އެއްދުވަހަކު ވަރަށް ރަނގަޅު މީހަކާއި އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ދުވަހާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެއީ އެދުވަހުން ފެށިގެން ދީނަށް އުޅެންފެށި ދުވަހާއި މެދުގައެވެ. އެމީހާގެ ޖަވާބުގައި ކިޔައިދިނެވެ:
"ތިމަންނަޔަކީ ޒުވާން އިރުގައި އެއްވެސް ކުށެއް ކޮށްލާކަށް ޖެހިލުމެއް ވާ މީހެއް ނޫނެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ވަރަށް ވެސް ރީތި އަންހެނަކާއި ތިމަންނަޔާއި ދިމާވިއެވެ. އޭނަގެ ފަރާތަށް ތިމަންގެ ހިތް ލެނބިގެން ދިޔަވަރުން އަހަރެންގެ ގާތަށް އައުމަށް އޭނަޔަށް ދައުވަތު ދިނީމެވެ. ނަމަވެސް އޭނާ ބިރުގަނެފައި ދެކޮޅުހާދާތީވެ ފައިސާގެ ލާލަޗުގައި އެކަން ވޭތޯ ބަލައިގެން އެކަން ވާގޮތް ވެއްޖެއެވެ. ނަމަވެސް އަހަރެން ގެ ކުރިމައްޗަށް އާދެވުމުން އޭނާ ބިރުން ތެޅެންފެށިއެވެ.
ތިމަން އެކަމާއި އޭނަ ގާތުގައި "ބިރު ނުގަންނާށޭ! އަހަރެން ކަލެޔަށް ގެއްލުމެއް ނުދޭނަމޭ" ބުނީމެވެ.
ނަމަވެސް އޭނަގެ އެ ބިރު ބޮޑުވަމުން ގޮސް ހައްތާ ގޯސް ވާހާއި ވިއެވެ. ދެން އެހާ ބިރު ގަންނަން ވީ ސަބަބެއް ބުނެދޭށޭ ބުނުމުން ކިޔަންފެށިއެވެ:
"ﷲ ގަންދީ ބުނަމެވެ. ތިމަން މިގޮތަށް ތިމަންގެ ހަށިގަނޑެއް ކަމަކަށްޓަކައި ދޫނުކުރަމެވެ. އޭ އަޚާއެވެ. ތިމަން މިހާ ހިސާބަށް މި އާދެވުން ކަމަކީ ވެސް ތިމަންގެ އަތުގައި 3 ދުވަސް ވަންދެން ނުކައި ތިބި ކުޑަ 3 އަންހެން ދަރިން ތަކެއް ތިބީމައެވެ. ތިމަން މިހާ ދަށު ދަރަޖަޔަކަށް މިއާދެވުނީ އެމީހުންގެ މައްޗަށް މި (މައިމީހާގެ) ހިތުގައި އޮތް ރަހުމެވެ."
މިވާހަކައިން ތިމަންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ރަހުމު އުފެދުނެވެ. އެ އަންހެން މީހާގެ ވާހަކައިން ތިމަންގެ ނުގުޑާލި މުޑުދާރުކަމަށް ގުޑުން އަރުވާލިއެވެ. އެހެންކަމުން ދެން އޭނަގެ ފަރާތުން ފައިދާއެއް ނަގާކަށެށްވެސް ބޭނުމެއް ނުވިއެވެ. އެހެންވެ އޭނާކުރެން އޭނަގެ ގެ އޮޅުންފިލުވާފައި އެ ގެޔަށް އޭނަ ފޮނުވާލާފައި ތިމަން ގޮސް ހެދުމާއި ކާތަކެއްޗާއި ފައިސާގެ ބައިވަރެއް ގެންގޮސް ހަދިޔާކޮށްފައި ގެޔަށް އައިސް މަންމަ ގާތުގައި އެވާހަކަ ކިޔައި ދިނީމެވެ.
ތިމަންގެ މަންމަޔަށް، ތިމަންގެ އަތުގައި (ތިމަންގެ އަތުން) ތިމަން ކުރާ ނުބައި ކަންތަކުން ލިޔެ ފުރިގެންވާ ފޮތެއްކަން ވާކަން އިނގޭތީވެ ބުންޏެވެ. "ދަރިފުޅާއެވެ. މިވީހާތަނަށް ކަލޭ ހެޔޮކަމެއް މިޔަދު ނޫނީ އަދި ނުކުރެއެވެ. ދަރިފުޅުގެ އަތުގައި ވަނީ ހުސް ނުބައި ކަންތަކުން ލިޔެވިފައި ވާ ފޮތެކެވެ. އެ ފޮތުގައި ދެން ހެޔޮކަންތަށް ލިޔަންފަށަން ދާށެވެ (މާނައީ ހެޔޮ ޢަމަލު ކުރަންފަށާށެވެ)"
ތިމަން ގޮސް ތިމަންގެ ހެޔޮ ކަންތައްތައް ލިޔާ ފޮތް ހުޅުވާލީމެވެ. ނަމަވެސް މުޅިފޮތް ވަނީ ހުހަށެވެ. ހަމައެކަނި ފުރަތަމަ ސަފްޙާގައި ވާ
إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ
"ހަމަ ކަށަވަރުން ހެޔޮ ޢަމަލުތަށް ނުބައި ޢަމަލުތަށް ފޮހެލައެވެ" (ހޫދު: 114)
މިއާޔަތް ފިޔަވައެވެ.
ރެފަރެންސް: މުޙައްމަދު ޢަބްދް މުޣާވިރީގެ "Stories Of Repentance" (ދާރުއްސަލާމް)
ނިންމާލަމުން ހެޔޮކަންތައް ލިޔާ ފޮތް ހުޅުވާލީމޭ ލިޔެވިފައިއެވަނީ ކުށަކުން. އޭގެ ރަނގަޅުގޮތަކީ ނުބައިކަންތައް ލިޔާ ފޮތް. މި ތަންކޮޅު އިސްލާޙްކޮށްލުމުން ފުރިހަމަވާނޭ. މާތް ﷲ އަޅުގަނޑަށާއި ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން