ތިރީގައި މިލިޔެލަނީ ޔުނިވާ ސިޓީ އޮފް ވިސްކޮންސިން (Green Bay-University of Wisconsin) އިން ހަދާފައިވާ ދިރާސާއެއްގެ ޚުލާސާއެވެ. މި ދިރާސާގެ މަޢުލޫއަކީ “ހަންޑުރެޑް ޕީޕަލް”އެވެ.
ދުނިޔޭގެ އާބާދީއަކީ 100 މީހުން ނަމަ:
50 މީހުންނަކީ ފިރިހެނުން، 50 މީހުންނަކީ އަންހެނުން، 20 މީހުންނަކީ ކުޑަކުދިން، 80 މީހުންނަކީ ބޮޑެތިމީހުން،
14 މިހުންނަކީ މުސްކުޅިން (65 އަހަރުން މަތީގެ)،
61 މީހުންނަކީ އޭޝިޔާ މީހުން، 12 މީހުންނަކީ ޔޫރަޕް މީހުން، 13 މީހުންނަކީ އެފްރިކާ މީހުން، 9 މީހުންނަކީ ދެކުނު އެމެރިކާ އަދީ ކެރީބިއަން މީހުން، 5 މީހުންނަކީ އުތުރު އެމެރިކާ މީހުން،
31 މީހުންނަކީ ނަޞާރާއިން، 21 މީހުންނަކީ މުސްލިމުން، 14 މީހުންނަކީ ހިންދޫން، 6 މީހުންނަކީ ބުޑިސްޓުން،
12 މީހުންނަކީ އެހެން ދީންތަކުގެ މީހުން، 16 މީހުންނަކީ ވަކި ދީނެއް ޤަބޫލުނުކުރާ މީހުން،
17 މީހުން ވާހަކަ ދައްކާނީ ޗައިނާ ބަހުން، 8 މީހުން ވާހަކަ ދައްކާނީ ހިންދީ ބަހުން، 8މީހުން ވާހަކަ ދައްކާނީ އިނގިރޭސި ބަހުން، 7 މީހުން ވާހަކަ ދައްކާނީ ސުޕޭން ބަހުން، 4 މީހުން ވާހަކަ ދައްކާނީ ޢަރަބި ބަހުން، 4 މީހުން ވާހަކަ ދައްކާނީ ރަޝިޔާ ބަހުން، 3 މީހުން ވާހަކަ ދައްކާނީ ބަންގާޅި ބަހުން، 2 މީހުން ވާހަކަ ދައްކާނީ މެލޭ-އިންޑޮނޭސިޔާ ބަހުން،
2 މީހުން ވާހަކަ ދައްކާނީ ފުރެންޗު ބަހުން، 45 މީހުން ވާހަކަ ދައްކާނީ އެހެނިހެން ބަސްބަހުން،
87 ފިރިހެނުންނަށް ލިޔަންކިޔަން އިނގޭނެ، 13 ފިރިހެނުންނަށް ލިޔަންކިޔަން ނޭނގޭނެ، 77 އަންހެނުންނަށް ލިޔަންކިޔަން އިނގޭނެ، 23 އަންހެނުންނަށް ލިޔަންކިޔަން ނޭނގޭނެ، 1 ކަކު މަތީތަޢުލީމު ޙާޞިލްކުރާނެ (ކޮލެޖް/ޔުނިވާސިޓީ ތަޢުލީމު)،
34 މީހުން މޮބައިލް/ސެލް ފޯން ގެންގުޅޭނެ، 17 މީހުން އިންޓަރނެޓް ބޭނުންކުރާނެ، 1 ކަކު އަތުގެ ކޮމްޕިއުޓަރެއް ހުންނާނެ،
75 މީހުން އުޅޭނީ ބޯހިޔާވަހިކަމުގަ، 25 މީހުން އުޅޭނީ ބޯހިޔާވަހި ކަމެއްނެތި،
1 ކަކު ބަނޑަށްޖެހިގެން މަރުވާނެ، 17 މީހުންނަށް ފައިދާހުރި ކާނާ ނުލިބޭނެ، 15 މީހުންނަކީ ފަލަބަލީ (އޯވަވެއިޓް)ގެ މީހުން،
76 މީހުންނަށް ކަރަންޓުގެ ޚިދުމަތްލިބޭނެ، 24 މީހުންނަށް ކަރަންޓުގެ ޚިދުމަތެއް ނުލިބޭނެ،
83 މީހުންނަށް ސާފުބޯފެން ލިބޭނެ، 17 މީހުންނަށް ސާފުބޯފެން ނުލިބޭނެ،
Sources: Fritz Erickson, University of Wisconsin – Green Bay and John A. Vonk, University of Northern Colorado, 2006; Returning Peace Corps Volunteers of Madison Wisconsin, Unheard Voices: Celebrating Cultures from the Developing World, 1992; Donella H. Meadows, The Global Citizen, May 31, 1990.

















ޚިޔާލު