ރާއްޖޭގެ ޚަބަރު އަހަރެމެން ބުނާ ބަސްތައް ލިޔެވޭ، ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ: ހުކުރު ޚުޠުބާ

އަހަރެމެން ބުނާ ބަސްތައް ލިޔެވޭ، ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ: ހުކުރު ޚުޠުބާ

އަހަރެމެން ބުނާ ބަސްތައް ލިޔެވޭ، ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަަހަރެމެން ބުނާ ބަސްތަކާއި ކުރާ ޢަމަލުތައް އަބަދުވެސް ލިޔެވޭ ކަމަށާއި ޤިޔާމަތްދުވަހުން އެތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ހުކުުރު ޚުޠުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި ބަސްމޮށުންތެރިކަމުގެ މުހިންމުކަމާއި، އަދި އެކަމުގެ މިންގަނޑުތަކާ ބެހޭގޮތުން މުހިންމު ނުކުތާތަކެއް ފާހަގަކުރެވުނެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ބުނަންވާނީ ހެޔޮބަހެވެ. އަދި އިންސާނުން ބުނާ ކޮންމެ ބަހަކާއި ކުރާ ކޮންމެ ޢަމަލެއް ލިޔެވި ރައްކާކުރެވޭކަމާއި، ޤިޔާމަތް ދުވަހުން އެ ތަކެއްޗަށް ޖަވާބުދާރީ ވާންޖެހޭނެކަން ބަޔާންކުރެވުނެވެ.

"މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެކެވެ،" ޚުޠުބާގައި ބުނެފައިވެއެވެ. ޚާއްޞަކޮށް މި ޒަމާނުގައި މީސްމީޑިއާގެ ޒަރީއާއިން ވާހަކަތައް ފެތުރުން ފަސޭހަވެފައިވާއިރު، މި ކަމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަން ފާހަގަކުރެވުނެވެ.

އިސްލާމްދީނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވަނީ ވަކި މިންގަނޑުތަކަކާއެކުގައިކަން ޚުޠުބާގައި ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ވާހަކައެއްގެ ޙަޤީޤަތް އޮޅުންފިލުވުމާއި، އޭގެ ތެދުދޮގު ބެލުން ހިމެނެއެވެ.

ޚުޠުބާ ނިންމަވާލެއްވީ މުސްލިމުންނަކީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކުރައްވަމުންނެވެ. އަދި ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މުސްލިމުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކޮންމެ ގޮތަކަށް ވާހަކަދެއްކުން ހުއްދަވެގެންވާ ބައެއް ނޫނެވެ. އެހެނީ އިސްލާމްދީނުގައި ބަސްބުނުމުގެ ވަކި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ.

މުސްލިމުން ވާހަކަދައްކަންވާނީ ސީދާވެގެންވާ، ތެދު ބަހުންނެވެ. މިގޮތަށް ޢަމަލުކުރުމުން މާތްﷲ އެބައެއްގެ ޢަމަލުތައް އިޞްލާޙުކުރައްވައި، ފާފަތައް ފުއްސަވާނެކަމުގެ ވަޢުދުވެ ވޮޑިގެންވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޓެގް

ހުކުރު ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.