އަމިއްލަ ނަފުސަށް ނަފުރަތުކުރަނީ ކީއްވެތޯ އަހާލައިފިނަމަ އެނާގެ ޖަވާބަކީ ފެނުމުން މަހުރޫމުފައިވުންކަމަށް އެކުއްޖާ ބުނާނެއެވެ. ވާނީވެސްއެހެންތާއެވެ. އެފަދަގޮތަކަށް އަސަރުކުރުވީ އުޅެންޖެހިފައިވީ އެކަނިވެރިކަމެއްގެ ސަބަބުންނެވެ.
އަމިއްލަ ނަފުސު ފަދައިން އެހެން ހުރިހާ އެންމެންދެކެވެސް އެކުއްޖާ އިންތިހާޔަށް ނަފުރަތު ކުރެއެވެ. ނަމަވެސް މިދުނިޔޭގައި އޭނާ ލޯބިވާ އެކަކު ހުރެއެވެ. އެއީ އޭނާގެ ބެސްޓް ފުރެންޑް، އަދި ލޯބިވެރިޔާ މެސްވެ އެވެ. ހުރިހާ އުފަލަކާއި ހިތާމައެއް ހިއްސާކުރާފަރާތަކީވެސް އެއީއެވެ. އެކުއްޖާގެ ހުރިހާއެއްޗަކީވެސް އެނާގެ ލޯބިވެރިޔާކަން ވާހަކަތަކުން އެނގެއެވެ.
އެކުއްޖާ ބުނަމުންދިޔައެވެ. " އަހަރެންނަށް މިދުނިޔޭގެ ރީތިކަމާއި އުޖާލާކަން ލޮލުން ފެންނަދުވަހަކުން އަހަރެން ކަލާޔާ ކައިވެނިކުރާނަމެވެ." މީ ވަރަށްގިނައިން އެއަންހެންކުއްޖާ ބުނަމުން އައިވާހަކައެކެވެ.
ލޯބިވެރިޔާ އެކަމަށްޓަކައި ވަރަށް އިންތިޒާރުކުރާހާލުގައި އޭނަޔާއެކު ދުވަސްތައް ހޭދަކުރަމުންދިޔައެވެ. ނުހަނު އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ކައިވެނި ކުރެވޭނޭ ދުވަހެއް ނައިކަމުގައިވީނަމަވެސް ފިރިހެންކުއްޖާގެ މަޤުޞަދަކަށްވީ ވެދެވުނު ހުރިހާ އެހީތެރިކަމެއް އިޚުލަސްތެރިކަމާއެކު އެކުއްޖާއަށްވެދިނުމެވެ.
މިފަދަ ގޮތަކަށް މިއަންހެންކުއްޖާ ހަޔާތުގެ ދުވަސްތައް ގުނަމުންދަނިކޮށް ހުވަފެނެއްފަދަ ކަމަކާ ކުރިމަތިވިއެވެ. އެކުއްޖާއަށް މީހަކު ލޯހަދިޔާ ކުރަންބޭނުންވާހަކަ އިވުނެވެ. މިވާހަކަ އިވުމާއެކު ބޭއިޚުތިޔާރުގައި މިއަންހެންކުއްޖާގެ ލޮލުން ކަރުނަ އޮހޮރެންފެށިއެވެ. މިކަމުގެ އުފާ ލިބުނީކީ ހަމައެކަނި އެކުއްޖާއަކަށް ނޫނެވެ. ލޯބިވެރިޔާ ކުރަމުން ދިޔައީ މުޅިން ތަފާތު އިޙުސާސްތަކެކެވެ. ލޯބިވެރިޔާއަށް ލޮލުގެ ފެނުން ލިބުމާއި އެކުއްޖާޔާ ކައިވެނި ކުރެވެން އުޅޭކަމުގެ އުފަލެވެ. ބޭއިޚުތިޔާގައި އެއަންހެން ކުއްޖާގެ އަތުގައި ހިފާލާ ބޮސްދެވުނެވެ. އަދި އެއުފާވެރި ޚަބަރާމެދު ދެމީހުން ވާހަކަދައްކަން އެތައްއިރެއްވަންދެން ތިއްބެވެ. ވާނީވެސް އެހެންތާއެވެ. މާކުރީއްސުރެ ދެމީހުން ދެކެމުން އައި ހުވަފެން ބިލާހަކަށްނުވެ ޙަޤީޤަތަކަށްވަނީއެވެ.
ޖެހެގެންއައި ދުވަހަކީ ލޯބޮދަލުކުރަން އޮޕަރޭޝަން ކުރުމުގެ ކުރިން ހަދަންޖެހޭ ހުރިހާ ޓެސްޓެއް ހަދަންޖެހޭ ދުވަހެވެ.
ހަފުތާގެ އަންގާރަދުވަހަށް އިރުއެރީ އެދެ ލޯބިވެރިންނަށް އާއުޖާލާކުލަތަކެއް ދައްކަމުންނެވެ. ރިމްޝާޔާ އޭނާގެ ލޯބިވެރިޔާ އަފްޞަލް ތައްޔާރުވަމުންއައީ އެޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ދިއުމަށެވެ. މިދެމީހުންނާއެކު އަފްޞަލްގެ ކޮއްކޮ އަމީލާވެސް ތައްޔާރުވަމުން ދިޔައެވެ.
ހޮސްޕިޓަލަށް ދާންނުކުތުމުގެކުރިން އަމީލާ ރިމްޝާޔާ ސުވާލުކޮށްލިއެވެ. އޮޕަރޭޝަނަށްފަހު އެންމެ ފުރަތަމަ ދެކެންބޭނުންވަނީ ކާކުހެއްޔެވެ. އަމީލާ ގައިގައި ކޮށްޓާލަމުން ހާސްކަމެއް ފަސްޖެހުމެއްނެތި ބުންޏެވެ. ސާބަހޭ ނުބުންޏަށް އެނގޭނެއެންނު އެންމެ ފުރަތަމަވެސް އަދި އެންމެ ފަހުންވެސް ދެކެންބޭނުންވަނީ އަހަރެންގެ، މިހިސާބަށް ބުނެވުނުއިރަށް އަފުސަލް އެކޮޓަރިއަށް ވަދެއްޖެއެވެ. ދެކެވެމުން އައީ ކޮންވާހަކައެއްކަންނޭނި ހީލާފާ ބުނެލިއެވެ. "ކޮއްކޮއަށް އެނގޭތަ ރިމްޝާ ދައްތަގެ ލޮލަށް ފެނިއްޖެނަމަ އެންމެފުރަތަމަވެސް ދެކެންބޭނުންވާނީ ކޮއްކޮޔޯ" ރިމްޝާ ލަދުވެތިގޮތަކަށް ބަލަހައްޓާއިގެން ހުއްޓާ އަމީލާ ހީނލާފަ ބުންޏެވެ. "ނޫން ނޫން ބޭބޭ ރިމްޝާ ދައްތަ ބޭނުމީ ވަރަށް ޚާއްޞަ މީހެއްގެ މޫނު ދެކޭށޯ އެއީ .." މިހިސާބަށް ބުނުމަށްފަހު އަމީލާ ބޭރަށް ނުކުތުމަށް ދުއްވައިގަތެވެ. ފަހަތުން އަފުސަލްވެސް ދިޔައެވެ. މީއެވަގުތު އެތިންމީހުންގެ މެދުގައި އުފެދިފައިވާ އުފާވެރި މާހައުލެވެ.
ލަސްތަކެއްނުވެ ތިންމީހުން ހޮސްޕިޓަލަށްގޮސް ނަމްބަރު ނަގައިގެން ޓެސްޓްތައް ހެދުމަށް ރިމްޝާ ގޮވައިގެން ލެބޯޓްރީއަށް ވަދެއްޖެއެވެ. ރިމްޝާ ހުންނަނީ އަފްސަލް ބަނދެލާފައެވެ. އަތުން ދޫވެސް ނުކުރެއެވެ. ޓެސްޓްތަކަށް ނަގަންޖެހޭ ސާންޕަލްތައްނެގުމަށްފަހު މަޑުކޮށްލުމަށްބުންޏެވެ. ނަތީޖާ ލިބުމާއެކު އެދުވަހު އެޑްމިޓްކުރަންވެސް ޖެހިދާނެކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.
ނަތީޖާ ލިބުން ލަސްވަމުންދާތީ އެތިންމީހުން ދިޔައީ އެތަނުގެ ކެންޓީނަށް އެއްޗެއްބޯލާށެވެ. އެތަނުގައި ތިއްބާ އަފްޞަލްގެ ފޯން ރިންގުވާންފެށިއެވެ. ފޯނު ބަލާލުމާއެކު ދެމީހުންގެ މޫނަށް ބަލަމުން އެފޯނަށް ޖަވާބުދިނުމަށް ކުޑަކޮށް ދުރަށްޖެހެލިއެވެ. " އާދެ، އާދެ މިހެން ދެފަހަރު ބުނެލުމަށްފަހު އަފްޞަލްގެ ފޯން ބޭއްވިއެވެ. އެއަށްފަހު ހިނގައިގަތީ ރިމްޝާގޮވައިގެން ރިޕޯޓުގެ ނަތީޖާ ނެގުމަށެވެ. ކިޔޫ ތަރުތީބުން ނަމްބަރ ޖެހުމާއެކު އަފްޞަލް ޓެސްޓްތަކުގެ ނަތީޖާ ނަގައިފިއެވެ. ހަމައެއާއެކު ވަރަށް އަވަހަށް ރިމްޝާގެ އަތުގައި ހިފައިގެން ޑޮކްޓަރ ރޫމާ ދިމާލަށް ހިނގައިގަތެވެ." ގަޑި ވަރަށް ކައިރިވެއްޖެ އެހެންވެ ތަންކޮޅެއް ބާރަށްމިދަނީ " އަފްޞަލް ބުނެލިއެވެ. "ސާބަހޭ އަފޫ މަ ނުބުނަމެންނު އެއްޗެކޭ "ވަރަށް ލޯބިން ރިމްޝާ ބުނެލިއެވެ. މިދެމީހުންގެ ވާހަކަ އަޑުއަހަން އަފްޞަލްގެ ކޮއްކޮ އަމީލާ ކައިރީގައި ހުއްޓެވެ. އަމީލާ ހުރީ ބޭބެގެ މުލައްދަނޑީގައި އަތްއަޅުވާލައިގެންނެވެ.
ޑޮކްޓަރ ރޫމާ އަރާ ހަމަވިތަނުން އަނެއްކާވެސް އަފުޞަލް އަށް ފޯނެއް އަތުވެއްޖެއެވެ. ފޯން ބިޒީކޮށްލުމަށްފަހު ރިމްޝާ ގޮވައިގެންވަނީ ޑޮކްޓަރ ކައިރިއިރިއަށެވެ. ރިޕޯޓްތައް ބެއްލެވުމަށްފަހު އަވަހަށް އެޑްމިޓްވާން ޑޮކްޓަރ ވިދާޅުވިއެވެ. މާލަސްތަކެއްނުވެ ރިމްޝާ އެޑްމިޓްކުރެވިއްޖެއެވެ. އެނދުގައި ރިމްޝާ އޮށޯވެލިއިރަށް އަފްޞަލް ކައަރީގައި ހުއްޓެލުމަށްފަހު އަތުގާ ހިފާ ވަރަށްލޯބިން ރިމްޝާއަށް ބުނެލިއެވެ. "ވަރަށް މުހިންމުކަމަކާ ބޭރަށް ގޮސްލަން ޖެހިއްޖެއެވެ. އަހަރެންދާނީ ކޮއްކޮ މިތަނުގައި ބައިންދާފައެވެ. ހުރިހަކަމަކަށްވެސް ކޮއްކޮ އެހީތެރިވާނެއެވެ."
ގަޑިން އެގާރަ ޖަހަނީއެވެ. ރިމްޝާގެ ހިތުގެ ވިންދުއަވަސްވަމުންދިޔައެވެ. އެގާރަ ޖަހާއިރު އޮޕަރޭޝަން ތިއޭޓަރަށް ރިމްޝާ ވައްދާނެއެވެ. އެގަޑި ޖެހުނުއިރުވެސް އަފުޞަލަކަށް ނާދެވުނެވެ. ރިމްޝާއަށް ރޮވިއްޖެއެވެ. އަމީލާވެސް ރިމްޝާގެ އަތުގައި ހިފައިގެ ތިއޭޓަރާދިމާލަށް ދިޔައެވެ. އަމީލާގެ ލޯވެސްވަނީ ކަރުނައިން ފުރިފައެވެ. އެންމެ މުހިންމު ވަގުތުގައި އަފުޞަލަށް އެތަނުގައި ނުހުރެވުން އޭނަވެސް އެކަމާދެރަވާނެކަން ޔަޤީނެވެ.
މިހާރު ގަޑިން ހަތަރެއް ޖަހަނީއެވެ. އަދިވެސް ރިމްޝާ އޮޕަރޭޝަން ތިއޭޓަރަކުން ނުނެރެއެވެ. މެދުކެނޑުމެއްނެތި އަމީލާ ދިޔައީ ބޭބެގެ ފޯނަށް ގުޅަމުންނެވެ. ނަމަވެސް އެފޯންވަނީ ނިއްވާލާފައެވެ. ކެއްމަދުވެފައިވާ ހާލުގަޑި ބަލަބަލަ އިންދާ ފަހެއްވެސް ޖެހީއެވެ. ކުއްލިއަކަށް އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ނެރުނީ ރިމްޝާއެވެ. ދުވެފައިގޮސް އެއެނދުކައިރީގައި އަމީލާ ހުއްޓުނެވެ. ރިމްޝާ އޮތީ ހޭނެތިފައެވެ. އަނެއްކާވެސް ބޭބެއަށް ގުޅާލުމަށް ފޯނުނަގާ ރިންގުކޮށްލިއިރު އޮތީ ހަމަ ނިއްވާލާފައެވެ.
ރޭގަނޑުގެ ހަމަހިމޭންކަންވެރިވެ މާހައުލަށް މަޑުމަތިރިކަން ވެރިވެފައިވަނިކޮށް ކުއްލިއަކަށް ރިމްޝާ މަޑުމަޑުން ގޮވާލިއެވެ. އަފޫ އަފޫ އަމީލާ ވަރަށް ދެރަވެލާފައި ބުންޏެވެ. "ބޭބެގެ ޚަބަރެއް އަދިވެސް ނުވޭ" ރިމްޝާގެ ބަސްހުއްޓުނެވެ. ވީދެރައިންނެވެ. ހަޔާތުގެ މިހާހިސާބަށް ކުރިމަތިވި ހުރިހާ އުފަލަކާއި ހިތާމައެއްގައި އެ އެކުވެރިޔާ ބައިވެފައި މިޔޮށްފަދަ ބޮޑުކަމުގައި ބައިވެރިނުވީތީއެވެ. މިވަގުތު ރިމްޝާޔާ އަޅާލާނެހުރީ ހަމައެކަނި އަފުޞަލްގެ ކޮއްކޮއެވެ. ރިމްޝާގެ ޢާއިލާގެ ހުރިހާއެންމެ ދިރިއުޅެނީ އެހެން ޤައުމެއްގައެވެ. އަދި އެމީހުންގެ އެހީތެރިކަން ދުވަހަކުވެސް ރިމްޝާޔަކަށް ލިބިފައެއްވެސްނެތެވެ.
( ނުނިމޭ )















ޚިޔާލު