ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. "ޢުމަރު ބުނުލް ޚައްޠާބު ބިންމަތިން ހޯލިކޮޅެއް ނަންގަވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނުން މިހޯލިކޮޅުކަމުގައި ވީނަމައެވެ! ތިމަންކަލޭގެފާނުން ޚަލްޤު ނުކުރެއްވީނަމައެވެ! ތިމަންކަލޭގެފާނުންގެ މަންމާއަށް ތިމަންކަލޭގެފާނުން ނުވިހޭނަމައެވެ! ތިމަންކަލޭގެފާނުންނަކީ ނެތްއެއްޗެއްކަމުގައި ވީނަމައެވެ! (އަދި) ތިމަންކަލޭގެފާނުންނަކީ ނުއުފަންނަ ހަނދާންވެސް ނުކުރެވޭ މީހެއްކަމުގައި ވީނަމައެވެ!'
ޢުމަރުގެފާނުން މިބަސްތައް ވިދާޅުވީއަކީ ޝުކުރު ނުކުރާތީއެއްނޫނެވެ. އެހެނެތްކަމަކު އެކަލޭގެފާނުން މިހެން ވިދާޅުވީ އެކަލޭގެފާނުން ﷲ ގެ ކޯފާއަށް ގަންނަ ބިރަކުންނެވެ.[1]
މިއީ ކޮންފެންވަރެއްގެ ބެއިކަލެއްހެއްޔެވެ؟ ބައެއް ސަލަފުންގެ އަރިހުގައި ކީރިތި މާތް ރަސޫލާ އަށްފަހު މިބިންމަތީގައިހުރި އެންމެ މާތް އިންސާނާއެވެ. އެބެއިކަލެއްގެ މާތްކަމާއިމެދު 'ތިމަންކަލޭގެފާނަށްފަހު ނަބީއަކު ފޮނުއްވާނޭނަމަ އެއީ ޢުމަރުގެފާނޭ' މިހެން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ޢުމަރުގެފާނެވެ. ބިންމަތީ ސަލާމަތުން ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެން ބޭކަލެކެވެ. މިވަރުގެ ބެއިކަލެއް މިހެން ހިތާމަޔާއިއެކު ވިދާޅުވާއިރު އުފާކުރަމުން ފާފަތަކަށް އަރައިގަންނަމުން ދުވާއިރު އަހަރެމެންގެ އޮތީ ކޮން ޙައިޞިއްޔަތެއް ހެއްޔެވެ؟
ސިފަތުއް ޞަފްވާ: 1/148
އިތުރު ތަފުސީލެއް ލިޔެލުން އެދެން……..އުމަރު ރޟިޔަﷲ އަންހް………
ރައިސުލްޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ވޯޓުގެ މައްސަލަ މަޖިލީހުގައި އޮއްވަކާ މިކަހަލަ ވާހަކަތަކެއް ދެއްކިދާނެކަމަކަށް ގަބޫލެއް ނުކުރެވޭ……