ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވި މުސްކުޅި ކާފަގެ ގާތުގައި ގިނަވަގުތު ހޭދަކުރާ ކުޑަފިރިހެން ކުއްޖަކު އެއްދުވަހަކު ސުވާލުކުރިއެވެ.
"ކާފާ... ކާފައަށް ޢަރަބިބަސް ނޭނގޭއިރު ޤުރުއާން ކިޔެވުމުގައި އެހާ ގިނަވަގުތު ހޭދަކުރަނީ ކީއްވެ؟"
ކާފަ ޖަވާބުދިނީ ވަރަށް ހިކުމަތްތެރިކަމާ އެކީގައެވެ. ކާފަ އެކުއްޖާގެ ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން މޭވާ އަޅާ ވަށިގަނޑު ގެނައުމަށް އެދުނެވެ. އަދި ކައިރިގައިވާ ކޯރަށްގޮސް އެއަށް ފެންއަޅައިގެން، ފެން ގެނައުމަށް އެދުނެވެ. ދެން އެކުއްޖާ ކޯރަށްގޮސް އެ ވަށިގަނޑުގައި ފެންހިފައިގެން އައުމުގެ މަގުމަތީގައި އެ ވަށިގަނޑުގައި ހުރި ލޯވަޅުތަކުން ހުރިހާފެނެއް ބޭރުވިއެވެ. އޭގައި ފެން ހަރުލާ ހުންނަ ގޮތެއް ނުވިއެވެ.
އެކުއްޖާ ވަރަށް ވަރުބަލިވެ ހުރެ ކާފަގާތު ބުންޏެވެ. "ކާފަ ބުނިފަދައިން މި ވަށިގަނޑުގައި ފެން ގެނެސްދެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ... ނަމަވެސް މީގައި މިވާ ލޯވަޅުތަކުގެ ސަބަބުން ފެން ހަރުލައި ހުންނަ ގޮތެއް ނުވިއެވެ."
ކާފާ ހީލާފާ ބުންޏެވެ. "ތީގައިވާ ލޯވަޅުތަކުގެ ސަބަބުން ފެން ހަރު ނުލީކަމުގައި ވިޔަސް މިހާރު ތި ވަށިގަނޑު ތިޔައޮތީ ތީގެ އެތެރެއާއި ބޭރު ރީތިކޮށް ދޮވެވި ސާފުތާހިރުވެފައެވެ."
ކާފަ ބުންޏެވެ..."ކޮއްކޯއެވެ... ކާފަ އަށް ޢަރަބި ބަހެއް ނޭނގެއެވެ. އެހެން ނަމަވެސް މި ޤުއާން ބަލައިގެން ކިޔަވަން އެނގެއެވެ. މި ޤުރުއާން ކިޔާވާ މީހާގެ ހިތާއި ރޫޙް ފާފަތަކުން ތާހިރުކޮށްދޭނެއެވެ... އަދި ޢަމަލުތައް ސީދާވެ ދަރުމަޔާއި ޘަވާބު ލިބޭނެއެވެ."
މިފަދަ ވާހަކަތަކުން ޢިބުރަތް ޙާޞިލްކޮށް ޢަމަލުތައް އިސްލާހުކޮށް ގިނަގިނައިން ޤުރުއާން ކިޔަވާ އަދި އެއަށް ޢަމަލު ކުރާ ބައެއްކަމުގައި އަޅަމެން ލައްވާނދޭވެ. އާމީން!















“dharifulhaa eve . kaafa akah arabi baheh neyge eve.” oi nama salhi vis
subbuuhun. thihen nubunebeyne dhoa. quraan ga othi eyge maana ingey gothah kiyaa. miadhu evaseelaithahves eba oi.