ރާއްޖޭގެ ޚަބަރު އިސްލާމީ ސުކޫލުތަކާބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް

އިސްލާމީ ސުކޫލުތަކާބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް

އިސްލާމީ ސުކޫލުތަކާބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގުލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ އިސް ވަފުދެއް މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިއަދުން ފެށިގެން 8 އޮކްޓޯބަރުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުހިއްމު ބައްދަލުވުމުގައި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ.

މި ވަފުދުގައި އިތުރަށް ހިމެނިވަޑައިގަންނަވަނީ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޙަސަން މޫސާ ފިކުރީ އާއި މަޝްވަރާ މަޖިލީހުގެ މެމްބަރު އަޙްމަދު މުޙައްމަދުއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ 25 ޤައުމަކުން 250 އަށްވުރެ ގިނަ އިސްލާމީ ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ފުޅާ ދާއިރާއެއްގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިސްލާމީ ތަޢުލީމު އާލާކޮށް ދިރުވުމާއި، އެކި ޤައުމުތަކުގެ އިސްލާމީ ސްކޫލުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ވަފުދު މި ފަދަ މުހިއްމު ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ އިސްލާމީ ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

ޓެގް

ޖަމިއްޔަތުއް ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.