ޏ. ފުވައްމުލަކު ސަރުމާގެ 35 އަހަރުގެ އައިމިނަތު އިބްރާހީމަކީ ލޭގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ "އެކުއިޓް މިލޮއިޑް ލޫކިމިޔާ" އަށް ފަރުވާ ހޯދަމުން ދާބަލިމީހެކެވެ. މިދިޔަ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަސް ޑޮކްޓަރުންގެ ފަރާތުން އިވިގެން މިދިޔަ ހަބަރު ވަނީ އައިމިނަތު އާއި އޭނާގެ އާއިލާއަށް ކެތްނުކުރެވޭވަރުގެ ހިތާމަޔާއި ކުރިމަތި ކުރުވާފައެވެ.
އައިމިނަތުގެ ކޮއްކޮ ހަސަން އިބްރާހިމް ދިއިސްލާމްއަށް މައުލޫމާތު ދިން ގޮތުގައި އައިމިނަތު ހުން އައިސް ގައިގައި ރިއްސާތީ ފަރުވާ ހޯދުމަށްޓަކައި އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ދެއްކުމުން މާލެ ދިއުމަށް އެތަނުން ބެއްލެވި ޑޮކްޓަރ ވިދާޅުވިއެވެ. މާލެ އައިސް އައިޖީއެމް ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ކެންސަރު ކަން ޔަޤީންވެގެން ދިޔައެވެ. އަދި ވީއެންމެ އަވަހަކަށް ރާއްޖޭއިން ބޭރުން ފަރުވާ ހޯދުމަށް ވެސް ލަފާއެރުވިއެވެ. އައިމިނަތު ދަނީ އާއިލާ އާއި އެންސްޕާ އަދި ހެޔޮއެދޭ ފާރާތްތަކުގެ ދީލަތި އެހީގައި އިންޑިޔާގެ ބެންގަލޫރުގެ އެޗް.ސީ.ޖީ އިންސްޓިޓިއުޓް އޮފް އޮންކޮލޮޖީގައި ފަރުވާ ހޯދަމުންނެވެ. ނަމަވެސް މިފަދަ ބައްޔަކީ އެހާމެ އަގުބޮޑު ޙާއްސަ ފަރުވާއެއް ކުރެވިގެން ނޫނީ ކޮންޓުރޯލް ނުކުރެވޭ ބައްޔަކަށް ވުމާއި އެކު އަދި މުޅިން ރަނގަޅު ކުރުމަށްޓަކައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުން ނޫން ގޮތެއް ނެތް ބައްޔެކެވެ. އަދި މިކަމަށް އެކަނިވެސް 3,300,00.00 އިންޑިޔާ ރުޕީސް ޙަރަދުވެއެވެ. އެއީ ދިވެހި ފައިސާއިން ނަމަ 1,017,720.00 ރުފިޔާއެވެ. މީގެ އިތުރުންވެސް ޚަރަދު ތަކެއް ހިނގާނެކަމަށް ޑޮކްޓަރުގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
އާއިލާއިން ވަނީ މިވަރުގެ ބޮޑު ހަރަދެއް ކުރުމަށް ނުކުޅެދިފައެވެ. އާސަންދަ ނިޒާމުން ފަރުވާ ނުދެވޭތީއާއިއެކު އެންސްޕާއިން ވެދެއްވާފައި ވަނީ ތިރީސްހާސް ދިވެހި ރުފިޔާގެ އެހީއެކެވެ. އައިމިނަތުއަކީ 3 ކުދިންގެ މަންމައެކެވެ. އަދި 2002 އަހަރުން ފެށިގެން އެރަށު ސްކޫލުގެ ޙިދްމަތެރި ޓީޗަރެކެވެ. ނުހަނު ގިނަ ކުދިންގެ މުސްތަޤުބަލް އުޖާލާކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި މިޓީޗަރުގެ އުންމީދުތަށް މިވަނީ ފަނޑުވެފައެވެ. އަދި ތިޔަފާރަތުގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އާއިލާއިން ވެސް ދަނީ ފައިސާ ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަމިނަތުގެ ބަލި ކަށަވަރުކޮށް ބޭނުންވާ ފައިސާއަކީ ތެދުކަން ދޭހަކޮށްދެމުން ފުވައްމުލަކުގެ އަތޮޅު ކައުންސިލްގެ އިދާރާއިން ވަނީ ލިޔުމެއް ނެރިފައެވެ. އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް އުފެދޭނަމަ، ރަސްމީގަޑީގައި އެއިދާރާގެ ނަންބަރު 6862510 އަށް ގުޅުއްވުމަށާއި އަދި ބަންދު ގަޑީގައި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ތޯރިޤު އަޙްމަދު 7791099 އާއި ގުޅުމަށް ބަޔާން ކޮށްފައިވެއެވެ.
ލަސްނުކުރަށްވާ އައިމިނަތު އަށް އެހީ ވެދެއްވާށެވެ. ތިބާގެ ދީލަތި އެހީތެރިކަމަށް މާތްﷲގެ ރަޙްމަތުން ފާގަތި ދިރިއުޅުމެއް ދެއްވާނެކަން ކަށަވަރެވެ. ތިބާއަށް އަނެކާގެ އެހީތެރިކަމަށް ބޭނުންވާނީ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތަކުންނާއި އެހީ ދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވާ ކުރިއަށް ގެންދެވުމަކީ ދިއިސްލާމްގެ ވަރަށް ބޮޑުއެދުމެވެ.
މާލެއިންނަމަ ގުޅުއްވާނީ 9995499 ހަސަން އިބްރާހީމް، 7751686 އަޙްމަދު އިބްރާހީމް، ފުވައްމުލަކުންނަމަ 7923278 މުޙައްމަދު އިބްރާހީމް، އަދި އިންޑިޔާއިންނަމަ 00918123778153 ޝާން އާއި ގުޅުއްވުންއެދެމެވެ. ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބޭންކް އޮފް މޯލްޑިވުސްގެ އައިމިނަތު އިބްރާހިމްގެ ނަމުގައިވާ ރުފިޔާ އެކަންޓު 101 220387 7711 ނުވަތަ ބޭންކް އޮފް މޯލްޑިވުސްގައި އައިމިނަތުގެ ފިރިމީހާ މުޙައްމަދު ޒުހައިރުގެ ނަމުގައިވާ ޑޮލަރު އެކައުންޓު 102 140737 7703 އަށް ޖަމާއު ކުރުމަކީ އާއިލާގެ ވަރަށް ބޮޑުއެދުމެކެވެ.
މީގެ އިތުރުންވެސް އާއިލާއިން ފޭސްބުކްގައި ހާދާފައިވާ "ހެލްޕް އާމިނަތު އިބްރާހީމް" ޕޭޖްއިން ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކާއި މިހާތަނަށް ލިބިފައިވާ އެހީ އެނގެން ހުންނާއެވެ.
* އައިމިނަތުގެ ބައްޔާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމަށް ވަނީ ލިބިފައެވެ.

















advertisment
ޚިޔާލު