ވާހަކަ

ޚަދީޖާ ރަޟިޔަﷲ އަންހާގެ ހާރުކޮޅު

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި އިރުގައި އެކަލޭގެފާނުގެ އެއްދަރިކަނބަލުން ކަމަށްވާ ޒައިނަބު ރަޟިޔަﷲ އަންހާ އިންނެވީ މައްކާގައެވެ. އެއީ އެކަމަނާގެ ފިރިކަލުން ކަމަށްވާ ޢަބުލް ޢާސްގެ އަރިހުގައެވެ. އޭރު އަދި އެކަމަނާގެ ފިރިކަލުން އިސްލާމްވެވަޑައެއް ނުގަންނަވައެވެ.

މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުގައި މައްކާގެ ޤުރައިޝުންނާއި ކުރެވުނު ބަދުރު ހަނގުރާމައިގައި މުސްލިމުން ހިފައި ހައްޔަރުކޮށްގެން ގެނެވުނު އަސީރުންގެ ތެރޭގައި މިކަމަނާގެ ފިރިކަލުން ކަމަށްވާ ޢަބުލް ޢާސް ބިން ރަބީޢާ ހިމެނެއެވެ.

މައްކާގެ އަހުލުވެރިންގެ ތެރެއިން އަސީރުންގެ ގޮތުގައި ހައްޔަރުކުރެވިފައިވާ ފަރާތްތައް މިނިވަންކުރެއްވުމަށް އެފަރާތްތަކުގެ ގާތްތިމާގެ މީހުންތައް ފިދުޔަ ފޮނުވަން ފަށައިފިއެވެ. އެގޮތުން ޒައިނަބު ރަޟިޔަﷲ އަންހާ އެކަމަނާގެ ފިރިކަލުންގެ ފިދުޔައެއްގެ ގޮތުގައި ފޮނުއްވި މުދާތަކުގެ ތެރޭގައި، އެކަމަނާގެ މަންމާފުޅު އަދި މުއުމިނުންގެ މައިކަނބަލުން ކަމަށްވާ ޚަދީޖާ ރަޟިޔަﷲ އަންހާ، ޒައިނަބު ރަޞިޔަﷲ އަންހާ ކައިވެނި ބައްލަވައިގެން ރޭ ހަދިޔާއެއްގެ ގޮތުގައި ދެއްވާފައިވާ ހާރުކޮޅެއް ހިމެނިވަޑައިގަތެވެ.

ރަސޫލުﷲ ޞައްލަﷲ އަށް މިހާރުކޮޅު ފެނިވަޑައިގަތުމާއެކު އެކަލޭގެފާނަށް ވަރަށް ބޮޑަށް އަސަރުކުރުވައިފިއެވެ. އަދި އެކަލޭގެފާނު ޞަޙާބީންނަށް ޙަދީޘްފުޅުކުރެއްވިއެވެ. ” ތިޔަބައިމީހުންނަށް އެއީ އެކަށީގެންވާ ކަމެއްކަމުގައި ފެންނަ ނަމަ، އެކަމަނާގެ އަސީރު މިނިވަންކޮށްފައި އެކަމަނާގެ މުދައު ރައްދުކުރާށެވެ. ”

ޞަޙާބީ ބޭކަލުން މިކަމަށް އެއްބަސްވެވަޑައިގަތެވެ. އަދި މިކަން ހިމެނިގެންދިޔައީ އެކަމަނާގެ ފިރިކަލުން އިސްލާމްވި ސަބަބުކަމުގައެވެ.
މިކަމުން ލިބިގަންނަން ވީ ޢިބުރަތަކީ އަޅުގަނޑުމެން މުސްލިމުން މީސްތަކުން ހެޔޮކޮށް މުޢާމަލާތު ކުރާނަމަ އެބައިމީހުން މިދީނާއި މެދު ރަނގަޅަށް ދެކި އެބައިމީހުންނަށް މިދީން އެނގުމަށް ފުރުސަތު ލިބިގެންދާނެކަމެވެ.

ނިމުނީ

ގުޅުންހުރި

1 ޚިޔާލު

  1. abul not Abdul

    jazakaAllah khaira

Your email address will not be published. Required fields are marked *

More in ވާހަކަ