ޑޭން އެފްރޮން- ނިއުސްވީކް. 30 މާރޗް 2009
ގުއަންޓަނާމޯބޭގެ ޖަލުގެ ގާޑަކަށް ހަ މަސްވަންދެން މަސައްކަތްކުރި ޓެރީ ހޯލްޑު ބުރޫކްގެ މުޅި ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވީ 590 ވަނަ ނަމްބަރު ދެވިފައިވާ ޖަލުގެ ގައިދީއަކާއި ދެއްކި ވާހަކަ ތަކަކަށް ފަހުއެވެ. އެގައިދީ އަކީ " ދަ ޖެނެރަލް " ގެ ނަމުން މަސްހޫރުވެފައިވާ ގައިދީއެކެވެ. މިކަން ހިނގައިދިޔައީ 2004 ވަނަ އަހަރުއެވެ. އޭނާ އެދުވަހާއި ޖެހެންދެން މަސައްކަތް ކުރަމުންއައީ އޭނާ މަސައްކަތް ކުރަމުން އައި ގުރޫޕާއި އެކުގައެވެ. އެގޮތުން އޭނާގެ މަސައްކަތަކީ ގައިދީން ބަލަހައްޓާ އެމީހުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގާތޯ ބެލުމެވެ. ނަމަވެސް މެންދަމު ގަޑީޔަކީ ހަމަހިމޭން ގަޑިޔަކަށް ވުމުން އެގަޑީގައި ކުރަން ޖެހޭ މަސައްކަތަކީ މޮޕްލުން ފަދަ ކަންކަމެވެ. މިގޮތުުން ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އޭނާ ޖަލުުގައި ތިބި ގައިދީންނާއި ރަހުމަތްތެރިކަން އުފެއްދިއެވެ. އެމީހުންނާއި ދަންވަރު ވާހަކަދައްކަން ފެށިއެވެ.
މިގޮތުން ވޭތުވެގެން ދިޔަ ދުވަސްތަކުގައި ޖެނެރަލްގެ ނަމުން މަސްހޫރުވެފައިވާ، އަހުމަދު އެރަޗިޑީއާއި ގާތްގުޅުމެއް އުފެދި ވަރަށް ގިނައިން އޭނާއާއި ވާހަކަ ދައްކަމުން ދިޔައެވެ. މިގޮތުން ދެކެވުމުން ދިޔަ ވާހަކަތަކުގެ ނަތީޖާއަކަށްވީ ޓެރީ ހޯލްޑު ބުރޫކަށް ދިރިއުޅުމާއި މެދު ބޮޑަށް ވިސްނަން ފެށުނީއެވެ. އޭނާގެ ހަޔާތުގެ މަގުސަދާމެދު އޭނާ ވިސްނަން ފެށީއެވެ. އެގޮތުން އޭނާ އިސްލާމް ދީނާއި އަދި އަރަބި ބަހާއި ބެހޭ ފޮތްތައް ޖަމާކޮށް ކިޔަމުން ދިޔައެވެ.
ނަތީޖާއަކަށްވީ މިފަދަ ރެއެއްގެ މެންދަމުގައި ގުއަންޓަނާމޯބޭގެ ޖަލުގައި ހައްޔަރުކުރެވިފައިވާ 590 ވަނަ ގައިދީގެ އަތް މައްޗަށް ޓެރީ ސަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވުމެވެ. ގަލަމަކާއި ގަނޑެއް ޖަލުގެ ކުޑަކުޑަ ދަނގަޑު ދޮރުގެ ތެރެއިން ދިއްކޮށް ސަހާދަތުގެ ދެކަލިމަ އިނގިރޭސިން ގައިދީ ލައްވައި ލިޔުއްވުމަށްފަހު އެބަލައިގެން ކިޔައި އޭނާގެ އިސްލާމްކަން އިއުލާން ކުރީ ގުއަންޓަނާމޯބޭގެ ޖަލުގެ ތެރޭގައި އެހަމަ ހިމޭން ދަންވަރުގެ ވަގުތުއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަކީ އެއިލާހުގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.















Masha Allah!… the one whom Allah guides no one can make him go astray… and the one whom Allah sends Astray no can Guide him…
Rabbanaa laa thuzigh guloobanaa ba’dha izhadhaitanaa wahablanaa min ladhunka rahmah!…