ރިޕޯޓް

އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ހަގީގީ މިނިވަންކަން ހެއްޔެވެ؟

 

ދިވެހި ރާއްޖެ ސިޔާސީގޮތުން މިނިވަންވިތާ 46 ވަނަ މުނާސަބަތު ފާހަގަކުރަމުންދާއިރު، މިނިވަންކަމަކުގެ ހަގީގީ މާނައަކީ ކޮބައިތޯ ބަލައިލަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ މިރާއްޖެއަކީ މުސްލިމުންކަމަށް ވީހިނދު، އަޅުގަނޑުމެން މިނިވަންކަން މާނަކުރަންވާނީ އެންމެހާ މަޚްލޫޤުންގެ އަޅުވެތިކަމުން ސަލާމަތްކޮށް މާތްﷲ ތަބާރަކަ ވަތަޢަލާގެ އަޅުވެތިކަމަށް އައުމެވެ. އެހެންކަމުން މިއުންމަތަށް މިނިވަންކަން ގެނައުމުގެ މަސައްކަތް ފެށުނީ މީގެ 1432 އަހަރު ކުރިން އިސްލާމްދީނުގެ ނޫރު ފެތުރެން ފެށުނު ހިސާބުންނެވެ. ދެން އަޅުގަނޑުމެންގެ މިޝަރަފުވެރި ފަސްގަނޑަށް މިނިވަންކަން ލިބުނީ ކޮން އަހަރަކުތޯ ބަލައިފިނަމަ އަޅުގަނޑަށް ޖަވާބުގައި ދެވޭނީ ރާއްޖެ އިސްލާމްވީ ދުވަހުކަމަށެވެ. އެހެނީ އެދުވަހަކީ އިންސާނުގެ އަޅުވެތިކަމުން ދިވެހި ރާއްޖޭގެ ރައްޔިތުން ﷲ އަޅުވެތިކަމަށް ގެނާ ދުވަސްކަމަށްވުމެވެ.

ހަގީގަތުގައި އަޅުގަނޑުވެސް މިފެހިޖަޒީރާ ރަށްތަކަށް ފަހިކަމާއި މިނިވަންކަން ސިޔާސީ އައުމުގެ އުފާ ފާޅުކުރަމުންދާ ދަނޑިވަޅު މިފަސްގަނޑަށް އުފަންވީ މީހެއްގެ ހައިސިއްޔަތުން އުފާކުރަމެވެ. އެހެނީ ގައުމަކަށް ހާރިޖީގޮތުން މިނިވަންކަން ލިބުމަކީ އެތަނުގެ ރައްޔިތުންނަށް ލިބޭނެ މިނިވަންކަމަކަށްވާތީއެވެ. އެހެންނަމަވެސް އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުމެންނަކަށް އަދި ރަނގަޅަކަށް މިނިވަންކަމެއް ނުލިބެއެވެ. އެހެނީ އަޅުގަނޑުމެން މިތިބެވެނީ ޚާރިޖީގޮތުންނާއި ދާޚިލީގޮތުން ފިއްތުންތަކެއްގެ ތެރޭގައެވެ. ގައުމެއްގެ ނިސްބަތުން ހަގީގީ މިނިވަންކަމެއް ލިބޭނީ އެގައުމަކަށް ދާޚިލީގޮތުންނާއި ދާޚިލީގޮތުން މިނިވަންވެގެންނެވެ.
ދާޚިލީގޮތުން އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ފިއްތުންތަކުގެ ތެރޭގައި ދީނާއި ސިޔާސަތު ވަކިކުރަން އުޅުން ފާހަގަކުރެވެއެވެ. އިސްލާމްދީނުގައި ލައްވަވާފައިފާ ދިރިއުޅުމުގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެކެވެ. އެދީނުގައި އިންސާނާ ދިރިއުޅެންވީ ހުރިހާގޮތެއް އަންގަވާފައިވެއެވެ. ވެރިކަން ކުރަންވީ ގޮތާއި ވެރިން ހޮވަންވީ ގޮތްވެސް އެދީނުގައި އަންގަވާފައިވެއެވެ. އެގޮތުން ޝޫރާގެ މަތިވެރި ނިޒާމްވަނީ ލައްވަވާފައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެނިޒާމަށް ފުރިހަމަގޮތުގައި އަމަލުނުކުރާކަމީ ވަރަށް ހިތާމަވެރިކަމެކެވެ. އެނިޒާމް ދޫކޮށްލުމުގެ ނަތީޖާއަކަށްވާނީ ޣައިރު މުސްލިމުން ބޭނުންވާ ގޮތަށް މި މުޖުތަމަޢު ބަދަލުވެގެން ދިޔުމެވެ. ގައުމު ބައެއްގެ ފިއްތުން ތަކެގެ ތެރޭގައިވެ، މިނިވަންކަން ހަނިވުމެވެ.
އަނެއްކަމަކީ އިޖުތިމާއީ ގޮންޖެހުންތަކެވެ. އިސްލާމްދީނުގައިވަނީ ކޮންމެ މީހަކަށްވެސް އެމީހަކު ކުރަންވީ ކަންކަން އަންގަވާފައެވެ. އެގޮތުން އަނބިމީހާގެ ވާޖިބުތަކާއި ފިރިމީހާގެ ވާޖިބުތަކާއި ދެމަފިރިން ހިއްސާވެގެން ކުރަންޖެހޭ ކަންކަމާއި ދަރިން މައިންނަށްޓަކައި އަދި ވެރިން ރައްޔިތުންނަށްޓަކައި ހަމައެހެންމެ ރައްޔިތުންގެ އަމަލުތައް ބަހައްޓަންވީގޮތްވަނީ ދީނުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައެވެ. އަންހެނުންނަށް ނުކުރެވޭނެ މަސައްކަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ. އިޖުތިމާއީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި މާރާމާރީއާއި ވައްކަމާއި ޒިނޭއާއި މަސްތުވާތެކެތީގެ ވަބާ އާމުވެފައިވުން ފާހަގަކޮށްލެވެއެވެ. މިކަންކަމުން ސަލާމަތްވެގެން މެނުވީ އަޅުގަނޑުމެންނަށް ހަގީގީ މިނިވަންކަމެއް ނުލިބޭނެއެވެ. މިކަންކަމުން ސަލާމަތް ކުރެވޭނީ ދީނަށް ލޯބިކުރާ ޖީލެއް އުފައްދާގެންނެވެ.
އަޅުގަނޑުމެންނަށް ހަގީގީ މިނިވަންކަން ނުލިބެއެޔޭ ބުނަންޖެހޭ އަނެއް ސަބަބަކީ އިގްތިޞާދީގޮތުން އަޅުގަނޑުމެންނަކީ ފުދުންތެރި ބަޔަކަށް ނުވާތީއެވެ. އަދި އަޅުގަނޑުމެންގެ އުފެއްދުންތެރިކަންކުޑަ ވީމައެވެ. އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ މައިގަނޑު ކާނާ މިގެންނަންޖެހެނީ ބޭރުންނެވެ. މިބާވަތްތައް އަޅުގަނޑުމެންނަށް ބަންދުކޮށްލާފި ކަމަށްވާނަމަ އަޅުގަނޑުމެންނަށް ތިބެންޖެހޭނީ ބަނޑަށެވެ. އެހެންކަމުން އަޅުގަނޑުމެން މިކަމަށް ސަމާލުނުވެ ތިބެވިއްޖެނަމަ އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ އެތަކެތި އުފައްދާ ގައުމުތަކުގެ އަޅުވެތި ކަމުގެ ދަށުގައެވެ.
ކަންމިހެން ހުރިއިރު އަޅުގަނޑުމެން، ހާރިޖީގޮތުންނާއި ދާހިލީގޮތުން މިނިވަން ބައެއްގެ ގޮތުގައި ތިބެވޭތޯ މަސައްކަތްކުރަން އެބަޖެއެހެއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ އުފެދުން ތެރިކަންވެސް އިތުރުކުރަން އެބަޖެހެއެވެ. ޙާއްސަކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ އަސްލުފުރިހަމަކަންކަމުގައިވާ ދީންގައި ފައިތިލަ ރަނގަޅަށް ސާބިތުކުރަން އެބަޖެހެއެވެ.
އަޅުގަނޑުގެ ދުޢާއަކީ އަބަދުމެ މިފަސްގަނޑު މިނިވަންކަންމަތީ ލެހެއްޓެވުން. އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް