވަޤުތުތަކުގައި މިއަޅާއަށް ރަޙްމަތްލައްވާންދޭވެ. މިއަޅާއަށް ޢަފޫކުރައްވާންދޭވެ. އަހަރެންގެ ސާހިބުވަންތަ ރަސްކަލާކޮ! މިއަޅާގެ އަތްފައި އިބަރަސްކަލާންގެ ޙަޟްރަތަށް ރުޖޫޢަކުރަމެވެ. އިބަ އިލާހު މިއަޅާއަށް ފާފަނުފުއްސަވައިފިނަމަ މިއަޅާ ބޭކާރުވެ ހަލާކުވާނެއެވެ. (މިއަޅާއަށް ފާފަ ފުއްސަވާންދޭވެ)' މިހެންބުނެ ހޭނެތިގެން ވެއްޓިއްޖެއެވެ.

ސާލިޙްމީހާ ބުންޏެވެ. ދެން ތިމަންމެން އޭނާ ހަރަކާތްކުރޭތޯ އެކިމަސައްކަތް ކުރީމެވެ. އެކަމަކު އޭނާ އޮތީ މަރުވެފައެވެ. ﷲ އޭނާއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.[1]

ޔާ ﷲ ! އަޅަމެންނަކީ ފާފަވެރިންނެވެ. އަޅަމެންގެ ފާފަތަކަށް އަޅަމެން އިޢުތިރާފްވަމެވެ. އަޅަމެންނަކީ ކަންނެތްކަމާއި ޣާފިލުކަމުގައި ނިދާފައިތިބޭ ޖާހިލު ބައެކެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެން ރައްކާތެރިކުރައްވާންދޭވެ. އިބަރަސްކަލާންގެ ކޯފާ ޙައްޤުވާ މީހުންގެ ތެރޭގައި އަޅަމެން ނުލައްވާންދޭވެ. އަޅަމެންނަކީ އެއިރެއްގައި އޮތް ކޮންމެ ފިތުނައެއްގައި ޖެހިގެން ހެވިފައި އިބަރަސްކަލާންގެ ވަޢީދު ތަކާއިމެދު އަޅާލުންމަދު އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވާ ބައެއްގެ ތެރޭގައި އުޅޭ ބަޔަކީމުއެވެ. އޭ ޢަރުޝީގެ ވެރި ޖައްބާރުވަންތަ އިލާހެވެ! އަޅަމެން މިފިތުނަތަކުން ސަލާމަތްކުރައްވާ އަޅަމެންގެ ވެރިންނަށް ތިބިބަޔަކަށް ވިސްނުން ދެއްވާންދޭވެ.

ކުދިންނޭވެއެވެ! މިއީ ﷲ އަށް ބިރުވެތި ވުމުގެ މިސާލުތަކުން ކުޑަ ކުޑަ އެއް މިސާލެވެ. ސަލަފުންގެ ތެރޭގައި ﷲ ގެ ކޯފާއަށް ބިރުން މަރުވެގެން ދިޔައީ ކިތައް ބެއިކަލުންނެއްތޯއެވެ؟ އެއިގެތެރެއިން އަހަރެމެންނަށް ވަންހަނާވެގެންވަނީ ކިތައް އިޚްލާޞްތެރިންގެ މަރުކަމެއްވެސް ނޭންގެއެވެ.

ރެފަރެންސް:

[1] އަލް މަވާޢިޒް ވަލް މަޖާލިސް، ސަފްޙާ: 65

ގުޅުންހުރި

1 ޚިޔާލު

  1. Alhamdulillah Ya ALLAH aameen
    Maasha ALLAH warah rangalhu ibraitheri
    JazakALLAH Khayr

Your email address will not be published. Required fields are marked *

More in ވާހަކަ