ރިޕޯޓް

ދިވެހިންގެ ދީން (5) ތާއަބަދަށް އިސްލާމްދީން

ލިޔުނީ : އަޙްމަދު އަޖްމަލް ޙާމިދު އަދި އަޙްމަދު ޝަމީނު ދޮންމަނިކު

ރާއްޖެ އިސްލާމްވީ މީލާދީގޮތުން 1155ވަނަ އަހަރުއެވެ. މިއަދަށް އޭގެ ފަހުން 8 ޤަރުނުވެއްޖެއެވެ. އެއީ 800 އަހަރެވެ. 292000 ދުވަހެވެ. 7008000 ގަޑިއިރެވެ. 420480000 މިނެޓެވެ. 25228800000 ސިކުންތެވެ. މިހާޒަމާން ވަންދެން އަޅުގަނޑުމެން އިސްލާމްދީންމަތީ ހޭދަކޮށްފީމެވެ. ބައެއްމީހުންނަށް ހިސާބުކޮށްލަން ފަސޭހަ މި ޢަދަދުތައް ބޮޑުވެގެންގޮސް ތާއަބަދޭ ހީވާފަދައެވެ.

ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވެފައިވަނީ ޢަރަބި ދަތުރުވެރިންގެ ފަރާތުންނެވެ. ދިވެހިން އިސްލާމްވީ އެމީހުންގެ ރަސްގެފާނުގެ އަމުރަށެވެ. ރަސްގެފާނުގެ އަމުރު އެމީހުންނަށް ހަމަފޯރުމާއެކު ބުދުތައް ސުންނާފަތިކޮށް ފައްޅިތައް ފަސްއަޅާ ފޮރުވާލިއެވެ.

އެހިސާބުން މި "ތާއަބަދު" ފެށުނީއެވެ. މިވީ 800 (ސީދާ އަދަދު ދަންނަވަނީނަމަ 845 އަހަރެވެ. ނަމަވެސް މިވޭތުވެދިޔަ 45 އަހަރުތެރޭ އަޅުގަނޑުމެންގެ އުޅުންހުރީ ކިހާ އިސްލާމްވަންތަކޮށްތޯ މިއީ ކުރަންޖެހޭ ސުވާލެކެވެ.) އަހަރުތެރޭގައި ދިވެހިންވަނީ ބަނޑުހައިހޫނުކަމާއި ހަނގުރާމައާއި ދަތިހާލުގެ ދުވަސްތަކެއް ދެކެފައެވެ. އެކަމު އިސްލާމްދީނު އެމީހުންގެ އާރާއި ބާރުގެ މަޞްދަރަކަށް ހެދުމުގެ ސަބަބުން މިވަނީ ސަލާމަތްތެރިކަމާއެކު މިއަދާ ހަމައަށް ވާސިލުވެފައެވެ.

މިއަދު އެފަދަ މަޑުމައިތިރި ހިތްގައިމު ދުވަސްތަކަކީ މާކުރީ ޒަމާނެއްގެ ފުލޯކު ވާހަކަތަކެއް ފަދައެވެ. ދުނިޔެ މިކުޑަކުޑަ ރާއްޖެ ހަނުހިމޭން އޮތަކަނުދިނެވެ. ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި ނޫސްވެރިކަމުގެ މިނިވަންކަންފަދަ ނަންނަމުގައި ރާއްޖެ ޖަހައި ހޭލައްވާލައިފިއެވެ.

މިއަދު އެފަދަ މަޑުމައިތިރި ހިތްގައިމު ތާއަބަދަކަށް އުންމީދުކުރުންއެއީ ސަމާސާއެއްފަދަ ކަމެކެވެ. ނަމަވެސް އެއީ މިއިޚްލާޞްތެރި ހިތުގެ އެދުމެވެ. އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ޝާޢިރު ޢިބާރާތުންނަމަ، "މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް..." ލެއްވުން އެދި ދުޢާކުރަމެވެ. އާމީން!

ނޯޓް: މިއީ ފަސް ބައިގެމައްޗަށް އެކުލެވިގެންވާ ސިލްސިލާ މަޒުމޫނެކެވެ. މިލިޔުން ފުރަތަމަ ޝާޢިއު ކުރެވިފައިވަނީ 2009 ނޮވެންބަރ 07 ގައި ނޫރުލްއިސްލާމް ވެބްސައިޓުގައެވެ މި ސިލްސިލާ އެއްވެސް ހުއްޓުމެއްނެތި ލިޔެ ނިންމާލުމުގެ ތައުފީޤު ދެއްވިކަންމައްޗަށް ﷲއަށް ޙަމްދާ ޝުކުރުދަންނަވަމެވެ..

މި ސިލްސިލާ ގެ އަސްލު އިނގިރޭސިބަހުން ފުރަތަމަ އެކުލަވާލެއްވި އަދި އޭގެ ދެލިކޮޕީ ތަރުޖަމާއެއް ކޮށްދެއްވާ ކޮށާމެށުމުގައި ދެއްވި އެއްބާރުލެއްވުމަށް އަޅުގަނޑުގެ އަޚް އަޙްމަދު އަޖްމަލް ޙާމިދަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް