އ.އ އުކުޅަހަށް އުފަން އެރަށު މާވަޑިޔާގޭ އާސިމް އަޙްމަދު އާއި މަރިޔަމް ނަހުލާ ކައިވެނި ކޮށްގެން 9 އަހަރު ވޭތުކުރިފަހުން ލިބުނު ހަމައެކަނި ދަރިފުޅު އައިޝަތު ޢާލާ އާސިމް (9 މަސް) ވަނީ ދުނިޔައަށް އުފަން ވުމާއެކީ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހެފައެވެ. ކުއްޖާގެ ބައްޕަ އާސިމް މަޢުލޫމާތު ދިން ގޮތުގައި ޢާލާ ވަރަށް ކުޑަ އިރު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޢާލާގެ ގޮހޮރުގައި މައްސަލަތަކެއް އުޅޭ ކަމުގެ ލަފާދެއްވުމުން އަހަށް ފުރައިގެން ލަންކާއަށް ދިޔައީކަމުގައި އާސިމް ބުނިއެވެ.
ލަންކާ ގޮސް ޑޮކްޓަރ ދެއްކުމުން އެގުނީ ޢާލާގެ ގޮހޮރާއި ކާއެއްޗެހި ދާ ހޮޅި ބެދިފައި ވާކަމަށެވެ. އަދި އެމެޖެންސީ ކޮށް ވަރަށް އަވަހަށް އޮޕަރޭޝަން އެއް ކުރެވުނެވެ. ނަމަވެސް އޮޕަރޭޝަން ކުރިތާ 5 ދުވަސް ނުވެ ގޮހޮރުގައި ބައްދާފައި އިންތަން ހުޅުވުނެވެ. އަދި އަނެއްކާވެސް އޮޕަރޭޝަން އެއް ކުރަވުނެވެ. އަދި ކާން ދޭން ހޮޅިއެއް ކަރަށް ގުޅާ ދިޔާއެއްޗެހި ދޭ ހޮޅިއެއް ބަޑަށް ގުޅި އަދި އަލުން 5 މަސް ފަހުން އެހެން އޮޕަރޭޝަންއަކަށް އައުމަށް ޑޮކްޓަރުން ވިދާޅުވިއެވެ. މި ކުރެވުނު އޮޕަރޭޝަން ތަކަށް ވެސް މި ތުއްތު ދަރިފުޅުގެ މަބައިންބަފައިން އަތުން 2 ލައްކަ 65 ހާސް ރުފިޔާ ޙަރަދު ވެފައިވެއެވެ. އަދި ދެން ކުރަން ޖެހޭ އޮޕަރޭޝަންއަށް ވަރަށް ގިނަ ފައިސާ ޙަރަދު ވާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ސިރީލަންކާ ރުޕީސުން ނަމަ 2 މިލިޔަން އަދި ދިވެހި ފައިސާއިން ނަމަ 2 ލައްކަ 58 ހާސް ޙަރަދުވާނެކަމުގައި އާސިމް ބުނިއެވެ. އަދި ދަރިފުޅު ބެލެހެއްޓުމުގައި ދެމަފިރިން ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ ވަނީ ވަޒީފާ އަދާކުރަން ނުކުޅެދިފައެވެ. ދަރިފުޅަށް ކާންދޭން ޖެހެނީ ވަރަށް ބަލައިގެން ކަމަށާއި އަދި ކާން ދެނީ ދަރިފުޅު ވަރަށް ލޮއްސައިގެން މަޑުމަޑުން އޮންނައިރު ސިރިންޖުން ކަމަށް އާސިމް ބުނިއެވެ. ކުޑަކޮށް ވެސް ދަރިފުޅު ތެޅި ބޮޑާހާކާއި ފިނަމަ މަތިން އަރާ ގޮހޮރުގައި ހުރި ހުރިހާ އެއްޗެއް ބޭރުވާކަމަށް ވެސް އާސިމް ބުނިއެވެ. އަދި މިއީ ވަރަށް ބަލަން ދަތި ހިތްދަތި މަންޖަރެއްކަމަށާއި ހަމަ އެކަނި ހުރި ދަރިފުޅު ކަމުން ބޭނުންވަނީ އެދަރިފުޅަކީ އެހެން ކުދިން ފަދައިން ސިއްޙަތު ސަލާމަތުން ހުރި ކުއްޖެ ގޮތުގައި ދެކުން ކަމަށް ބުނެ އާސިމް ރޮމުން ދިއިސްލާމަށް ކިޔާދިނެވެ.
މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
އެ ތުއްތު ދަރިފުޅާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. ޢާލާ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ.
ލަސް ނުކުރައްވާ އާލާއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.
އިތުރު މައުލޫމާތު ބޭނުން ނަމަ ޢާލާގެ ބައްޕަ އާސިމް އަޙްމަދު 9660656 /9646454 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތްތަކުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން އާސިމް އަޙްމަދުގެ ބޭންކު އޮފް މޯލްޑިވުސްގެ ބާޒާރު ބްރާންޗުގެ ރުފިޔާ އެކައުންޓް 101 4973 26 7704ޖަމާއުކޮށް ދެއްވުމަކީ އައިލާގެ ވަރަށް ބޮޑުއެދުމެކެވެ.
އައިސްތު ޢާލާ އާސިމްގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*
ލިންކް: ހެލްޕް އާލާ ފޭސްބުކް ޕޭޖް


















advertisment
Alhugadu thi khabaru kiyalumun ahlugaduge hitha vara fun asaru thake koffi’ ekamaku alhugadaki evera aimathi thanaves meehaka nuvumun e’haame boda alhugadu hithuga jehijje. e’i ( Alaa ) ya beynun vaavara gaathaka ves ecche dhikkolleven nethumun’neve
alhuga du thi kujjaage maain baffainna bunaane vahakayaki kei theri vaashey MAI ALLAH thi 2 mefirinna 09 aharuvan dheka dhariyaku nulibihutta e’libunu dhari fulhulibumun ufaakuraashey thi 02meehun kuri dhigu inthizaara kei kuri fadhain thikujja ya alha luma ogaatherivashey nikan sabithu kamai-eku adhives ummeedhukadaa nulaashey thi kurimathivi imthihaanun faasvuma gadha alhaa massakkai kuraashey MAI ALLAHA ITHUBAARU KO GINA GINA-IN DHU-A DHANNA VASHEY Iraadha fulhu kurevviyya e’farathun thi dharifulhu dhevvifadhain avas musthgu balegga ehen ragalhu kudhinnekey e’ffadhain thi 02 mefirinnai e’ku ulheythan fennaanekamaai medhu alhugadu shakkenukuran