މި ލިއުމުގައި އަޅުގަނޑު އަލި އަޅުވާލައިފައި ވާނީ މިހާރު ދުނިޔޭގެ މަސްރަހަށް އަންނަ ތަފާތު ބަދަލު ތަކުގެ މައްޗައްބިނާކޮށް އަޅުގަނޑަށް ލިބިފައިވާމަޢުލޫމާތާއި އަދި އެހެނިހެން މީހުންގެ ދިރާސާތަކުގެ އެހީގައި މުސްތަގުބަލުގައި ވުން އެކަށީގެންވާ ކަންތައްތަކެއްގެ މައްޗަށާއި އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ދުނިޔެއަށް އައިސްފާނެ ކަމަށް ލަފާކުރެވޭ ބޮޑެތިބަދަލު ތަކުގެ ވާހަކައެވެ. މިލޔުންތަކުގައި އަޅުގަނޑު ހިމަނާފައި ވާނީ ތަފާތު ހެކިތަކާއި އެކި ދިރާސާތަކެވެ. މިލިއުމުގައި ބަޔާން ކުރެވޭ އެއްވެސް ކަމެއް މުސްތަޤުބަލުގައި ނުވުންވެސް ހަމަ އެކަށީގެން ވެ އެވެ. ސަބަބަކީ ޣައިބު ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި މި ލިއުމުގެ އަސްލަކީ ބަޔަކު މީހުން ބުރަމަސައްކަތުން ހޯދާ ޝާއިޢު ކުރަމުންދާ މައުލޫމާތެވެ. އެހެންކަމުން އަޅުގަނޑު މިލިޔަނީ ހަމަ އެކަނި މި މައުލޫމާތުތައް ދިވެހި ބަހުން ނަކަލު ކޮށްއަދި އަޅުގަނޑުގެ ޤާބިލްކަން ލިބިފައިވާ މިންވަރަކުން އިތުރު ކުރުމަށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އެބޭފުޅުންނަށް ހެޔޮރަޙްމަތް ލައްވާށި އެވެ.
ޙިލާފާއެއް ބިނާ ކުރުމަށް މުސްލިމް އަންހެނުންގެ ދައުރު
ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް އެންމެ މުސްލިމް އަންހެން ކަނބަލެއްގެ ހައްޤުގައި ހަނގުރާމަ އެއް އިޢުލާން ކުރައްވައިފައި ވެއެވެ. މީގެއިން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗަކީ މުސްލިމް އަންހެނުން ދިފާއުކޮށް ސަލާމަތް ކުރުމަކީ ކިހާމަތިވެރި ވާޖިބެއްކަމެވެ. އެހެންނަމަވެސް މިއާ ޙިލާފައް މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ މުޅީން ތަފާތު މަންޒަރެކެވެ. ދުނިޔޭގެ ހަތަރު ބިތުން މިއަދު މުސްލިމް އަންހެނުންގެ ރުއިމާ، އާދޭހުގެ ކެކުޅުން އަޑުއިވެމުންދާއިރު، މިއިން އެއްވެސް އަޑެއްނުވެސް އިވޭ ކަހަލައެވެ. މީގެ އެއް މާނަ އަކަށް އަޅުގަނޑަށް ނެގެނީ އިތުރަކަށް މިއުއްމަތުގައި މުސްލިމް ފިރިހެނަކުނެތުމެވެ. މިހެން އަޅުގަނޑު މިދަންނަވާ ސަބަބަކީ މުސްލިމް އަންހެނެއްގެ ރުއިމުގެ އަޑަކީ ހަރުދަނާ ފިރިހެންވަންތަ މުސްލިމް ފިރިހެނެއްގެ ކަންފަތައް ކެތްކުރެވޭނެ އަޑަކަށް ނުވާނެތީއެވެ. ޔަޤީނުންވެސް މި އަޑު ޖެހުމާއެކު މިދަންނަވާ ފަދަ ފިރިހެނުން ތިބި ނަމަ އަންހެނުންގެ ދިފާއުގައި ތެދުވުމަކީ އިސްލާމީ މިއުއްމަތުން ނުފެނި ދިއުން މުސްތަޙީލު މަންޒަރެކެވެ.
މިއީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތެވެ. އަދި އެކަލޭގެފާނުގެ ލޮބުވެތި ޚަލީފާއިންގެ ވެސް އަމަލުފުޅެވެ. މިކަން އަޅުގަނޑުމެންނަށް 4 ޙަލީފާގެ ފަހުންވެސް ހެޔޮލަފާ ސަލަފުސާލިހުންގެ ކިބައިން ފެނިފައި އެވެ. އެއްފަހަރެއްގައި ޚަލީފާ އިބްނު އައްބާސް އައް ރައްކާތެރިކަމަށް އެދި އަންހެންކަނބަލަކު ގޮވާލުމުން ޚަލީފާ އިބުނު އައްބާސް އެއަޑު އެއްސެވިއެއްސެވުން ވެގެންދިޔައީ މުޅި އިސްލާމީ އުންމަތައް ހުރި މިސާލަކަށެވެ. އެކަލޭގެފާނު އެ އަންހެނާގެ އަޑު އައްސަވައި ވަރުގަދަ ލަޝްކަރެއް އެކަމަނާގެ ދިފާއުގައި އޭރުގެ ދުނިޔޭގެ "ސުޕަރ ޕަވަރ" ކަމުގައިވާ ރޯމަން އެންޕަޔަރއާ ދެކޮޅަށް ހަނގުރާމައަށް ފޮނުއްވެވި އެވެ.
މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ކޮންފަދަހިތްދަތި މަންޒަރު ތަކެއްތޯ އެވެ. ކާފަރުންގެ އިތުރަށް މުސްލިމުންގެ ނަމުގައި ފޭރާން އަޅައިގެން ތިބި މުސްލިމުން ކަމަށް ބުނާ ބަޔަކުވެސް ވަނީ މުސްލިމް އަންހެނުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފަ އެވެ. އާދެ ޚާރިޖީ ނުވަތަ ދާޚިލީ ހަނގުރާމައެއް ކުރިޔަސް އެކަމުގެ ޝިކާރަ އަކަށް އެންމެ ފުރަތަމަވާބަޔަކީ މުސްލިމް އަންހެނުންނެވެ. މި ހަނގުރާމަ ކުރަނީ ހަމަ އެކަނި ހަތިޔާރުން ނޫނެވެ. އަދި ކިޔެއް މިހަނގުރާމަ އެންމެ ވަރުގަދައަށް ކުރަމުންދަނީ މީޑިއާ ބޭނުން ކޮށްގެން ނެވެ. މީޑިއާގެ ޒަރިއްޔާއިން މުސްލިމް އަންހެނުންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެ، މުޖްތަމައުތަކުގައި އެބައި މީހުންގެ އަގު ވައްޓާލައި އަދި ތަފާތު ލަގަބުތައްދެނީ ހަމަ މި މީޑިއާއެވެ. މީގެ ފަހަތުގައި ވަނީ ޒަޔަނިސްޓް ޔަހޫދީންގެ ޕްރޮޕެގެންޑާއެއްކަން މިނިވަން މުރާސިލުން ހާމަ ކުރަމުންގެންދެއެވެ. މިހާބޮޑު ހަނގުރާމައެއް މުސްލިމް އަންހެނުންނާ ދެކޮޅަށް ކުރެވެމުންގެންދަނީ ކީއްވެގެންބާ އޭ މީހަކު ސުވާލު ކޮށްފާނެއެވެ. އާދެ ޝައްކެއްނެތް ގޮތުގައި ޖަވާބަކަށް ވާނީ އިސްލާމީ ޙިލާފާއެއް ޤާއިމް ވުމުގައި އެންމެ ވަރުގަދަ ބާރަކަށް ވާނީ މުސްލިމް އަންހެނުންކަމުގައި ވީތީ އެވެ.
ޚަބަރު ތަކުގެ ފަލަ ސުރުހީތަކުގައި " މުސްލިމު އަންހެނުން ތިބެނީ ވަރަށް ދަށުދަރަޖައިގައި ކަމަށް" ނުވަތަ "އޮޕްރެޝަން" އެއްގެ ތެރޭގައި ކަމަށާއި، "މުސްލިމް އަންހެނުން ނަށް އެއްވެސް މިނިވަންކަމެއް ނެތް ކަމަށާއި" އިސްލާމީ ޤައުމުތަކުގައި " މުސްލިމް އަންހެނުން ނަށް އަނިޔާކުރަމުންދާ ކަމަށާއި، "ތާލިބާނުން މުސްލިމް އަންހެނުން ނަށް އަނިޔާ ކުރަމުންގެންދާކަމަށާއި" ކީރިތި ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމް އަޅު އަންހެނުން ރޭޕް ކުރުމަށް ހިއްވަރު ދެއްވާފައި ވާކަމަށާއި " " ޒިނޭގެ ތުހުމަތު އެޅިފައިވާ އަންހެނުން މެރުމަކީ އިސްލާމީ މުޖުތަމައުގައި ގަދަރު ކުރާކަމެއް ކަމަށާއި " އަދިވެސް މިފަދަ ތަކުންތާކު ނުޖެހޭ އެތަކެއް ބުހުތާނު ދޮގު ތައް ތަކުރާރު ކުރަމުންގެންދެ އެވެ.
ހާއްސަކޮށް ހުޅަނގުގެ މީޑީޔާ ތަކުން ބޮޑުވަބާއެއްހެން ފަތުރަމުން ގެންދާ މިފަދަ ހަބަރު ތައްވަނީ މިހާރު ވައިގަ ހިފާފައޭ ބުޏްޔަސް ދޮގަކަށް ނުވާނެ އެވެ. މީގެ ތެރޭގައި CNN, FOX, BBC އަދި މިނޫންވެސް ޔޫރަޕުގެ ޗެނަލް ތަކުން ނުރައްކާތެރި ވައިރަހެއްފަދައިން ފަތުރަމުން ގެންދެއެވެ. އަޅުގަނޑަށް މިކަންތައް އެންމެ ބޮޑަށް ސިފަކުރެވެނީ މި މީހުންގެ މޮޓޯއަކީ "އެޑޮލްފް ހިޓްލަރ" ގެ މިބަސް ކޮޅެވެ. " ތަކުރާރުކޮށް ހަދަމުންދާދޮގެއް އެބައިމީހުން ގަބޫލުކުރުން އަވަސްވާނެ އެވެ."
ﷲ ސުބުހާނަހޫ ވަތަޢާލާގެ މިބަސްފުޅުގެ ތެދުކަން ނިކަން ދެކިލައްވާށެވެ. " ދޮގުހަދާކަން ކަށަވަނީ ، ހަމަ ﷲގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ.އަދި އެއުރެންނީ ހަމަ ދޮގުވެރިންނެވެ." {ނަޙްލު 105}
ކިތަންމެ ވަރަކަށް މިބައިމީހުން މަސައްކަތް ކުރަމުންދިޔަޔަސް އެބައިމީހުންގެ ރޭވުން ﷲ ތަޢާލާ ބޭކާރު ކުރައްވާނެކަމާމެދު ޝައްކެއްނެތެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 5000 މީހުން އަހަރެއްގެ މައްޗައް އިސްލާމްދީނަށް ވަންނަމުންގެއްދެ އެވެ. މީގެތެރޭގައި ގިނައީއަންހެނުންނެވެ.އަދި ކިޔެއް މީގެ ތެރޭގައި ގިނައީ ކިޔަވައި ނިމިފައި ތިބި މަތީ ތަޢުލީމު ހާސިލްކޮށްގެން ތިބި އަންހެނުންނެވެ. އެމެރިކާގައި އަހަރެއްގެ މައްޗައް 20000 އެއްހާ މީހުން އިސްލާމްދީނަށް ވަންނަމުންދާއިރު އޭގެ ތެރެއިން 75 އިންސައްތަ އާދެ 15000 މީހުންނަކީ އަންހެނުންނެވެ. ވޭތުވަދިޔަ ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމް އަންހެނުން ވަނީ އިސްލާމް ދީނުގެ އަސްލުތަކަށް ރުޖޫޢު ވެފައެވެ. އެކަނބަލުންގެ ދިރިއުޅުމާއި، ފޭރާންލުމާއި، އާއިލީ ކަންތައްތަކާއި، މަސައްކަތުގެ ދާއިރާ ގައިވެސް މި މަންޒަރު ދައްކަމުން ގެންދެއެވެ. ސެކިއުލަޒރިޒަމް އަދި ލިބަރަލިޒަމް ދޫކޮށް އިސްލަމްދީނުގެ އަސްލު އަސާސްތަކަށް ރުޖޫޢުވެ ޝަރިއްޔާގެ ގާނޫންތަކަށް ތަބާވެ، ދީނާއި ސިޔާސަތާއި، މުޢާމަލާތު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބައްޓަންކުރަމުން އައިސްފައިވެއެވެ. އަދި އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ މުތްތައް ކަމުގައި ބަލައިގަނެ އެގޮތުގައި ދިރިއުޅުން ފަރުމާކުރަމުން އައިސްފައި ވެއެވެ.
ހުޅަގުނގެ ނުފޫޒުގަދަ މީޑިޔާތަކުން ދޮގު ޙަބަރާއި މައުލޫމާތު މުޖުތަމައުތަކަށް ސަމްސަލަށް އަޅައި ލަވަމުން ގެންދާމިފަދަ ދަނޑިވަޅެއްގައި އަންހެނުން އިސްލާމްދީނަށްރުޖޫޢުވެ، އަންހެނުން އިސްލާމްދީންގަބޫލު ކުރަމުންގެންދަނީ ކީއްވެ ކަމާމެދު ސުވާލު އުފެދެއެވެ.
ފުރަތަމަ ކަމަކަށް އަންހެންބޭފުޅުންނަށް އިހާނެތިކޮށް ހިތަމުންގެންދާ މަދު މުސްލިމުންކޮޅަކީ އެއްވެސް ހާލެއްގައި ކީރިތި ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތުގެތެރެއިންވާބަޔެއް ނޫންކަން އެއަންހެންކަނބުލުންނަށް ވިސްނެއެވެ. އެހެނީ ޞަހީހު މުސްލިމްގެ ހަދީޡެއްގައި ވާފަދައިން " ތިމަންކަލޭގެ ފާނުގެ ސުންނަތަށް ފުރަގަސްދީފި މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިންވާ މީހެއްނޫނެވެ."(މުސްލިމް 8:3236 ) އަދި އަންހެނުންނަކީ އެކަނބަލުންގެ ދާއިރާގައި މިނިވަން ބައެއްކަން އެނގޭ އެތަކެއް ހަދީޘްއްފެންނަން އެބައޮތެވެ. މިސާލަކަށް އަންހެނުން ގެއިންބޭރައްނުކުމެ އުޅުމަކީ މުޅީންމަނާކަމެއް ކަމަށް ބަޔަކު މީހުން ބުނަމުންގެންދެއެވެ. ނަމަވެސް ޞަހީޙް ބުޚާރީގެ ހަދީޘްއްގައި އެކަނބަލުން ބޭނުންތަކުގައި ބޭރައްނުކުތުމަކީ ހުއްދަ ކަމެއްކަމަށް އަންގަވާފައި ވެއެވެ. ލާއިންސާނީ ޖަރީމާ ތަކަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޤަވާއިދު ތަކާއި ޚިލާފައް އެގައުމެއްގެ ނުރަނގަޅު ޘަގާފަތާއި އާދަކާދަ ތަކުގެ ތެރެއިން ލާފައި އިސްލާމީ ބައެއް މުޖުތަމައުތަކުގެ ތެރެއަށް ފޭދިގެން އުޅޭ ގޯހެއްކަން އެކަނބަލުންނަށް އެނގެއެވެ.
ދެވަނަ ކަމަކަށް، އިސްލާމީ ގިނަ ޤައުމު ތަކަކީ އިސްލާމީ ޝަރިއްޔާ ތަންފީޒު ނުކުރާ ބަޔެއްކަމާއި، އެއީ ޒަމާނީ' ސެކިލަރ ޑިމޮކްރެސީ، މިލިޓަރީ ޑިކްޓޭޓަރޝިޕް، ނުވަތަ ތިއޮކްރެސީ ' ގަބޫލުކޮށް އެޔައްއަމަލު ކުރަމުންދާ ބައެއްކަން އެކަނބަލުންނަށް އެނގެއެވެ. އަދި މިފަދަ ސަރުކާރުތަކުން ވަނީ އަންހެނުންގެ އާދޭހާއި އަނިޔާތަކަށް ބީރު ކަންފަތެއްދީ، އެކަނބަލުންގެ ހައްޤުތައް ރައްކާތެރި ކުރަން ފޭލިވެފަކަން އެކަނބަލުންނަށް އެނގުމެވެ. މިފަދަ މުޖުތަމަޢުތަކުން އަންހެނުންގެ ޙިޖާބް އެޅުމުގެ ހައްގުނިގުޅައިގަނެ ޖިންސީ އަދީ މާއްދީ އެތަކެއް ގޯނާކޮށް، ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެޔައްވައްޓާލައި، ތަޢުލީމާއީ އަސާސީ އަދި ޟަރޫރީ ބޭނުންތަކަށްހުރަސް އަޅައި، މިފަދަ އެތަކެއް ޢަމަލު ކުރަމުންގެންދާކަން އެކަނބަލުންއެނގި ހާމަވުމުގެ ސަބަބުންނެވެ.
ހުޅަނގުގެ "ލިބަރަލް ވެލިއު" އޭ މިކިޔާ އާދަކާދަތަކުގެ ސަބަބުން ނުރައްކާތެރި މެސެޖުތައް ޒުވާންފިރިހެނުންގެ ތެރޭގައި ފެތުރެމުންދެއެވެ. އެގޮތުން މިފަދަ މީހުނަށް ގަބޫލު ކުރެވެމުން އަންނަނީ އެބައިމީހުންގެ ޝަހުވަތު އެދޭގޮތައް އަމަލު ކުރުމަކީ އެއީ އެބައިމީހުންނަށް ލިބިގެންވާ މިނިވަންކަމެއްކަމަށެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ހީވެސް ނުކުރާ ދަރަޖަ އަށް ގެވެށި އަނިޔާ އާއި، ޖިންސީ އަދި ޖިސްމާނީ ގޯނާތަކާ އަންހެނުންވަނީ ކުރިމަތިލާންޖެހިފައެވެ. އާދެ އަހަރެއްގެ މައްޗައްގާތްގަނޑަކަށް 47000 ހާ އަންހެނުން ޔޫ.ކޭ ގައި ރޭޕްކުރަމުންދާދިޔުމަކީ މިކަމުގެ ހެއްކަކަށް ފުދޭނޭވަރުގެ ކަމެކެވެ.
ޖިންސީ ގުޅުން ހިންގުމުގެ މިނިވަންކަމުގެ ޡަގާފަތް ވެގެންދިޔައީ " ޕްރޮމިސްކިއުޓީ(ގިނަލޯބިވެރިން ގެންގުޅުން)، ކުޑަކުދިން ނަހަލާލަށް ބަލިވެއިނުން، އެބޯޝަން(ދަރިވެއްޓުން)، އެސް.ޓީ.ޑީ(ޖިންސީ ގުޅުމުންއަރާބަލި)، އެކަނިވެރިމައިން ގިނަވުން، ޒިނޭއާންމުވުން، ހަށިވިއްކުން، ވަރިގިނަވުންފަދަ އެތައް އަމަލުތަކެއް ހަލުވި ގޮތެއްގައި ފެތުރެމުންދިޔަ ކަމަކަށެވެ.
ތަހުޒީބު އަންހެނުން ކަމަށް ބުނެ ހުޅަނގުން އުފައްދަމުންދިޔަ ޖީލުތައްވެގެން ދިޔައީ އަންހެނުންގެ ޒިންމާތަކުގެ މައްޗައް އިތުރުޒިންމާތައް ގިނަކޮށް ނުއުފުލޭވަރަށް ވިސްނުމާއި ފިކުރު ބަރުކޮށް، އަންހެނުންގެ ފޭރާން ނިގުޅައި ނެރެމުންދިޔަ ބަޔަކަށެވެ. ނަތީޖާއަކީ، އިއްޔެ ގޭގެ ޒިންމާތަކާއި އާއިލީ ބުރަކަން އުފުލަން ތިބި އަންހެނުން މަގުމައްޗައް ނެރެ ލާރި ހޯދައި އާއިލާއަށް ޙަރަދު ކުރުމުގެ ޘަޤާފަތެއް ގާއިމްވެގެން ދިއުމެވެ. މީގެ އިތުރުން އަންހެނުންނަށް ދޭންޖެހޭނެ ކަމަށް ބުނި އިޙްތިރާމް ނުލިބިދިއުމެވެ. މިފަދަ ނުފޫޒު ތަކުގެ މަޅީގައި ޖެހިފައި ތިބި އަންހެނުންނަށް ވިސްނިގެންދަނީ، ހަޤީގަތުގައި މައްސަލަ އަކީ އިސްލާމް ދީން ނޫންކަމަށާއި ހަޤީގީ ހަތުރަކީ "ކެޕިޓަލިޒަމް" ކަމެވެ.
ކެޕިޓަލިޒަމްގެ އަސާސެއް ކަމުގައި ވެފައި ވަނީ އަންހެނުން ބޭނުންކޮށްގެން ވިޔަފާރި ކުރުމެވެ. ހުލާސާ ކޮށް ބުނާނަމަ، އަންހެނުންގެ ހަށިގަނޑަކީ " ޕްރޮޑަކްޓެވެ(މުދާ)." އަދި ފިރިހެނުންގެ އެދުންވެރިކަމަކީ "ކްލައިންޓް(ގަންނަފަރާތް)" އެވެ. އިޝްތިހާރު ކުރުމަށާއި، މުނިފޫހިފިލުވުމަށާއި، އަދި ޕޯނޯގްރެފީ ނުވަތަ " ސެކްސް އިސްޑަސްޓްރީގައި" މިފަދައިން އަންހެނުންގެ ބޭނުން ކުރުމަކީ މިދެންނެވި ކެޕިޓަލިސްޓިކް ސިސްޓަމް އެއްގެ ތެރޭގައި އާންމު ކަމެކެވެ. އަދި މި ނިޒާމުގެ އެހީގައި ފެޝަން، ޑައިޓް އަދި ކޮސްމެޓިކްސް ސަރޖަރީ އިންޑަސްޓްރީ އަށް ބޮޑެތިފައިދާ ތައް ނަގަމުންގެންދެއެވެ. އަދި ފޮޓޯތައް އެޑިޓްކޮށް(ބަދަލުކޮށް) ހަޤީގަތާއި ޚިލާފް ސިފަތައް ޖައްސައި ޅަޒުވާނުންގެ ތެރެއަށް އާންމު ކުރަމުންގެންދެއެވެ. މީގެ ނަތީޖާ އަކަށް ވެގެންދަނީ އެތަކެއް އަންހެނުން އެބައިމީހުންގެ އަމިއްލަ ސޫރަ ދެކެ ނަފްރަތުކޮށް ނަފްސާދޭތެރޭ އިތުބާރު ނެތުމުގެ އާދަ އަށަގަތުމެވެ. އާދެ ތަރައްގީ ވެފައިވަ ކަމަށް ދައުވާކުރާ ޔޫ.ކޭ ގައި ވެސް ގާތްގަނޑަކަށް 90 އިންސައްތަ އަންހެނުންނަކީ އެބައިމީހުންގެ ހަށިގަނޑާދޭތެރޭ ހިތްހަމަ ނުޖެހޭ މީހުންކަމުގައި ވުމެވެ. މިހެން ވުމުގެ ސަބަބުން އަންހެނުންގެ އަގުވަޒަންކުރުމުގައި އަންހެނުންގެ ހުނަރާއި، ތަޢުލީމަށް ވުރެ އިސްކަންދެވެނީ ރީތި ކަމަށާއި ހަށިގަނޑުގެ ފުރިހަމަ ކަމަށެވެ.
އެހެންކަމުން މިފަދަ ނިޒާމެއްގެ ހިޔަލުގައި އަބަދުމެ އަންހެނުންނަށް ޖެހޭނީ އެބައިމީހުންގެ ނަން ދިރުވައި، ގަދަރު ހިފެހެއްޓުމަށާއި، އަނިޔާތަކަށް ހުއްޓުމެއްގެނައުމަށް ހަނގުރާމަ ކުރުމަށެވެ.
ކަންތައްމިހެން އޮތްއިރު އިސްލާމީ ޚިލާފާއެއް ޤާއިމް ކުރުމަށް އެންމެ ބޮޑު ރޯލެއްއަދާ ކުރެވޭނެ ބަޔަކީ އަންހެނުން ކަމާމެދު ޝައްކެއްނެތެވެ. ސަބަބަކީ ކޮންމެ ޚާލިދް ބިން ވަލީދެއް، ނުވަތަ ސަލާހުއްދީން އައްޔޫބީ އެއް އުފަންވަނީ މިފަދަ އަންހެނެއްގެ ބަނޑުން ކަމުގައި ވާތީއެވެ. އެހެންކަމުން ކޮންމެ މުސްލިމް އަންބަކީ ޚަދީޖާ އެއް ކަމުގައިވެ ކޮންމެ އުޙްތަކީ ފާތިމާ އެއްކަމުގައި ވެގެން ނޫނީ އިސްލާމީ ޚިލާފާ އެއް އަނބުރާ ޤާއިމް ނުވާނެ އެވެ. ދަރިފުޅުގެ އަތުން ނޫނީ ގައިން ތަންކޮޅެއް ކަނޑައިގެން ދިއުމުން ދަރި ރޯވަރަށްވުރެ މައިމީހާގެ ރުއިން ގިނަ ވުމަކީ މިހާރު ބަދަލު ކުރަންޖެހިފައިވާ އާދައެކެވެ. މީގެ ބަދަލުގައި ހިއްވަރުދީ މާދަމާ ދުސްމަނުންގެ އުންޑަތަކުން ގައުމާ މައިންބަފައިންނާ އަދި ތިމާގެ އެންމެ އަގުބޮޑު ރައުސުލްމާލްކަމުގައިވާ އިސްލާމް ދީން ޙިމާޔަތް ކުރަން އަމިއްޔަ މޭ ދިއްކުރަން ޖެހޭ ހިނދު އެއީ ބިރަކަށްވުރެ ލިބޭ ޝަރަފެއްކަމާއި އަދި ޖަންނަތުލް ފިރުދައުސުގެ ތަޅުދަނޑިކަން ހަނދާންކޮށްދޭން ވެއްޖެއެވެ.
އިސްލާމްދީން އަންހެނުންނަށް ދީފައިވާ ޝަރަފްތައް ނިކަންދެކޭށެވެ. އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރީ އަންހެނެކެވެ. އެއީ ޚަދީޖާ ރ.އ އެވެ. އެންމެ ފުރަތަމަ ޝަހީދެއްގެ ދަރަޖަ ލިބުނީ އަންހެން ބޭކަނބަލަކަށެވެ. އެއީ ސުމައްޔާ ރ.އ އެވެ. އިސްލާމްދީނުގެ އެންމެ ފުންނާބު އުސް އެއް އިލްމުވެރިޔަކީ އަންހެނެކެވެ. އެއީ އާއިޝާ ރ.އ އެވެ. އެންމެ ބޮޑަށް ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް އެހީތެރިވެ ހިއްވަރިދީ ދަޢުވަތު ފެތުރުއްވި އެކަކީ އަންހެނެކެވެ. އެއީ ފާތިމާ ރ.އ އެވެ. ހަނގުރާމައިގެ މައިދާނުގައި ފާހަގަ ކޮށްލެވޭ އެއްކަނބަލަކީ އަންހެނެކެވެ. އާދެ އެއީ ޚައުލަދް ބިންތު އަލް އަޒްވަރު އެވެ.
މޮޅަށްދެނެވޮޑިގެންވަނީ މާތް ﷲ ... 3 ވަނަ ބަޔަކަށް އިންތިޒާރު ކޮށްލައްވާ...

















ވ ފުރިހަމަ ލިޔުމެއް
މާޝާ ﷲ!
ވަރަށް އަސަރުގަަދަ ވަރަށް ފުރިހަމަ ލިޔުމެއް. މާތްﷲ ޝައުން ޝަރީފަށް ރަޙްމަތް ލައްވާ އިތުރު ޢިލްމާއި ޙިލްމު ދެއްވާށި. އަދި ލިޔުންތެރި ކަމުގެ މައިދާނުގައި ޚާލިދު ބިން ވަލީދު ފަދަ ފަހުލަވާނެއް ކަމުގައި ލައްވާށި. އާމީން..
ޔޫއެންޑީޕީ ކަހަލަ ތަބުޝީ ކުރިސްޓިއަން މެޝިނަރީ ތަކުން ދިވެހިރާއްޖެ އެކި ގޮއްގޮތުން ބައިބައި ކުރުމަށް ކެންޑި ނޭޅި އެތަކެއް ދިމަދިމާލުން އެބަ މަސއްކަތް ކުރޭ، އެކި ކަންކަމުގައި ދިވެހިޒުވާނުން ބޭނުންކޮއްގެން ކުޑަވރެއްގެ ފައިސާކޮޅެއްވެސް އެމީހުނަށް ދީގެން މި ޔޫއެންޑީޕީ ތިކަމުގައި ވަރަށް ކުރީގައި މިއުޅެނީ، ދިވެހިން ހޭލަންވެއްޖެ ނުންބާ؟
ދިވެހި ކޮންމެ އަންހެނަކު މިއަދު ދީނާއި ޤައުމައްޓަކައި މަދުވެގެން 5 ދަރިން ތަރުބިއްޔަތުކޮށް މުޖުތަމައަށް އެދަރިން ނެރެން އެބަޖެހޭ! ކިރިތި ރަސޫލާގެ ދުވަސްވަރު މަދީނާގެ މީހުން ދިރިއުޅޭ ހިސާބު އެހާބޮޑެއް ނޫން މަގުވުތަށްވެސް އެހާބޮޑެއްވެސް ނުމެނޫން ދުއްވަން އެއްޗެހީގެ ގޮތުގައި ގެންގުޅެނީ ޖަމަލު އަސް ހިމާރު، އެހެނަސް އެމުޖުތަމައުގެ އަފުރާދުންގެ ރަގަޅު ތަރުބިއްޔަތުގެ ސަބަބުން މުޖުތަމައު ވެފައިވަނީ އުފާވެރި މުޖުތަމައުއަކަށް، މިއަދު ދިވެހިން މިމާލެ ކުޑަވެގެން މާލޭގެ މަގުތަށް ހަނިވެގެން ދުއްވާ އެއްޗެހިވެސް ގިނަވެގެން މުޖަތަމައުގެ އުފާވެރިކަން ނެތިގެން ޝަކުވާކުރާ އިރު ކޮންމެ މީހަކުވެސް ނިކަން ފުންކޮށް އެހާރާއި މިހާރު އަދި ތިމާގެ އަމަލު ވަޒަންކޮއްލުން ކީތޯވާނީ!
ވަރަށް ފުރިހަމަ ލިޔުމެއް….ޝައުންގެ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށި !! އާމީން
ލިޔުންތެރިޔާ ފަށަމުން ވިދާޅުވެފައިވަނީ މި ބައިގައި ހިމަނަންގަސްތުކުރަނީ މުސްތަގުބަލުގައި ދުނިޔެއަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުގެ ވާހަކައެވެ. އެހެނަސް މުޅި މަޒުމޫނު ނިމުނުއިރުވެސް ދުނިޔެއަށް އަތުވެދާނެ ބަދަލެއްގެ ވާހަކައެއް ލިޔެފައެއް ނެތެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މި ބައިގައި ގެ ސަބަބުން ކިޔުންތެރިންގެ މައުޟޫމާތު މުސްސަނދިވާނެކަމަށްފެނެއެވެ.
މާޝާﷲ ވަރަށް ރީތި…
މާދަމާ ދުސްމަނުންގެ އުންޑަތަކުން ގައުމާ މައިންބަފައިންނާ އަދި ތިމާގެ އެންމެ އަގުބޮޑު ރައުސުލްމާލްކަމުގައިވާ އިސްލާމް ދީން ޙިމާޔަތް ކުރަން އަމިއްޔަ މޭ ދިއްކުރަން ޖެހޭ ހިނދު އެއީ ބިރަކަށްވުރެ ލިބޭ ޝަރަފެއްކަމާއި އަދި ޖަންނަތުލް ފިރުދައުސުގެ ތަޅުދަނޑިކަން ހަނދާންކޮށްދޭން ވެއްޖެއެވެ.
މާޝާﷲ.
މާޝާ ﷲ، ތިންވަނަބަޔަށް އިންތިޒާރު ކުރަން….
ވަރަށް ފުރިހަމަ ލިއުމެއް…
ޝުކުރިއްޔާ…