ދުނިޔެ މި ވީ ހާ ތަނަށް ވެސް ދެކިފަ ނުވާ ފަދަ ލީޑަރަކާ އެކީގަ މުސްލިމުންގެ ލަޝްކަރެއް އެއްފަހަރަކު ރޯމަނުން ނާ ހަނގުރާމަ ކުރިއެވެ. މި ބުނި ލީޑަރަކީ ތިޔަ ކިޔުން ތެރިން ވެސް ދަންނަ ފަދަ އިން ޚާލިދް ބިން ވަލީދެވެ. ނަމަ ވެސް ދުވަހެއްގަ ވެސް ނުވާ ފަދައިން އެ ހަނގުރާމަ ކޮޅަކުން ކުރެ ކޮޅަކަށް ނުޖެހި އޮންނަތާ މަސް ދުވަސް ވީ އެވެ. ހަމަ އެއް ގޮތަކަށް ވެސް ނަސްރެއް ލިބޭ ކަށެށް ނޫޅެ އެވެ.
މިކަމާ ކަންބޮޑުވެ ވަޑައިގެން ޙާލިދު ގެފާނުން، ލަޝްކަރު ތެރޭގައި ރަސޫލުﷲ ގެފާނުންގެ ސުންނަތާ ޚިލާފް ހުރީ ކޮން ކަމެއްތޯ ބެއްލެވުމަށް އެނގެވި އެވެ. ބެލި ބެލިމުން އެނގި ވަޑައި ގަތީ މިސްވާކް (ދިވެހިން ކިޔާ ގޮތުން ނަމަ އިރާޤް ދަނޑި) ހުސް ވެފައި ވާ ކަމުގަ އެވެ. އަވަހަށް އެ ގެނައުމަށް އެކަލޭގެފާނުން އަމުރު ކުރެއްވި އެވެ.
ހަމަ އެރޭ ރޯމަނުން ގެ ފަރާތުން ސިޓީ ފުޅެއް ވެސް ލިބި ވަޑައިގެނފި އެވެ. ސިޓީ ގައި ހަނގުރާމަ އިން ގަދަ ނުވި ކަމަށާއި އޭތި މީތި ލިޔެފައި ވެ އެވެ. ޚާލިދް ގެފާނުން ކޯފާ އިސް ކުރައްވާ ޖަވާބުގައި ލިޔުއްވީ ދެން ފަށާނީ ކަލޭމެން ރޯމަނު ތަކުންގެ ލޭބުއިމަށް ކަމުގަ އެވެ. (އަހުރެމެން ބިރު ގަތަސް އެ ބެއިކަލުންގެ ހަގުރާމައިގެ ޖޯޝް މި ހުންނަނީ ކުދިން ނޭ)
ޖެހިގެން އައި ދުވަހު ލަޝްކަރު އެތުރުމައްފަހު ހަގުރާމަ ނުފެއްޓެނީސް މިސްވާކް ސްޓޮކް މުސްލިމުން ނާ ހަމަޔަށް އަތުވެއްޖެ އެވެ. ޚާލިދުގެފާނުންގެ އަމުރު ފުޅަށް ކޮންމެ ބެއިކަލަކު އޭގެން ދަނޑިކޮޅެއް އަނގަޔައް ލައްވައިގެން ހުންނަވައިފި އެވެ.
ރޯމަނުން ގެ ވެރިޔާ އަށް މުސްލިމުން ކޮނމެ މީހަކު އަނގަޔަށް ދަނޑި އެއް ލައިގެން ތިއްބަވަނިކޮށް ފެނި ޖެހިލުން ވެ ބިރު ހީވެއްޖެ އެވެ. ހީވީ ރޭގަ އެ އައި ސިޓީހެން މުސްލިމުން އަހުރެމެން ގެ ލޭ ހަމަ މިޔަދު ބޯނެ އެވެ. މިހާރުވެސް އެ ތިބީ ކާ ތަކެތި ހުސް ވެގެން ދަނޑި ކާށެވެ.
މަސް ދުވަސް ވަންދެން ނަސްރު ނުލިބި އޮއި ހަނގުރާމަ މި ދުވަހު އެއްވެސް ހަނގުރާމަ އަކާ ނުލާ މުސްލިމުން ކާމިޔާބު ހޯދައިފި އެވެ. ޜޯމަނުން ބިރުން ބަލި ވީ އެވެ.
ކުދިން ނޭވެ! މި ހުންނަނީ ސުންނަތުން އެންމެ ކަމަކު ހިފާލީމަ ވީ ފައިދާ އެވެ. އެކަމަކު އަހަރެމެން އޭގަ ނުހިފާން މި ފައިމުޑި ވިއްދަނީ އެވެ.
ބިންމަތިން ސަފްޙާ އެއް















ﷲ اكبر…