ވާހަކަ

ޙަޤީޤީ ޙާދިޘާ: ރޭޕުކުރަން އުޅުނު މީހާގެ ކިބައިން ސަލާމަތްވީ ޤުރްއާނުގެ ބަރަކާތުން

ރާއްޖެ އިސްލާމް

އެތައް ކުޑަކުއްޖަކު ރޭޕްކޮށްފައިވާ އަނިޔާވެރިއެއްގެ ޝިކާރައަކަށްވެފައިވާ އަންހެންކުއްޖާ އޭނާގެ ނަފްސު އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކޮށްފައިވަނީ ކީރިތި ޤުރްއާން ކިޔަވައިގެން ކަމުގައި ސަޢުދީ ޢަރަބިޔާގެ ދުވަހު ނޫހެއްކަމުގައިވާ އަލްމަދީނާ ނޫހުގެ ރިޕޯޓެއްގައި ބުނެފިއެވެ.

އެ ނޫހަށް ޚަބަރުދެމުން އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި، ރޭޕްކުރުމަށް މަސައްކަތްކުރި އަނިޔާވެރިޔާގެ ކިބައިން ސަލާމަތްވުމަށްޓަކައި ކީރިތި ޤުރްއާނުން ހިތުދަސްވެފައިވާ ފަސްފޮތް އެކުއްޖާއަށް ކިޔަވަން ޖެހުނެވެ.

"އޭނާ އަހަންނާއި ދިމާލަށް އަންނަ ކޮންމެ ފަހަރަކު އަހަރެން ކީރިތި ޤުރްއާން ކިޔަވަން ފެށުމުން އޭނާ ފަސްޖެހި ދުރަށް ދެއެވެ." އެކުއްޖާ ބުނާގޮތުގައި ކީރިތި ޤުރްއާން ކިޔެވުން ހުއްޓާލުމަށް އޭނާ ބުނުމުންވެސް އަޑުއެހުމެއްނެތި ކިޔަވަމުން ގެންދިޔުމުން، އޭނާ އެކުއްޖާގެ މޫނުމަތީގައި ޖެހިއެވެ. "އަހަރެން ޤުރްއާން ކިޔަވާތީ އަހަރެންގެ ގައިގައި ބީހެން އޭނާ ފަސްޖެހުނު" އެވާހަކަ ކިޔައި ދެމުން އެކުއްޖާ ބުނެފައިވެއެވެ.

އެކުއްޖާ އަތުލައިގަނެގެން އެއަނިޔާވެރިޔާ ގެންގޮސްފައިވަނީ ކައިވެނި ޕާޓީއެއްގެ ތެރެއިންނެވެ. "އޭނާ ކައިވެނީގެ ޙަފުލާ އޮތް ހޯލުގެ ދޮރުގައި ޓަކިދިނީ، އެވަގުތު ދޮރުވާނުވީ ކާތަކެތީގެ ސުފުރާމަތީގެ މަސައްކަތަކަށް އެހީތެރިވުމަށް ގޮސް، އެހެންވީމާ އަހަރެން ހޯލުގެ ދޮރުހުޅުވީ، އަހަރެން ހީކުރީ އޭނާއަކީވެސް ޕާޓީއަށް އައި މެހެމާނެއްކަމުގަ" އެކުއްޖާ ކިޔައިދިނެވެ.
ކައިވެނީގެ ޢަރޫސާއަށް ދިނުމަށް އޮތް ބޮޑު ޕާރުސަލެއް ބަލާ އޭނާއާ އެކުގައި ދިޔުމަށް އޭނާ އެދުނުހިނދު، އޭނާގެ އަތުގައި އޮތް ބޮޑު ކޮތަޅެއްފެނިފައި، އެއީ ތެދެއްކަމުގައި ޤަބޫލުކޮށް އޭނާއާ އެކުގައި ދިޔައީކަމުގައި އެކުއްޖާ ބުނެއެވެ.

"އަހަރެން ހޯލުން ބޭރަށް ނުކުތުމުން، އޭނާ އަހަރެންގެ ކައިރިޔަށް އައިސް އަހަރެންގެ އަތުގައި ހިފި، އަދި ބުނީ ބާކީހުރި ހަދިޔާތައް ހުރީ ކާރުގައޭ، އަދި އެ ހޯލުގެ ދޮރުކައިރީގައި ޕާކުކޮށްފައި އޮތް ކާރުގެ ކައިރިޔަށް ދިޔުމަށް އޭނަ އެދުނު" އެއަންހެން ކުއްޖާ ކިޔައިދިނެވެ.

"އަހަރެން ގަދަކަމުން ކާރުގެ ކައިރިޔަށް ގެންދަން ފެށުމުން އޭނަޔާއެކުގަ ނުދާންވެސް މަސައްކަތްކުރިން، އެކަމަކު އޭނަ ބުނި އަޑުގަދަ ނުކުރައްޗޭ، އަދި ކާރުގެ ފަހަތު ދޮރު ހުޅުވައި ގަދަ ބާރުން ފަހަތު ސީޓަށް އަހަރެން ކޮއްޕާލީ، ތިރިވެގެން އޮންނާށޭ އަދި މޫނު ތިރިކުރާށޭވެސް އޭނާ ބުނި!"
އެ ކުއްޖާ ނުދަންނަ މަގުމަގުން ދުއްވަމުން ދިޔައިރު އަޑުއަޑު ނުލެއްވުމަށް އެއަނިޔާވެރިޔާ އެކުއްޖާއަށް އިންޒާރު ދިނެވެ.

"އޭނާގެ ގެއަށް ދެވުމުން އޭނާއާއެކުގައި ވަންނާށޭ ބުނީ، އަދި ބާކީހުރި ހަދިޔާތައް ހުރީ އޭނާގެ އެޕާޓުމަންޓުގައި ކަމުގައިވެސް ބުނި" އެކުއްޖާ ކިޔައިދިނެވެ.  "އޭނަ ބުނީ ހަދިޔާތައް ހިފައިގެން އަވަހަށް ދެވޭތޯއޭ މިއުޅެނީ، އަދި ގޭތެރެއަށް ވައްދައި ދޮރު ތަޅުލީމަ، އޭނަ ނުރަނގަޅުކަމެއް ކުރަން އުޅޭކަމުގައި ހީކުރެވުނީވެސް އެހިސާބުން، އޭގެ ކުރިން ވާނުވާއެއް އަހަރެންނަކަށް ނުވިސްނޭ!"
އަންހެންކުއްޖާ ބުނިގޮތުގައި އެ އަނިޔާވެރިޔާ އުޅުނީ އޭނާގެ ޝީޝާ (ޢަރަބި ދުންގުޑުގުޑާ) ތައްޔާރުކުރާށެވެ. އަދި އަންހެން ކުއްޖާގެ ބައްޕަ އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމުގައާއި ބައްޕައަށް ގުޅާފައި ކަންބޮޑުނުވާށޭ ބުނާނެކަމަށްވެސް އޭނާ ވާހަކަ ދައްކަމުން ބުންޏެވެ. އަދި ގެއަށް ދާނީ ކައިވެނި ޕާޓީ ނިމޭހާ އިރުކޮށްފައޭވެސް އޭނާ ބުންޏެވެ.

"އޭނަ ފޯނެއްކޮށްގެން ކޮންމެސް މީހާކާ ވާހަކަ ތަކެއް ދެއްކި، އަދި ބުނި އޭނަ ގުޅައިގެން މިއުޅެނީ އަހަރެންގެ ބައްޕައަށޭ، ދެން އަހަރެން އަތައް ފޯނު ދޭށޭ ބުނުމުން، ފޯނު ނިއްވާލައި އަހަރެންގެ މޫނު މަތީގައި ޖެހީ" އެކުއްޖާ ބުންޏެވެ. "ދެން އޭނާ އުޅުނީ އަހަރެންނަށް ޙަމަލާދޭން! އެކަމަކު އޭނާ އަހަރެންގެ ގައިގާ އަތްލަން އުޅޭ ކޮންމެ ފަހަރަކު އަހަރެން ކީރިތި ޤުރްއާން ކިޔަވަން ފަށަނީ، ދެން އޭނާ ފަސްޖެހޭ، މިގޮތަށް މިކަންތައް އިރުއަރަންދެން ދިޔަ"

އިރުއެރުމުން އޭނަ ގާތްގަނޑަކަށް 8 ޖަހަންދެން ޓީވީ ބަލަން އިނެވެ. އެއަށްފަހު އަންހެންކުއްޖާ ކައިރީގައި، އެކުއްޖާގެ ތިމާގެ މީހުން އުޅޭ ޢިމާރާތަކަށް ގެންގޮސްދޭނަމޭ ބުންޏެވެ. އަދި ކާރަށް އަރުވައިގެން މާ ދުރުނޫން ހިސާބަކަށް ގެންދިޔައެވެ. އަދި ޢިމާރާތެއް ދެއްކުމަށްފަހު، އެތާނގައި އެކުއްޖާގެ ތިމާގެ މީހުން އުޅޭނެޔޭ ބުނުމުން އެއަންހެން ކުއްޖާ އެޢިމާރާތުގެ ތެރެއަށްވަނެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކު ފެންނަން ނެތުމުން އެކުއްޖާ ބޭރަށް ނުކުން އިރު އެއަނިޔާވެރިޔާގެ ކާރެއް ނެތެވެ. ދެން މަގުމަތިން ދިޔަ ޓެކްސީ ޑްރައިވެރެއްގެ އެހީގައި އެ އަންހެން ކުއްޖާގެ ބައްޕައަށް ގުޅައިގެން އެކުއްޖާ ގެއަށް ދިޔައީއެވެ.

ﷲގެ ކުޅަދުންވަންތަކަމާއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ނޭންގުނު ވީ ގޮތެއް މިއަށވުރެ ތަފްސީލުކޮށް އަލުން ލިޔެދެއްވުން އެދެން

  2. ވަރަށް ސާފު . އަޅުގަނޑުމެނަށް ޤުރްއާނުގެ މާނަ ނޭނގުނަސް ޢަރަބިންނަށް އެނގޭނެ..

  3. ވަރަށް އިބުރަތްތެރި ވާްހަކައެއް

  4. Allah ge kulhadhun vanthakamaa

Your email address will not be published. Required fields are marked *

More in ވާހަކަ