ވާހަކަ

ހެޔޮލަފާ ވެރިން 1 (ސަލްމާނުލް ފާރިސީ)

ސަލްމާނުލް ފާރިސީ (ރަދިޔަﷲ ޢަންޙު) އަކ އެދުވަސް ވަރު މަދީނާގެ ގަވަރުނަރެވެ. އެއްދުވަހަކު އެކަލޭގެފާނުން މާރުކޭޓް ދޮށުން ހިންގަވަމުން ވަޑައި ގަތެވެ. އެކަލޭގެފާނުން ގެ ހެދުންކޮޅު ހުރިލެއް ދެރަކަމުން މީހަކަށް ހީކުރެވުނީ އެއި ވަރަށް ނިކަމެއްޗެއް ކަމަށެވެ. އެހެންވެ އޭނާ އެކަލޭގެފާނުން ނަށް ލާރި ދޭގޮތަށް އޭނާގެ ގެޔާ ހަމަޔަށް އެއްޗެހި ތަކެއް އުފުލުމައް އެދުނެވެ. އެކަލޭގެފާނު އެއްބަސް ވެ ވަޑައި ގަތެވެ. އެކަލޭގެފާނުން ގެ މަޤާމާއި ކާކުކަން ހާމަ އެއް ނުކުރައްވަ އެވެ.
ހިންގަވާފަ ވަޑައިގެން މަގުމަތީ ގައި ބައްދަލުވި (މަދީނާގެ) މީހުން ތައް ހައިރާން ވި އެވެ. "އޭ ﷲ އެވެ. މުއުމިނުންގެ ވެރިޔާ އަށް ރަޙުމަތް ލައްވާންދޭވެ އެވެ. އޭގައި ހިފަމާ ބަހީ އެވެ" އެމީހުން ބުންޏެވެ. ނަމަވެސް ސަލްމާނުގެފާނުން އެކަމާ ދެކޮޅު ހެއްދެވި އެވެ. މަސައިކަތް ޙަވާލު ކުރެއްވި މީހާ އަށް އެއީ ކާކުކަން އިނގި ލެއްވުމުން ވަރަށް ލަދުން ވަރަށް ބޮޑައް މާފަށް އެދުނެވެ. އެއީ ކަމަކަށް ނުހެދުމަށާ ކުރިޔައް ހިންގެވުމަށް އެކަލޭގެފާނުން އެދިލެއްވި އެވެ. އަދި އެކަލޭގެފާނުން އެ ތަކެތި އެ މީހާގެ ގެޔާއި ހަމަޔަށް ގެންގޮސް ދިނެވެ.
އެޔަށް ފަހުން އެ މީހާ އެ ތަކެތި އުފުލުމަށް ދުވަހަކު ވެސް އެހެން މީހަކަށް ނުޖެއްސުމަށް ނިންމި އެވެ.
ކުދިންނޭވެ! ވެރިން ނަކީ މިހާރުގެ ވެރިން ހެއްޔެވެ؟ ނޫނީ މި ބެއި ކަލުން ހެއްޔެވެ؟

ގުޅުންހުރި

3 ޚިޔާލު

  1. މިކަހަލަ ވެރިން ަިހިރުމެން ބޭނުމީ……ރިގަޅުކަން ނިކަންދެކިބަލަ..ﷲ ތިބާއަށް ރަޙުމަތް ލައްވާށި…….އާމީން…..

  2. ވެރިންނަކީ ކުރީގެ ބޭކަލުންނެވެ.

  3. ޔާ ﷲ އެފަދަ ވެރިއެއް އަޅުގަނޑުމެގެ ވެރިޔަކަށް އިސްކުރައްވާފާންދޭވެ……… އާމީން…

Your email address will not be published. Required fields are marked *

More in ވާހަކަ