ވާހަކަ

ސަޙާބީން: 3 (ޢުތްބާ ބިން ޣަޒްވާން)

ޢުމަރު ބިން އަލް ޚައްތާބް ޢިޝާގެ ފަހުން ވަރަށް އަވަހަށް ނިދަން އޮންނެވި އެވެ. އެކަލޭގެފާނުން ބޭނުންފުޅުވަނީ ރޭގަނޑު ހިންގަވާން ނިކުމެވަޑައިގަތުމުގެ ކުރީން ކުޑަކޮށް ނިދާލާށެވެ.(ސުވާލެއްވާނަމަ ތިރީގައިވާ މިލިޔުމާއި ގުޅޭލިޔުން ކިޔުއްވާށެވެ) ނަމަވެސް ހަމަޔަށް ނިދި ނުކުރެއްވި އުޅެނިކޮށް ހަނގުރާމަ ކުރެވެމުންދާ ފާރިސްކަރައިގެ ބޮޑު ލަޝްކަރު މުސްލިމުންގެ މައްޗަށް ގަދަވެ ގަނެފާނެކަމުގެ ވާހަކަ ލިބިއްޖެއެވެ. އެހެނީ ފާރިސްކަރައަށް އެހީގެ ގޮތުގައި ވަރަށް ގިނަ ހަނގުރާމަ ވެރިން ލިބެމުންދާކަމުގެ ވާހަކަތަކެވެ. އެހެންކަމުން މުސްލިމުން ނަށް ލަޝްކަރު އިތުރުކޮށް ދިނުމަށް އެދި އެސިޓީގަ އެދިފައި އޮތެވެ. އެ ސިޓިގައި ފާރިސްކަރަޔަށް އެންމެ ވަރުގަދަ ލަޝްކަރު އެހީއެއްގެ ގޮތުން ފޮނުވަނީ "އަލް-އުބުﷲ" ނަމަކަށް ކިޔުން ރަށަކުން ކަމަށް ވެސް ލިޔެފައި އޮތެވެ.

މިފަދަ ގަޑިއެއްގައި، މުސްލިމުންގެ ބާކީ ތިބި މަދު މީސްކޮޅުގެ މައްޗަށް ލަޝްކަރެއްހައްދަވާފައި ވަރަށްވެސް ވަރުގަދަ ކުޅަދާނަ ލީޑަރެއް ގެ ދަށުގައި ނޫނީ ނުފޮނުވޭނެކަން އިނގިވަޑައިގެން އެކަމާއި ހަވާލު ކުރައްވާނެ ބެއިކަލަކާއި މެދު ވިސްނަވަނިކޮށް ހަނދުމަފުޅުވީ ބަދުރާއި، އުޙުދާއި، އެހެނިހެން ހަގުރާމަތައްކުރެއްވެވި ހިތްވަރުގަދަ މުޖާހިދު ޢުތްބާ ބިން ޣަޒްވާނުގެ މަތިންނެވެ.

އަނެއްދުވަހު ފަތިހު ޢުމަރު ގެފާނުން ވަޒީރުން ކުރެން ޢުތްބާ ބިން ޣަޒްވާނު ހާޒިރު ކުރުވުމަށް އެދިވަޑައިގަތެވެ. 300 ބެއިކަލުންގެ މައްޗަށް ވާ ކުޑަ، އެހެނަސް ހިތްވަރުގަދަ ފަހުލަވާނުންގެ ލަޝްކަރެއްގެ ވެރިޔަކަށް މި ޢުތްބާ ބިން ޣަޒްވާނު ވެރިކުރުވިއެވެ. އަދި ލަޝްކަރު ތައްޔާރު ކުރުމަށްފަހު ވަރަށް އަސަރުގަދަ ނަސޭޙަތާއި ދުޢާ ކުރައްވަވައި ލަޝްކަރު ފޮނުއްވައި ލެއްވިއެވެ. ލަޝްކަރުގައި ވަރަށް ގިނަ އަންހެން ބެއި ކަނބަލުންވެސް ވެއެވެ. އެއީ މުޖާހިދުންގެ ޔާއި އަދި އެކަލޭގެފާނުންގެ ވެސް އަނބިކަނބަލުން ނާއިއެވެ އެންމެންނެވެ.

މި ލަޝްކަރު "އަލް-އުބުﷲ" އަށް ގާތްވަމުން އަންނަތަން މާ ދުރުން ފެނުމުން ކުރިމަތިލާނޭ ފަހުލަވާނުންތައް ކިއްލާތަކުން ނެރި ތިއްބެވެ. ނަމަވެސް އެމީހުންގެ ހިތްތަކަށް ބިރުވެރި ކަން ލިބިގެން ދިޔައީ ހިތްވަރާއި ފަންވަރު ލިބިގެންވި މުސްލިމުން ތަކެއް ފަހަތުން ހިރަފުސް އަރުވަމުން ހަލުވިކަމާއި އެކީ އަންނަތަން ފެނުމުންނެވެ. އެހެންކަމުން މުސްލިމުންގެ ޢަދަދު ވަރަށްވެސް ގިނަކަމުގައި ހީވެ މުސްލިމުންގެ މައްޗަށް ގަދަ ނުވެވޭނެކަން ވިސްނި ހަށިތަކައިގެން ފިލާ ރައްކާވުމައްޓަކައި އަނެއްފަރާތުގައި އޮތް ފުރާތު ކޯރުގަވާ އެމީހުންގެ އުޅަނދުތަކަށް އަރާ ފިލައިގެން ދާންފެށިއެވެ. އެހެންކަމުން ޢުތްބާ ބިން ޣަޒްވާން ގެ ލަޝްކަރު އެއްވެސް މުޖާހިދަކު ނުގެއްލި އެ ވަރުގަދަ ކިއްލާތަކުގެ ވެރި ރަށް ލިބިވަޑައިގެންނެވިއެވެ.

ޢުތްބާ ބިން ޣަޒްވާން މި ރަށް އަމީރުލް މުއުމިނީން ގެ ހުއްދަޔާއި އެކީ، އަލުން އާބާދު ކުރެއްވެވިއެވެ. މިސްކިތްތަކާއި ގެތަކާއި ކިއްލާތައް އާބާދުކޮށް ވަރުގަދަ ތަނަކަށް އެތަން ހެއްދެވި އެވެ. ނަމަވެސް އެކަލޭގެފާނުންނާއި އެކަލޭގެފާނުންގެ އަނބިކަނބަލުން އުޅުއްވީ "ޓެންޓް" ގަނޑެއް ކަހަލަ ތަނެއްގައެވެ. އެރަށުގައި ދުވަސްކޮޅަކު ހުރެފައި މަދީނާއަށް ރުޖޫޢަ ވެވަޑައިގަތެވެ. ނަމަވެސް ޢުމަރު ގެފާނުން އަމުރު ކުރެއްވީ އަލުން އަނބުރާ އެރަށަށް ގޮސް އެރަށުގެ ވެރިކަމާއި ޙަވާލުވެ ހުންނެވުމަށެވެ. ވަރަށް ހިތް ނުތަނަވަސްވެ ދެކޮޅު ހެއްދެވުމުން ޢުމަރުގެފާނުން (އަމީރުލް މުއުމިނީން) ވިދާޅުވި އެވެ. ކަލޭގެފާނުން ގެ މައްޗަށް އިސްކުރާނެ ދެން އެހެން ޢަދުލުވެރި ވެރިޔަކު ކަލޭގެފާނުން ފިޔަވާ ނެތެވެ. އަލުން އެރަށަށް ދުރުވާށެވެ. ވެރިކަމާއި ޙަވާލު ވާށެވެ. ޢުތްބާ ބިން ޣަޒްވާން ވަރަށް ދެރަވެ ވަޑައިގެން ހުންނަވާވެސް އަމީރު އެންގެވީތީވެ ކިޔަމަންތެރި ވާންޖެހޭތީވެ ވަޑައިގަތީ އެވެ. ނަމަވެސް ﷲ އަށް ދުޢާ ކުރެއްވިއެވެ. ތިމަން ކަލޭގެފާނުން އެރަށަށް ނުފޮނުށްވާންދޭވެ އޭ ކިޔާ ދުޢާ ކުރެއްވެވިއެވެ.

މަދީނާއިން ނިކުމެ ވަޑައިގެން މާ ދުރަކަށް ނުދެވި އުޅެނިކޮށް އަސްމަތިން އެކަލޭގެފާނުން ވެއްޓިއްޖެއެވެ. ﷲ އެކަލޭގެފާނުންގެ ދުޢާ އިޖާބަ ކުރައްވެވީއެވެ. ކިޔަމަންތެރި ކަމާއި އެކީ ދުނިޔޭގައި މުޖާހިދެއްގެ ގޮތުގައި އުޅެ މަރުވެގެން މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީއެވެ. (ރަޙިމަހުﷲ)

ދަންނަވާލަންތޯ އެވެ. ވެރިކަމަކީ ކުޑަ ކުޑަ ކަމެއް ނޫނެވެ. އެއީ ބޮޑު ސިންގާ ފިތުނައެކެވެ. ކޮންމެ ކޮންމެ މީހަކަށެއް އެކަމެއް ނުކުރެވޭނެއެވެ. މިހާރު ދުނިޔޭގައި މި އުޅެނީ ވެރިން ނެއް ނޫނެވެ. މުދަލާއި ޢިއްޒަތާއި، އަންހެންކުދިންނާއި ދެއްކުންތެރިކަމާއި،.... މި ހުރިހާ ކަންކަމެއްގެ ލާލަޗުގައި ޖެހި ވެރިންތަށް އެތިބެނީ އަވަދިވެ ހަރުދަނޑިވެފައެވެ. ޢުތްބާ ބިން ޣަޒްވާން އަށް ވެރިކަން ކުރެވޭނެއެވެ. އޭގެ ހެއްކަކީ އެރަށް އެކަލޭގެފާނުން އާބާދުވެސް ކުރެއްވެވީތީއެވެ. އެހެން މީހުންނަށް ތަންދައްކަވާފައިވެސް ފަޤީރު ޙާލުގައި އެކަލޭގެފާނުން އުޅުއްވެވީއެވެ. މިހުންނަނީ ވެރިންނެވެ.

މިޔަދު މި ޤައުމު ބަދަލުކޮށް މީސްތަކުންގެ ހިތްތަކުގައި އަމަނު އަމާންކަމުގެ ހިންހަމަޖެހުން ޖައްސައި ހިންއުފާކޮށްދޭނެ ބޭނުންވަނީ މުއުމިނު ވެރިއެކެވެ. ނަމަވެސް އެކަން ދިވެހިން އެބަ ބޭނުންވޭބާވައެވެ؟ ދެން ހައްދު ނުޖެހޭ، ނަން މުސްލިމް (ކަންތަށް މުނާފިޤު) ވެރިކަމެއްގައި... އަނހެން ދަރީންގެ އިއްފަތް ނަގާލެވި،... ކޮއްކޮ ގައިގައި ކަޓަރު އެޅި،.. ބޭބެ މަރާލެވި،.. ފިރިމީހާޔަށް އަނިޔާކުރެވި،... ރަލާއި އޭތި މީތި ބޮވިގެން އުޅޭ މީހުންތައް މަގު މަތީގައި ތެޅި ބާލަނީ ނޫންހެއްޔެވެ. އަދިވެސް މި ދިވެހިންނަކަށެއް ނުވިސްނޭނެއެވެ.

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ ...(30:42)
"ތިޔަބައި މީހުންނަށް ދިމާވާ މުސީބާތް ތަކަކީ ތިޔަބައި މީހުންގެ އަމިއްލަ އަތްތަކުން ހޯދާ އެއްޗެކެވެ..." ދިވެހިންނަށް މި އާޔަތުގެ މާނަ ވިސްނޭނެ ކަމަށް ހީކުރަމެވެ.

ނަމަވެސް ހަނދާންކޮށްލައި ދެމެވެ...
....إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ... (11:13)
"ހަމަކަށަވަރުން ﷲ އެބައެއްގެ ނަފްސު ބަދަލު ނުކުރާހާ ހިނދަކު އެބައެއްގެ ޙާލަތެއް ބަދަލެއް ނުކުރައްވަވާނެއެވެ"

ގުޅުންހުރި

2 ޚިޔާލު

  1. މިލިޔުމުގައި ކަލިމަ ވަކި ކުރާއިރު ސްޕޭސް ދޭން ނުޖެހޭ ތަންތަނަށް ސްޕޭސް ދިނުމުން މިލިޔުން ދޭހަކޮށްދޭން ބޭނުންނުވާ މާނަތައް އަދި ބަސްތައް އެބަދޭހަވޭ، އެކަން އިޞްލާޙުކޮށްލެއްވުން އެދެން. މިސާލަކަށް:”އެއީ މުޖާހިދުންގެ ޔާއި އަދި އެކަލޭގެފާނުންގެ ވެސް އަނބިކަނބަލުން ނާއިއެވެ އެންމެންނެވެ.” މި ޖުމްލާގައި މުޖާހިދުންގެ ޔާއި މީގެ ބަދަލުގައި ލިޔާއިރު އޮންނާނީ އާއި ކިޔުމުގައި ކިޔާނީ ޔާއީ، މިހާރު ދޭހަކޮށްދެނީ، މުޖާހިދުންގެ ތެރޭގައި ޔާއި ބޭކަލަކު ވާކަމަށް، އަދި އަނބިކަނބަލުންގެ ތެރޭގައި ނާއި ކިޔާ ބޭކަނބަލަކު ހުންނެވިކަން، އެތަނުގައި ސްޕޭސް ނުދެވޭނެ، “އަނބިކަނބަލުންނާއި” އެގޮތަށް ލިޔުމުން ދިވެހިބަހުގެ ޤަވާޢިދަށް ފެތޭނީ.

  2. ހަމަ އެގޮތަށް އެންމެ ފަހު އާޔަތުގެ މާނަ ވެސް، އާޔަތުގެ ޙަގީގީ މާނައާއި، މާނަ ލިޔެވިފައިވާ ގޮތުން ފުށުއެރުމެއް އެބަހުރިކަމަށްފެނޭ. ޢިބްރަތްތެރި ލިޔުމެއް. ހެޔޮޖަޒާ ދެއްވާށި!

Your email address will not be published. Required fields are marked *

More in ވާހަކަ