ލިޔުނީ: މުސާފިރު
އެއްފަހަރަކު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މުލްޙިދުންގެ ބަޔަކާ، އިމާމް އަބޫ ޙަނީފާ އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. "ބިޔަ ރާޅުތައް ނަގަމުންދާ ގަދަ ކަނޑެއްގެ މެދުގައި ހުރި މުދަލާ ސާމަނުން ބަރާކޮށްފައިވާ ނަވެކެވެ. ހަތަރުފަރާތުން ގަދަވައި އެނަވަށް ޖެހެމުން ދިޔައެވެ. ނަމަވެސް ވަރަށް މަޑުމައިތިރިކަމާއެކު އޭގެ މަންޒިލާ ދިމާއަށް އެނައު ދަތުރުކުރަމުން ދެއެވެ. އެއްވެސް ކަހަލަ ޚަލަލެއް ހަމަނުޖެހުމެއް އަދި މިސްރާބުން ކަސިޔާރުވުމެއްވެސް ނެތިއެވެ. ނަމަވެސް އެނަވުގައި އެދުއްވާނެ އަދި އޭގެ ކަންތައްތައް ބަލަހައްޓާނެ އެއްވެސް މީހަކުނެތެވެ. މިފަދަ ނަވަކާއި މެދު ކަލޭމެން ދެކެނީ ކިހިނަކުން ހެއްޔެވެ؟ ކަލޭމެންނަށް މިކަން ޤަބުލުކުރެވިދާނެ ހެއްޔެވެ؟ "
އެހުރިހާ އެންމެން އެއް އަޑަކުން ބުންޏެވެ. " އެއްވެސް ބުއްދިއެއް ވިސްނުމެއް ހުރި މީހަކު ތިޔަ ވާހަކަ ޤަބޫލެއްނުކުރާނެއެވެ."
އަބޫ ޙަނީފާ ވިދާޅުވިއެވެ. "ﷲ ތަޢާލާގެ ހުސްޠާހިރު ވަންތަކަމާއެވެ! ގަދަ ކަނޑެއްގެ މެދުގައި ހުރި އޮޑިއެއް ދުއްވާނެ މިހަކު ނެތި ސީދާ އޭގެ މަންޒިލާ ދިމާއަށް ދަތުރުކޮށްފާނެކަމަށް ކަލޭމެން އިންކާރުކޮށްފީމެވެ. އެހެންނަމަވެސް މިބޮޑު ކާއިނާތާ އެކާއިނާތުގައިވާ ތަނަވަސްވެގެންވާ އުޑުތަކާ، ފެތުރިގެންވާ މިބޮޑު ބިމާ، ފަރުބަދަތަކުގެ ދިގު ސިލްސިލާތަކާ، ފެންދެމެމުންދާ ދިގު ކޯރުތަކާ، އެންމެހާ މަޚްލޫޤުތަކާއި މިހުރިހާ ތަކެއްޗެއް އެތަކެތި ހެއްދެވި އެއްވެސް ފަރާތެއްނެތި އަމިއްލައަށް ވުޖޫދަށް އައިސް އަދި އެތަކެތި ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތް ޙާލުގައިވެސް އެއްވެސް ފުށުއެރުމެއްނެތި އެއެއްޗެއްގެ ދާއިރާގެ ތެރޭގައި އެއެއްޗެއްގެ ޒިންމާ ފުރިހަޔަށް އަދާކުރަމުންދާކަމުގައި ކަލޭމެން ތިޔަ ތިބީ ޤަބޫލުކޮށްގެންނެވެ. މިއެންމެހާ މަޚްލޫޤުތައް ތަދުބީރުކުރައްވާ ރައްކައުތެރިކުރައްވާ ބަލަހައްޓަވާ އެއްވެސް ފަރާތެއް ހަމަ ނެތީ ހެއްޔެވެ؟؟؟؟ ކަލޭމެންގެ ބުއްދިތަކާމެދު ހިތާމަހުއްޓެވެ! ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ!!















ވަރަށް ރީތި ، ޢިބްރަތްތެރި ބަސްކޮޅެއް
ނައު އަމިއްލަޔަށް ދުވާކަމަށް ބުނެ ގަބޫލްކޮށްފިނަމަ އެއީ “މޮޔައެެއް”.. އެކަމު މިބޮޑު ކާއިނާތާ އެކާއިނާތުގައިވާ ތަނަވަސްވެގެންވާ އުޑުތަކާ، ފެތުރިގެންވާ މިބޮޑު ބިން އެތަކެތި ހެއްދެވި އެއްވެސް ފަރާތެއްނެތި އަމިއްލައަށް ވުޖޫދަށް އައިސް އަދި އެތަކެތި ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތް ޙާލުގައިވެސް އެއްވެސް ފުށުއެރުމެއްނެތި އެއެއްޗެއްގެ ދާއިރާގެ ތެރޭގައި އެއެއްޗެއްގެ ޒިންމާ ފުރިހަޔަށް އަދާކުރަމުންދާކަމުގައި ބުނާ މީހާ އެއީ “ސައިސްޓިސްޓެއް” އަހަރެމެންގެ ބަލިވިސްނުން މީ..
ވަރަށް ޢިބުރަތްތެރި
ހުމްމްމްމްމް……ވ.ވ.ވ.ވ ނައިސް :)