ބާޠިލު ދީނެއް ކަމަށްވާ ކްރިސްޓިއަން ދީނުގެ އަހުލުވެރިން އެބައި މީހުންގެ ޢީދު ދުވަސް ފާހަގަ ކުރަނީ ފާހިޝް ޢަމަލު ތައް ހިންގުމުގައްޔާއި މަޖަލާއި ކުޅިވަރާއި އުފާ ކުރުމާއި މަސްތުވުމުގަ އެވެ. މިބައިމީހުންގެ ތެރެއިން ޢީދު ފާހަގަ ކުރާއިރު މައެއް ބަފައެއް ދަރިއެއް ގިނަ ފަހަރަށް ވަކި ނުވާއިރު މިފަހަރު ވެސް މިވަނީ އެފަދަ ކަމެއްގައި ހޭބަލި ވެފައެވެ.
ހަތަރު ރަޙުމަތް ތެރިން އެކުގައި މިފަހަރުގެ ކްރިސްމަސް ( ކާފަރުންގެ ޢީދު ) ދުވަހުގެ ރޭ ނުކުތީ ފުރޭތަ މަރާލަން ކަމަށް ބުނެއެވެ. އަވަށާއި ކައިރީ ގައި ކުޑަވަރެއްގެ ޖަންގައްޔެއްގެ ތެރެއަށް ވަތް ހަތަރު ރަޙުމަތްތެރިންގެ ތެރެއިން އެކެއްގެ އަތުގައި ބަޑިއެއް އޮތް އިރު އަނެއް ތިންމީހުން ވެސް ތިބީ ފިސްތޯލަޔާ ކަނޑި ހިފާލާ ފުރޭތަ އަށް ޙަމަލާދޭން ތައްޔާރު ވެގެންނެވެ.
ޖަންގަލީގެ ތެރެއަށް ވަދެގެން ދިޔަ ވަރަކަށް ތަފާތު އަޑު އަޑު ދިޔައީ އިވެމުންނެވެ. އޭގެ ތެރޭގައި ދޫނި ސޫފާ ސުއިއްޕާއި، ވަލުޖަނަވާރުގެ އަޑުވެސް ތަންކޮޅެއް ދުރުން އިވެއެވެ. މިހެން ދަނިކޮށް ކުއްލި އަކަށް އިވުނު ބާރު އަޑުފައްގަނޑާއި އެކު އެންމެން އނބުރި އައި ކޮޅަށް ދުއްވައި ގެންފިއެވެ. އަތުގައި ބަޑި އޮތް މީހާ ހުރީ އެންމެ ފަހަތުގައި ކަމުން އެންމެން އެނބުރި އައި ކޮޅަށް ދުއްވައިގަތް ވަގުތު މީނާވެސް އެމީހުން ފަހަތުން ދުއްވައިގަންނަން އެނބުރިލީ ވަގުތު އަތުގައި އޮތް ބަޑި ގޮއްވާލެވުނެވެ. އެއާއި އެކު ބިންމައްޗަށް ވެއްޓުނީ ކުރިމަތީގައި ހުރި އޭނާގެ ރަޙުމަތްތެރިޔާ އަދި ޢާއިލާގެ ދުރުތާ ތިމާގެ މެންބަރެއްގެ ފުރާނަ ނެތް މަސްގަނޑެެވެ.
މިޙާދިސާ ގައި ރަހުމަތްތެރިޔާގެ ބޮލުގެ ފުއްކިބަޔަށް ވަދެފައި ހުރި ވަޒަން ނިތްކުރިއާއި ދިމާއިން ނުކުމެފައި ވާއިރު، ރަޙުމަތްތެރިޔާ ދޫކޮށްލައި ތިންމީހުންނަށް ދުވެފައި ނުކުމެވުނީ ކޯރެއްގެ އައްސޭރިއަށެވެ. އެހިސާބުން މި ކަން ހިނގި ގޮތުގެ ވާހަކަ އެކަކުވެސް ނުދެއްކުމަށް މިބައިމީހުންގެ ކަލާނގެ ގަންދީ ހުވާކޮށް ލިބުނު މޮޅީގައި އެންމެން ދިޔައީ ގެޔަށެވެ. މުޅި ޢީދު ޚަރާބުވެ ބޮޑު ކަންތައް ގަނޑެއް ހިނގާ ރަހުމަތްތެރިޔާ މަރުވުމުގެ ހިތާމަޔާއި އެކުގައެވެ.
ޖެހިގެން އައި ދުވަހު ރަހުމަތްތެރިޔާގެ ފުރާނަ ނެތް މަސްގަނޑު ފުލުހުން ހޯދާ މި ޖަރީމާ ހިންގި ބަޔަކު ހޯދުމުގެ ތަޙުޤީޤު ހިންގާން ފެށިއެވެ. ކަން ދިމާކުރި ގޮތުން މިއޮއް ނުރައްކާތެރި މަރުގެ ޖަރީމާ ތަޙުޤީޤު ކުރުމުގެ ތެރޭގައި ތަޙުޤީޤުގެ ކުރީކޮޅު ފުލުހުންނަށް ބޮޑެތި ކުރިއެރުން ތަކެއް ލިބުނެވެ. ޒުވާނާ ޢީދު ފާހަގަ ކުރަން ގެންދިޔަ އެކުވެރިންގެ ވާހަކަ އޭނާގެ އާއިލާއިން ފުލުހުންނަށް ދިނެވެ.
މި މައްސަލާގައި ފުލުހުންގެ ތަޙުޤީޤަށް މި ޖަރީމާ ހިންގި ތިން މީހުން ވެސް ފުލުހުން މިހާރު ތިބީ ހައްޔަރު ކޮށްފައެވެ. އަދި މީގެ ތެރެއިން އެކެއްގެ އަނބި މީހާގެ ބަޔާން ވެސް ފުލުހުން ވަނީ ނަގާފައެވެ. އެއީ މިކަމުގެ މަޢުލޫމާތު އެނގި ހުރެ ފުލުހުންނަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތު ގައެވެ.
ރަހުމަތްތެރިޔާ މަރާލި ނަމަވެސް މި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ބޮޑު ޙުކުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އެމީހުން ބުނެފައި ވާގޮތުން އެއީ އެކްސިޑެންޓެކެވެ. އެހެން ނަމަވެސް މި ޙާދިސާގައި ބަޑި ޖެހި މީހާއަށް އިތުރު ޙުކުމެއް އަތުވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ކޯރު ތެރެއަށް ބަޑި އެއްލާލި މައްސަލާގައި ގަސްދުގައި ހެކި ފޮރުވާފައި ވާކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއީވެސް ބިރުން ކުރެވުނު ކަމެއް ކަމަށް ބަލައި އޭނާ ދޫކޮށްލުން ވެސް އެކަށީގެން ވެއެވެ.
މިޙާދިސާ ހިންގި އިރު މި މީހުން ތިބީ މަސްތުގެ ޙާލަތުގައި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް އެކަން ސާބިތު ކޮށްދިނުމަށް ފުލުހުންނަށް ދެއްކޭނެ ހެއްކެތް އޮތް ކަމަކަށް ނުވެއެވެ.
ޙަޤީޤީ ޙާދިސާ: ފުރޭތަ މަރަން ގޮސް ރަހުމަތްތެރިޔާ މަރާލައިފި

ކެނެޑާއިން ފެނުނު ބިގްފުޓް ނުވަތަ ފުރޭތަ














ޚިޔާލު