ވާހަކަ

ވާހަކަ: ފުޟައިލް ބިން ޢިޔާޟްގެ ތަޢުބާ

ފުޟައިލް ބިން ޢިޔާޟް ނަމަކަށް ކިޔުނު ބޭކަލަކު ދަންނަވަން ތޯ އެވެ؟ އަހުރެމެން ނަށް ވެސް ހެޔޮލަފާ މާތް މީހުން ނަށް ވެވިދާނެކަން މި ވާހަކަ އިން ވެސް އިގޭނެ އެވެ. ދިވެހި އެންމެހާ ދަރިން ނޭވެ. ހެޔޮ ވިސް ނޭނީ ފަހެ ކޮން ދުވަހަކުން ހެއްޔެވެ؟ ހިތާމައިގެ މައްޗަށް ހިތާމަ އެވެ. ކައްވަޅުގަ ހެޔޮ ވިސްނޭން ދެން މަޑު ނުކުރާށެވެ.
ފުޟައިލް ބިން ޢިޔާޟްއަކީ ތާބިޢީން ގެ ޒަމާނުގައި އުޅުނު މީހެކެވެ. މީހުން އޭނާ ދެކި ނިކަން ބިރު ގަނެ އެވެ. ސަބަބަކީ އެނާ މަގު ފޭރޭތީ އެވެ. ވައްކަން ކުރާތީ އެވެ. ނަމަވެސް ނަން މުސްލިމެކެވެ. ފުޟައިލް  އާ އަހުރެމެން ގެ ތަފާތަކީ އޭނަ އަށް އަޑު އިވޭ އެއްޗެހީގެ ދެކޮޅު އިގެ އެވެ. ވިސްނަ އެވެ. އަހުރެމެން ނުވިސްނޭ އިރުގަ ވީ ފަދައިން އޭނަވެސް ލޯބިވާ އަންހެނަކު (ބިޓެއް) ހުރެއެވެ.
އެއްދުވަހަކު އެ އަންހެން މީހާޔާ ބައްދަލު ކުރުމައްޓަކައި ފާރެއްގެ މަތިން އޭނާ އެރި އެވެ. ނަމަވެސް އެރި ތަނުން ކަންފަތުގައި އައިސް ޖެހުނީ މީހަކު މިތަން ކިޔަނި ކޮށެވެ: " أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ ....." (ޙަދީދް: 16)
"(ތިމަން) ﷲ މިޤުރްޢާނުން ބާއްވާ ލެވުން އެއްޗެހި ކިޔަވައިގެން އިސްލާޙުވާނޭ ވަގުތު އަދިވެސް މުސްލިމުން ނަށް ނާންނަނީ ހެއްޔެވެ.....؟"
މި އާޔަތް އަޑު އިވުމުން ފުދައިލް ބިން އިޔާދު ގެފާނުން ވިދާޅުވި އެވެ: "އޭ ﷲ އެވެ. ހަމަކަށަވަރުން މިއީ އެވަޤުތެވެ" އެޔަށް ފަހުން ފުޟައިލް ބިން ޢިޔާޟް ވީ ތާބިޢީންގެ ދުވަސް ވަރުގަ އުޅުއްވި މިސާލެއްފަދަ ޒުހުދު ވެރި އަކަށެވެ. އިމާމަކަށެވެ. މުސްލިމުންގެ ޝެއިޚް އަކަށެވެ. ވަރައް ވަރައް މަދުން މެނުވީ ނުފެންނާނެ ބެއި ކަލަކަށެވެ. ހެޔޮލަފާ ބައްޕަ އަކަށެވެ.
އިނގިލައްވާތޯ އެވެ؟ ފުޟައިލް ބިން ޢިޔާޟް ގެފާނުންގެ ދަރިކަލަކު ޢަލީ ބިން ފުޟައިލް ބިން ޢިޔާޟް ނަމަކަށް ކިޔުން ބެއިކަލަކު ވެއެވެ. ފުދައިލް ގެފާނުން ނަމާދު ކުރައްވާ އރު ޢަޒާބުގެ އާޔައިތައް ޢަލީ ގެފާނުން ހުންނަވާނަމަ ނުކިޔުއްވާ ކަމުގައ ވެއެވެ.
އެއްރެޔަކު ފުދައިލް ގެފާނުން ނަމާދުގައި ނަރަކަޔާ ޢަޒާބުގެ އާޔައި ތަކުން ފެއްޓެވި އެވެ. ނަމާދު ފެށުން ވަގުތު ޢަލީ ގެފާނުން ނެއް ވަޑައިގެން ނެތެވެ. ނަމަވެސް ފަހުން ވަޑައިގެން ހުންނެވި އެވެ.
އިނގިލައްވާ ތޯ އެވެ؟ އެރޭ އެކަލޭގެފާނުން (ޢަލީ ބިން ފުޟައިލް ބިން ޢިޔާޟް) އެރޭ އަވަހާރަ ވި އެވެ. އެ އާޔައިތައް ކިޔަވާ އަޑު އިވިގެން ބިރުން ގޮސް މަރުވެގެން ވެއްޓުނީ އެވެ.
ކުދީން ނޭވެ. މިއީ ހަމަ އަހުރެމެން ހެން ދުނިޔޭގަ އުޅެފަ ދިޔަ ބޭ ބޭކަލުން ނެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ﷲ اكبر…

  2. ﷲ اكبر…

  3. ﷲ މެނުވީ އިލާހަކު ނުވެއެވެ.

  4. ﷲ މެނުވީ އިލާހަކު ނުވެއެވެ.

Your email address will not be published. Required fields are marked *

More in ވާހަކަ