ވާހަކަ

މާޒީގެމަތިން ހަނދާން ނައްތާނުލާށެވެ. (2 ވަނަ ބައި)

14 ޖުލައި 2013 ވަނަދުހުގެ ބަޔާއިގުޅޭ

އޮޕަރޭޝަންކުރިތާ މިއަދާށްމީ ހަވަނަ ދުވަހެވެ. ރިމްޝާގެ ލޮލުން ބޭސްގަނޑު ނަގާދުވަހަށްވުމުން އަމީލާ ދިޔައީ އެކަމަށްޓަކައި އިންތިޒާރު ކުރަމުންނެވެ. ކުއްލިއަކަށް ބޭބެގެ ނަންބަރުން އަމީލާއަށް ގުޅާލިއެވެ. ފޯނުނެގުމާއެކު އަމީލާއަށް ބޮޑުއަޑުން ރޯން ފެށިއްޖެއެވެ. ރޮމުން ރޮމުން އަމީލާ ކުރީ ހަމަ އެންމެ ޝަކުވާއެކެވެ. މިހުރިހާ ދުވަހަކު ބޭބެ ތިއުޅުނީ ކޮންތާކުހެއްޔެވެ. އަހަރެން އެކަނި މިތަނުގައި ރިމްޝާދައްތަގެ ޝާކުވާތައް އަޑުއަހަން މިއިންނަނީ އަހަރެންގެ ހިތް ފެޅިއްޖެއެވެ. ބޭބެ އަވަހަށް އަންނާށެވެ. ޖަވާބުގައި ހަމައެކަނި އަފްޞަލް ބުނެލީ ވަރަށް ބޮޑަށް މާފުކުރާށެވެ. ބޭބެއަށްހަމަ ނާދެވުނީއެވެ. ދައްތަ ކައިރީ ބޭބެ އަންނަ ވާހަކަބުނާށޭ ބުނެލުމާއެކު އަފްޞަލް ފޯން ކަނޑާލިއެވެ.

ޑޮކްޓަރ އައިސް ރިމްޝާގެ ލޮލުން ބޭސްގަނޑު ނަގައިފިއެވެ. މަޑުމަޑުން ލޯ ހުޅުވާލަމުން ކުއްލިއަކަށް އަނެއްކާ ލޯމަރާލިއެވެ. ވާނީވެސް އެހެންތާއެވެ. މުޅި ޢުމުރުގައިވެސް ރިމްޝާ ދުނިޔޭގެ އަލިކަންދެކޭމީ ފުރަތަމަ ފަހަރެވެ. ލޯހުޅުވާލުމާއެކު ރިމްޝާގެ ލޯ ކަރުނައިން ފުރުނެވެ. އެއިރުވެސް އަމީލާ ހުރީ ރިމްޝާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ވީއުފަލެއްގެ ބޮޑުކަމުން އަމީލާގައިގަ ބައްދައިގަނެ ރޯން ފެށުނެވެ.

ކުއްލިއަކަށް އެރޫމުގެ ދޮރުހުޅުވާލުމަށްފަހު އެހެންމީހަކާއެކު އެތެރެއަށް ވަދެގެން އެއައީ އަފުޞަލެވެ. ރިމްޝާ ބަލަހައްޓައިގެންހުރީ އެތަނުން އަފުޞަލަކީ ކާކުކަން ނޭނގޭތީއެވެ. ރިމްޝާގެ ކައިރިއަށް އައުމަށް ހިނގައިގަތް އިރަށް ކުއްލިއަކަށް އަޅައިގަތީ އެއެނދުގެ ކޮޅުގައެވެ. އަފްޞަލް ރިމްޝާގެ އަތުގައި ހިފަހައްޓާލުމަށްފަހު ވަރަށްބޮޑަށް މާފުކުރާށޭ ބުނެލިއެވެ. އެހިސާބުން އަފްޞަލް އެނގިއްޖެއެވެ. ރިމްޝާއަށްވެސް ބޭއިޚުތިޔާރުގައި ރޯން ފެށުނެވެ. މުޅި މާހައުލުވަނީ ހިތާމައިގެ ސާލެއް ލާފައެވެ. ރިމްޝާގެ ހުރިހައި ޝަކުވާއެއް އެވަގުތު އޮށްސާލިއެވެ. އަފްޞަލް ބަހެއްވެސް ނުބުނެއިނީ އަޑުއަހާށެވެ. މަޑުމަޑުން އިނުމަށްފަހު ލޮލުގައިވާ އަވި އައިނު ނެގުމަށްފަހު ރިމްޝާއާ ދިމާލަށް ބަލާލާފައި މިތަނުން ގެއަށްގޮސް ކައިވެނިކުރަންވީނޫންހޭ ބުނެލިއެވެ. ރިމްޝާ ވަރަށް ޒާތަކަށް ބަލަހައްޓައިގެން ހުރެފައި ބުންޏެވެ. ކަލޭގެ ލޮލެއް ނެއްހެއްޔެވެ. ކަލޭގެ ލޯނެއްކަމަކަށް އަހަރެން ހިތަކަށްވެސް ނާރައެވެ. ރިމްޝާގެ މިވާހަކައަޑުއިވުމާއެކު އަމީލާ ކުއްލިއަކަށް އައިސް ބޭބެގެ ކޮނޑުގައި އަތްއަޅާލިއެވެ. ހަމައެވަގުތު ބޭއިޚުތިޔާރުގައި އަމީލާއަށް ރޯންފެށިއްޖެއެވެ. އަމީލާ ވާހަކަދައްކަން ފެށުމާއެކު އަފްޞަލް އެކަން މަނާކުރިއެވެ.

މާގިނައިރެއްނުވެ އެމީހުން ހޮސްޕިލުން ދިޔައީ ގެއަށެވެ. އެމީހުންގެ ކުރީއޮތް ގުޅުން މުޅިން އެހެން ގުޅުމަކަށް ބަދަލުވެއްޖެއެވެ. އަފްޞަލް ކޮއްކޮއާއެކު ކުރިން އުޅުނު ދިރިއުޅުން ދެބެން އުޅެމުން ކުރިޔަށްދިޔައެވެ. ކުޑަދުވަސްކޮޅެއްގެފަހުން ކޮއްކޮގެ އެހީތެރިކަމާއެކު އަފްޞާލް ރިމްޝާއަށް ސިޓީއެއް ފޮނުވިއެވެ. ސިޓީގައި ވަނީ:

އޭ ރަޙުމަތްތެރިޔާއެވެ. ތިބާއަށް ލިބިފައިތިވާލޮލަށް ވަރަށް ރަނގަޅަށް ބަލަހައްޓައިދޭށެވެ. ތީ މީގެ ކުޑަދުވަސްކޮޅެއްކުރިން އަހަރެންގެ ދެލޮލެވެ. ޝައްކެއްވެސް ނެތެވެ. އިންސާނާގެ ހާލަތަށް ކިރިޔާވެސް ރަނގަޅު ބަދަލެއް އަތުވެއްޖެނަމަ ޢަމަލުރަނީ ހަމަ ތިބާ ޢަމަލުކުރި ފަދައިންނެވެ.

* އެމީހެއްގެ މާޒީގެމަތިން ހަނދާންނައްތައިނުލަނީ ވަރަށް މަދުބައެކެވެ. އެފަދަމީހުން ކޮންމެ ހާލެއްގައި އުޅުނުނަމަވެސް އެދުވަސް މަތިން ހަނދާންކުރެއެވެ. އުފާވެރި ދިރިއުޅުމަކީ މާތްﷲދެއްވާ ނިޢުމަތެކެވެ. ކުރައްވާފައިވާ އަގުބޮޑު ހަދިޔާއެކެވެ. އެހެންވުމުންއެކަމުގެމަތިން ހަނދާން ކުރާށެވެ.
* މިއަދަށްފަހު މީހަކަށް އަސަރުކުރާނެފަދަ ބަހެއްބުނުމުގެކުރިން ވާހަކަނުދެއްކޭމީހުން (މަންމަނުން) ނާމެދު ވިސްނާލާށެވެ.
* ކާއެއްޗެއްގެ ރަހަޔަށް ފާޑުކިޔުމުގެކުރިން ތިފަދަ ކާއެއްޗެއްވެސް ނުލިބިގެންއުޅޭ މީހުންނަ ދޭތެރެ ވިސްނާލާށެވެ.
* ބައެއްމީހުން ޚުދު އަމިއްލަ ދިރިއުޅުމާމެދު ޝަކުވާ ކުރެއެވެ. ކުރިޔަށްއޮތްތަނުގައި ތިބާގެ ކުރިން މިދުނިޔެދޫކޮށްދިޔަ މީހުންނާމެދުގައި ވިސްނާލާށެވެ.
* ތިބާގެ މަންޒިލާ ދިމާލަށް ކާރުގައި ކުރަމުންދާ ދަތުރު ދިގުވެގެން ޝަކުވާ ކުރުމުގެކުރިން ތިޔަ މަންޒިލަށް ދިއުމަށް ފައިމަގުގައި ދާމިހުންނާ މެދު ވިސްނާލާށެވެ.
* އަނބިމީހާ ނުވަތަ ފިރިމީހާއަށް ޝަކުވާއެއްކުރުމުގެކުރިން، އެކަނިވެރިކަން ފިއްލެވުމަށް ﷲ ގެ ޙަޟުރަތުގައި ދުޢާކުރާ މީހާގެމަތިން ހަނދާންކުރާށެވެ.

މިއީ އިންސާނާއަށް ނިޢުމަތެއްލިބޭހިނދު ހައްތަހާވެސް ވިސްނަންޖެހޭ މުހިންމު ކަންކަމެވެ.
( ނިމުނީ )

ގުޅުންހުރި

2 ޚިޔާލު

  1. ޝުކުރުކުރުމަކީ ވަރަށް ރަގަޅުކަމެއް

  2. އެގްރީ! :)

Your email address will not be published. Required fields are marked *

More in ވާހަކަ