ރިޕޯޓް

އިސްލާމީ އުއްމަތް ޙިލާފާއެއްގެ ނިވަލުގައި... (1)

މި ލިއުމުގައި އަޅުގަނޑު އަލި އަޅުވާލައިފައި ވާނީ މިހާރު ދުނިޔޭގެ މަސްރަހަށް އަންނަ ތަފާތު ބަދަލު ތަކުގެ މައްޗައްބިނާކޮށް އަޅުގަނޑަށް ލިބިފައިވާމަޢުލޫމާތާއި އަދި އެހެނިހެން މީހުންގެ ދިރާސާތަކުގެ އެހީގައި މުސްތަގުބަލުގައި ވުން އެކަށީގެންވާ ކަންތައްތަކެއްގެ މައްޗަށާއި އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ދުނިޔެއަށް އައިސްފާނެ ކަމަށް ލަފާކުރެވޭ ބޮޑެތިބަދަލު ތަކުގެ ވާހަކައެވެ. މިލޔުންތަކުގައި އަޅުގަނޑު ހިމަނާފައި ވާނީ ތަފާތު ހެކިތަކާއި އެކި ދިރާސާތަކެވެ. މިލިއުމުގައި ބަޔާން ކުރެވޭ އެއްވެސް ކަމެއް މުސްތަޤުބަލުގައި ނުވުންވެސް ހަމަ އެކަށީގެން ވެ އެވެ. ސަބަބަކީ ޣައިބު ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި މި ލިއުމުގެ އަސްލަކީ ބަޔަކު މީހުން ބުރަމަސައްކަތުން ހޯދާ ޝާއިޢު ކުރަމުންދާ މައުލޫމާތެވެ. އެހެންކަމުން އަޅުގަނޑު މިލިޔަނީ ހަމަ އެކަނި  މި މައުލޫމާތުތައް ދިވެހި ބަހުން ނަކަލު ކޮށްއަދި އަޅުގަނޑުގެ ޤާބިލްކަން ލިބިފައިވާ މިންވަރަކުން އިތުރު ކުރުމަށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އެބޭފުޅުންނަށް ހެޔޮރަޙްމަތް ލައްވާށި އެވެ.

ޖަރުސަލެމް( ޤުދުސް ) ގައި މުސްލިމުންގެ ޙިލާފާއެއް ޤާއިމްވުން

ދުނިޔެއަށް މިއަންނަބަދަލުތަކާ ގުޅިގެން އެންމެ ބޮޑަށް ޢައިރު މުސްލިމުންގެ ތެރޭގައި ހާއްސަކޮށް ދުނިޔޭގެ ބޮޑެތިބާރު ތައް، މިސާލަކަށް އެމެރިކާ، އިންގިރޭސިވިލާތް ފަދަ ހުޅަނގުގެ ޤައުމުތަކުން އެންމެ ކަންބޮޑުވާ ކަމަކީ އިސްލާމީ ޙިލާފާއެއް އަލުން އަނބުރާ ދުނިޔޭގައި ޤާއިމްވެދާނެ ކަމުގެ ބިރެވެ. އަދި ކިޔެއް މިކަމަށް ދަލީލު ދައްކައިދޭ ބައެއް ޙަދީޡްތައްވެސް އަޅުގަނޑު ބެލިބެލުމުން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ.

އެގޮތުން ސުނަނު އަބުދާއޫދުގެ ޙަދީޡް ނަންބަރު 2537 އަދި މުސްނަދު އަހުމަދުގެ ޙަދީޡް ނަންބަރު 22540 (އަލްބާނީ ސަހީހް ކުރައްވާފައި) ގައި އަޅުގަނޑުމެންގެ ސަމާލުކަން ހުއްޓޭފަދަ ވާހަކަ އެއް ކީރިތި ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޡް ކުރައްވާފައިވާކަމަށް ރިވާވެގެން ވެއެވެ. އެކަލޭގެފާނު ސަހާބީ ބޭކަލަކަށް ހަދީޡް ކުރައްވަނީ އިސްލާމީ ޙިލާފާއެއް ޖަރުސަލެމްގައި ޤާއިމް ވެއްޖެ ނަމަ ކަލޭގެފާނުގެ އިސްތަށި ފުޅުގައި މިވާތިމަންކަލޭގެފާނުގެ އަތްޕުޅަށްވުރެ ޤިޔާމަތް ކައިރިވެއްޖެ ވާހަކަ އެވެ.

މި ހިސާބުން އުފެދޭސުވާލަކީ ގުދުސްގައި އިސްލާމީ ޙިލާފާއެއް ގާއިމް ކުރުން ގާތް ވެއްޖެބާއެވެ؟ މީގެ އެންމެ ބޮޑަށް ފާހަގަ ކޮއްލެވެން އަންނަކަމަކީ މިސްރުގެ އިންގިލާބެވެ. މިސްރަކީ އިސްލާމީ ދުނިޔޭގައި ވަރަށް މުހިންމު ގައުމެކެވެ. ސިޔާސީ މުފައްކިރުން ފާހަގަކުރާގޮތުގައި އަރަބި ދުނިޔެއަށް އަތްބޭނުމަށްޓަކައި ހުޅަގުން ބޭނުންކުރަމުންދާ[ކީ ސްޓޯން] ނުވަތަ އެންމެ މުހިންމު ބިމަކީ ވެސް މިސްރެވެ. އެހެން ވުމުގެ ސަބަބުން އެމެރިކާއިން ބިރުގަންނަނީ ހުސްނީ މުބާރަކަށް ފަހު ދެންވާނެ ގޮތަކާމެދު އެވެ.

އިސްލާމީ ދުނިޔޭގެ މަސްރަހު ދިރާސާކުރަމުންދާ އިލްމުވެރިން ކުރިންވެސް ބުނަމުން ކުރަމުން ދިޔަ ގޮތަށް މިސްރުގެ އިންތިހާބުތަށް ކާމިޔާބު ކުރަމުންދަނީ މިސްރުގެ "އިސްލާމިކް ބްރަދަރ ހުޑް" ނުވަތަ "އިހްވާނުލް މުސްލިމީން" އިންނެވެ. މިކަމުގެ އެންމެ ހިތި އަސަރު ކުރަމުންދަނީ އެމެރިކާއަށް ނަމަވެސް އެއްފަރާތުގައި ހިނިއައިސްފައި އޮންނާނެކަމަށް މުރާސިލުން ފާހަގަ ކުރަނީ އިޒްރެއިލް އެވެ. ސަބަބަކަށް ލަފާކުރެވެނީ އިޒްރެއިލް މިކަމަށް މާކުރިއްސުރެ ފެށިގެން ތައްޔާރަށް އޮތުމެވެ. އަދި އިޒްރެއިލްގެ ރޭވުން ވަރަށް ސާފު ކަމަށް ސިޔާސީ ފަރާތް ތަކުން ބުނަމުންދެ އެވެ. އެއީ މިސްރުން ސީދާގޮތެއްގައި ފަލަސްތީނަށް އެހީވާން ފެށައިފިނަމަ އިސްރާއީލުން މިސްރަށް ހަމަލާއެއް ފޮނުވާލުމަށް ލިބޭނެ ބަހަނާ އަކަށް ވުމެވެ.

ކަން މިހެން އޮތްއިރު ކަމުގެ ހަޤީގަތް އޮޅުވާލުމަށްޓަކައި ހުޅަނގުގެ މީޑިއާތަކުން ވަރަށް މަސައްކަތްކޮށްފައި ވާކަން ފާހަނގަ ކޮށްލެވެ އެވެ. ކޮންމެ އަކަސް އިސްލާމީ ގްރޫޕްތަކަށް މި ލިބުނު ކާމިޔާބީ ތަކާއެކު ހުޅަނގުގެ މީޑިޔާތަކުން ތަފާތު އެކި ވާހަކަތަށް ފަތުރަމުން ދިޔައެވެ. އެގޮތުން ރައްޔިތުންނަށް ވިސްނައިދެމުންގެންދިޔައީ މުސްލިމް ބްރަދަރހުޑް އަދި [ހަމާސްޖަމާއަތަށް] ލިބެމުންދިޔަ ކާމިޔާބީ އަކީ އެތަކެއް އަހަރުތަކެއް ވަންދެން އެމީހުން ރައްޔިތުންނަށް ސުކޫލާއި ، ކާބޯތަކެއްޗާއި ފެނާއި އަދި އަސާސީ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ޙިދުމަތްތަށް ދިނުމުގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިއީ [ ޕޮކެޓް ޕޮލިޓިކްސް]  ނުވަތަ ސިޔާސީ ކުޅިގަނޑެއްކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އިސްލާމީ ގައުމުތައް އިސްލާމީ ޙިލާފާ އަކާ ދިމާލަށް މިސްރާބު ޖަހައިފިކަން ހަމަ އެކަނި ގަބޫލު ކުރަނީ އަޅުގަނޑުމެން މުސްލިމުން އެކަންޏެއްނޫނެވެ. ހުދު ހުޅަގުންވެސް އެކަން ގަބޫލުކޮށް އެކަމާ ވަހަކަ ދައްކަމުން ދެއެވެ. އެގޮތުން CBN  ނިއުސް ގެ ޓެރެރިޒަމް އެނަލިސްޓެއް ކަމަށްވާ އެރިކް ސްޓޭކެލްބެކް އާ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން އެނާ ބުންޏެވެ. " މިބަހަކީ އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް އެންގެން ބޭނުންވެފައިވާ ބަހެއް. މިބަސްއަޅުގަނޑުމެންނަށް ކުރިޔަށް އޮތްތަނުގައި ވަރަށް ގިނައިން އަޑުއިވޭނެ. އިސްލާމީ ޙިލާފާ އަކީ ގޮތަކަށް ބުނާނަމަ ޔޫނިއަން އެއް، ހުރިހައި އިސްލާމީ ގައުމުތަށް އެކުވެގެން ގާއިމް ކުރެވޭ ވަރުގަދަ ލަޝްކަރެއް އަދި ސިޔާސީ ބާރެއް. މިބާރުން އިޒްރެއިލް ހިފާނެ، މިބާރުން ހުޅަނގު އެއްކޮށް ހިފާނެ. މިހާރު ދުނިޔޭގައި 57 އިސްލާމީގައުމު އެބައޮތް. އެހެންވީމާ ތިބޭފުޅާޔަށް އިސްލާމީ ޙިލާފާއެއްގެ ބާރު ތަސައްވުރުކޮށްލެވޭނެ. އެންމެފަހުން އިސްލާމީ ޙިލާފާއެއް ފެނިފައިވަނީ 1924މ ގައި. އެހެންވީމާ ފުރުސަތު އެބައޮތް އަލުންއިސްލާމީ ދައުލަތްތަށް ގުޅި އިސްލާމީ ޙިލާފާއެއް ގާއިމްވެގެން ދިޔުމުގެ. އަރަބި ގައުމުތަކަށް އަންނަމުން މިދާ ބަދަލު ތަކުގެ ތެރޭގައި އަޅުގަނޑަށް ފެންނަމުންދަނީ ސެކިއުލައިޒަމް އަށް ތާއީދު ކުރާފަރާތްތަށް ބަލިކޮށް ރެޑިކަލްއިސްލާމީ ގުރޫޕްތަށް ކުރިއަރަމުން އަންނަތަން. މިކަން މިސްރުންނާ، ލީބިޔާ، ޓިއުނީސިއާ، ޔަމަން، ޖޯޑަން، ސީރިޔާ ފެންނަމުންއެބަދޭ. އަދި މިކަން އިތުރަށް ގޯސްވެގެން ދާނީ މުސްލިމުން ޖިހާދު ފައްޓައިފިނަމަ. އެހެންވީމާ ގަބޫލު ކުރެވޭ މުސްލިމުންގެ ޙިލާފާއެއް ގާއިމް ވެދާނެ ކަމަށް."

ކޮންމެ ގޮތެއްވިޔަސް އިސްލާމީ ޙިލާފާއެއް ގާއިމް ކުރަން ބޭނުންނަމަ އެކަން ވާން އޮތް ގޮތަކީ މުސްލިމުންގެ ޖިހާދު ފެށިގެންނެވެ. އަދި ﷲ ގެ ހަޟްރަތަށް ދެއަތް އުފުލައި ދުއާ ކޮށްގެންނެވެ. ސަބަބަކީ މުސްލިމުންދެކެ އައިރު މުސްލިމުން އެންމެ ބިރުގަންނަ ކަމަކީ އެބައި މީހުންގެ ވަރުގަދަ ޖިހާދެވެ.

ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވަނީ " ހަމަކަށަވަރުން ހަރުދަނާ ބިނާއެއްފަދައިން ސަފުސަފަށް އެތުރިގެންތިބެ އެކަލާންގެ މަގުގައި ހަނގުރާމަ ކުރާމީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެއެވެ. " {ސޫރަތުލް ސަފް 4 }

މި ބަސްފުޅުގައި ހިފައި ފަލަސްތީނުގައި ހަނގުރާމަ ކުރަމުންދާ މުޖާހިދުންގެ ތެރެއިން މުޖާހިދަކު ނެރުނު ވީޑިޔޯ އެއްގައި ބުނެއެވެ. [ އަހަރުމެން ހަނގުރާމަ ކުރަމުންދަނީ ފުރިހަމަ ނަސްރާކާމިޔާބީގެ ޔަޤީންކަމާއެކުގައެވެ. އަދި ބިމަށްވެރިވެގަންނަން އުޅޭ އިސްތިއުމާރުން ފައްސައިލުމަށެވެ. އަޅުގަނޑުމެންގެ މުޖާހިދުން ނަކީ ވިސްނުންތެރިކަމާ ހިއްވަރު އަދި ތެދުވެރިކަން ލިބިގެންވާ ބައެކެވެ. ދުޝްމަނުންގެ ދިފާއީ ބާރުތަށް ފޫއަޅުވައި، ދުޝްމަނުންގެ ލޭ އޮހޮރުވައި ލުމުގެ ބާރު ލިބިގެންވާ ބައެކެވެ. މިއަދާ ހަމައަށް ޖެހެންދެން ދުޝްމަނުންނަށް ހަމަ އެކަނި ކުރެވުނު ކަމަކީ ކުށެއްނެތް ނިކަމެތިންގެ ލޭ އޮހޮރުވައިލުމައި، ކުޑަކުދިން މެރުމާއި، މިސްކިތްތަކަށް ބޮންއެޅުމާއި، އަސާސީ ޙިދުމަތްދޭ ތަންތަނަށް ބޮން އެޅުމެވެ. މިއީ އެއްވެސް ހާލެއްގައި މިލިޓަރީ ކާމިޔާބުތަކެއްނޫނެވެ. ނަމަވެސް މިއީ ޒަޔަނިސްޓުންގެ ބޮޑުންގެ ނިތްކުރި ތަކުގައި ހޭކިފައިވާ ލަދުވެތި ކަމެކެވެ. ]

އިސްލާމީ އުންމަތް މިދަނީ ދުވަހެއްދުވަހަކަށް ކުރިއަރަމުންނެވެ. އަދި ލަހެއްނުވެ ﷲ ގެ އިރާދަފުޅާއެކު މުސްލިމުންގެ ވަރުގަދަ ބިޔަ ލަޝްކަރު [ ހުރަސާން ] އިން ހިނގަންފައްޓާނެކަމަށް ދިރާސާ ކުރައްވާ އިލްމުވެރިން ހާމަ ކުރަމުން ގެންދެ އެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އެހެންވެއްޖެ ނަމަ މި ޖިހާދުގައި މިސްރުން ކުޅޭނީ ކޮން ރޯލެއްބާއެވެ؟ ފެބްރުއަރީ 3 2011 ގައި މިސްރުގެ ރިޓަޔަރޑް އާރމީ ޖެނެރަލް ސާމާލުކަން ދަމައިގަންނަފަދަ ވާހަކައެއް ވަނީ ވިދާޅު ވެފައެވެ.

[ އިޒްރެއިލް އަށް އެގޭނެފަދައިން،އަރަބިގައުމުތަކުން ފައިބަންދެން، މިސްރުގެ ދުޝްމަނެއްގެ ގޮތުގައި އިޒްރެއިލް ދެމި އޮންނާނެ. މިސްރުގެ ލަޝްކަރު ހަރަކަތްތެރިވަނީހުޝިޔާރުކަމާއެކު މަޑުމަޑުން، އެއީ މާދަމާވެސް އިޒްރެއިލްއާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހިދާނެ ކަމަށް ދެކިގެންތިބެ. ﷲ ގަންދީ ބުނަން މިސްރުގެ ލަޝްކަރުން ހަރަކާތްތެރިވަނީ މި ގޮތަށް ދެކި ތިބެ. އަޅުގަނޑުމެން ސުލްހައިގެ މުއާހަދާއަށް އިހުތިރާމް ކުރާނަން އެކޮޅުން ކުރާހާހިނދަކު.އެކަމަކު އަޅުގަނޑުމެންގެ ހިތުގައި އެއީ ހަމަ އެކަނި ކަރުދާންގަނޑެއްނޫން ދެވަނަ އެއްޗެސް ނޫން.]

ހުޅަނގުގެ މީޑިއާ ތަކުން މުސްލިމުންގެ ނަސްރު ދައްކަމުންދަނީ [އިސްލާމިޒަމް ނުވަތަ އިސްލާމީ ޝަރިއްޔާ، ނޭޝަނަލިޒަމް ނުވަތަ ގައުމިއްޔަތުގެ މައްޗައް ވެރިވެގަންނަ ފަދަ ބަހުރުވައަކުންނެވެ.]

ހުޅަގުން މުސްލިމުންގެ ޙިލާފާއެއްގާއިމް ވެދާނެ ކަމަށް ބިރުން އުޅޭކަން އެބައިމީހުންގެ ފިލްމުތަކުން ވެސް ދައްކަމުން ގެންދެއެވެ. ނިކަން ތިރީގައި މިދަންނަވާ ސްޓޭޓްމަންޓް އަށް ވިސްނަވާށެވެ. މިއީ މިބައި މީހުންގެ ފިލްމަކުން ނެގިފައިވާ ސްޓޭޓްމަންޓް އެކެވެ. [މިބައި މީހުންނަކީ ބަހުޡް ކޮށް މަޝްވަރާކުރަން ތިބޭފުޅާބެނުންވާނެ ބަޔެއްނޫން. އެބައިމީހުންބޭނުންވަނީ މުޅިދުނިޔޭގައި އިސްލާމީ ޙީލާފާއެއް ގާއިމްކުރަން. އަހަރެމެން އެންމެ މިނިޓަކަށް ފައިތިލަ ހިއްލާލިޔަސް އަހަރުމެންގެ ދުނިޔެ މިބައިމީހުން ބަދަލު ކޮށްލާނެ.]

މޮޅަށްދެނެވޮޑިގެންވަނީ ﷲ ...

ގުޅުންހުރި

9 ޚިޔާލު

  1. ވ. ރަނގަޅު ލިޔުމެއް

  2. ވ. މައުލޫމާތު ލިބިއްޖެ މި ލިމުގެ ޒަރީއާއިން. ޝުކުރިއްޔާ ޝައުން

  3. ދެވަނަބަޔަކަށް އިންތިޒާރު ކުރަން

  4. މިއީ ކޮންމެހެންވެސް ދިރާސާކުރަންޖެހޭ މަޢުލޫއެކެވެ. ތެދެކެވެ. އަހަރެމެންނަކަށް ޣައިބެއް ނޭގޭނެއެވެ. ނަމަވެސް ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ފަހުޒަމާނާ ބެހޭގޮތުން އެހާގިނަ ޙަދީސްތައް ކުރައްވާފައިވާއިރު އަދި މިއަދު މުސްލިމުންނަށް އެހާމެ ދަތިހާލު ކާފަރުންގެ ސަބަބުން ކުރިމަތިވެފައިވާއިރު އަދުގެ ދުނިޔޭގައި ހިގަމުންދާ ކަންތައްތައް ބަލާދިރާސާކޮށްލުމަކީ ނެތްކަމެއް ނޫނެވެ. ތިފަދަ އާޓިކަލްތައް ދިވެހިބަހުން ނެރެ އާޢްމުންނާއި ހަމައަށް ވާސިލްކޮށްދޭންވާނެ ކަމުގައި އަޅުގަޑު ދެކެމެވެ. އަހަރެމެން ހަދާނުގައި ބަހައްޓަން ޖެހޭނީ މިއީ ކޮންމެހެން އެކަންކަން ވާނެގޮތް ކަމުގައެއް ނޫނެވެ. ނަމަވެސް އެކަންކަން ދެނެގަތުމަށް ކުރާ މަސައްކަތް ތަކެއް ކަމެވެ.

  5. ޙިލާފައެއްތަ ނޫނީ ޚިލާފަތެއް ތަ؟ ހީވަނީ ޚިލާފަތެއް ހެން.. އެހެނވީމަ މުޅި ލިޔުމުގެ އަސްލު ލިޔެވުނު އެއްޗެއް ނޭގި ލިޔުނުކަމަށް ޝައްކު ކުރަން.

  6. އިމްލާކުށް ގިނަކަމަށް ފާހަގަކުރެވޭ، ފަށަމުން ބުނެފައިވަނީ އަމިއްލަ ދިރާސާކަމަށް އެކަމު ފަހުން ހަމަ އެ ޕެރެގްރާފްގައި ބުނެފައި އެބަވޭ އެއްޗެއްގެ ތަރުޖަމާކަމަށް، އަނެއްކައި އަމިއްލަ ރިސާޗެއްގައި ހުންނަންނުވާވަރަށް މީހުންގެ ބަސްތަށް އެބަހުރި ހިމަނާފައި، އަނެއްކައި ފިލްމަކީ މިފަދަ ލިޔުމަކަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުން އެކަށީގެންވާ އެއްޗެއްނޫން އެހެނީ އެއީ ވާހަކަ ލިޔުންތެރިއާ މީހުންގެ ހިތްދަމައިގަންނަންލިޔާ ހިޔާލީ އެއްޗެއް…

  7. ާމާޝާ ﷲ ވަރަށްވެސް ފުރިހަމަ ލިޔުމެއް. ﷲ ޝައުން އަށް ބަރަކާތްލައްވާށި. ދެވަނަ ލިޔުމަށް އިންތިޒާރުކުރަން އަދި ލިޔުމުގައި ގެންނަ މައުލޫމާތު ތަކުގެ ރިފަރެންސް އަށް ލިންކް ދެއްވުން އެދެން ލިޔުމުގެ ތިރީގައި ވިއަސް

  8. ވަރަށް ފުރިހަމަ……

  9. މިކަހަލަ ގިނަ ލިޔުން ތަކެއް ފެންނަަަަަާނެ ކަމަށް އުއްމީދު ކުޜަން

Your email address will not be published. Required fields are marked *

More in ރިޕޯޓް