އެހީ!

ޙައިތަމް އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

ގ.ދ މަޑަވެލީ ،ކެލްފޯނިޔާ ޙައިތަމް ރުޝްދީއަކީ އުފަންވި އިރުވެސް ހިތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ބޭސް ކުރަމުން އަންނަ 4 އަހަރުގެ ތުއްތު ކުއްޖެކެވެ. އާޢިލާގެ ފަރާތުން ޙައިތަމްގެ ދައްތަ ހަސީފާ ދިއިސްލާމަށް މާޢުލޫމަތު ދިންގޮތުގައި ފުރަތަމަ އުފަން ވިތަނާހެން ޙައިތަމް ނޭވާލުން ދަތިވެ ކުއްޖާގެ ގައަށް ނޫކުލައެރުމުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްއަށް ދައްކާ އެތަނުގެ ޑޮކްޓަރުން އަވަހަށް މާލެދިއުމަށް ލަފާއެރުވުމުން މާލެ ގެނެސް އައި،ޖީއެމް ހޮސްޕިޓަލްއަށް ދެއްކުމުން ހިތުގައި މައްސަލަތަކެއް ހުރިކަމަށް އެތަނުން ބެއްލެވި ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ވަގުތުން ރާއްޖޭއިން ބޭރަށް ފުރުމަށް ނަސޭހަތްތެރިވިއެވެ.

މިހިސާބުން އަޢިލާގެ ނުތަނަވަސް ކަން އިތުރުވިއެވެ. އަދި އާސަންދާއާއި އާއިލާގެ ބައެއް މެންބަރުންގެ އެހީގައި އިންޑިޔާއަށް ދިޔައެވެ. އިންޑިޔާގެ ކިމްސް ހޮސްޕިޓަލް ޙައިތަމް ބެއްލެވި ޑޮކްޓަރ ވިދާޅުވީ ޙައިތަމްގެ ހިތުގެ ލޭ ޕަންޕުކުރާ އާޓަރީ މަދުކަމަށެެވެ. އަދި އެވަގުތު ޙައިތަމްގެ ތުއްތުކަމުން އެއްވެސް އޮޕަރޭޝަންއެއް ނުކުރެވޭނެކަމުގައެވެ. 3 މަސް ފުރެއްދެން އިންޖެކުޝަން ހިފެއްހެއްޓުމަށެވެ. ތިންމަސް ފުރުމުން  އޯޕަން ހާރޓް ސާރޖަރީއެއް ހެދުނެވެ. ނަމަވެސް އެއީ މުޅިން ނިމުނީ ކަމަކަށް ނުވިއެވެ.

  2 އަހަރު ފަހުން އަދި އެއް އޮޕަރޭޝަން ކުރަން ޖެހޭނެކަމުގައި ވެސް ޑޮކްޓަރު ވިދާޅުވިއެވެ. މިހާރު ވަނީ އެމުއްދަތް ހަމަވެފައެވެ. ނަމަވެސް މިފަހަރުގެ އޮޕަރޭޝަންއަށް 3 ލައްކަ (ދިވެހި ރުފިޔާއިން) ބޭނުން ވާތީ އާޢިލާގެ މިވަރުގެ ތަނަވަސްކަން ނެތުމުން ވަނީ މިކަމަށް ނުކުޅެދިފައެވެ. އާސަންދާގެ ދޭ އެހީ ވެސް ވަނީ ހަމަވެފައެވެ. މިއޮޕަރޭޝަންއަކީ ސީރިއަސް އޮޕަރޭޝަންއެއްކަމުގައި ވިޔަސް ޑޮކްޓަރުވަނީ މީއީ އެންމެ ފަހުން ކުރަން ޖެހޭނެ އޮޕަރޭޝަނަށް ވެދާނެކަމުގައި ލަފާކުރެވޭކަމަށް ވިދާޅުވެފައެވެ.

ޙައިތަމް ބަލި އަންނަނީ ބޮޑުވަމުންނެވެ. ހުންއައުމާއި ނޭވާހާސްވުން ފަދަ ވޭންތަކާއި ކުރިމަތިލަން ޖެހިފައެވެ. މިދަޔަ ހަފަތާގައި ޙައިތަމް އައިޖީއެމް ހޮސްޕިޓަލްގެ ޑޮކުޓަރ ބައްލަވާފައި ހިތުގެ ހޮޅިތަކުން ބޭނުންވާ ވަރަށް އޮކްސިޖަން ނުދާތީ ދިމާވާ މައްސަލަތަކެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި ދެވަނަ އޮޕަރޭޝަން ކުރުމަށް ވިދާޅުވިއެވެ.

ޙައިތަމް ވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީ އަށް ބޭނުންވެފައެވެ. ލަސް ނުކުރަށްވާ ޙައިތަމްއަށް އެހީ ވެދެއްވާށެވެ. ﷲގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާ ފޮތްޗަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތްﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަދާން ނުނައްތާލާށެވެ.

އިތުރު މައުލޫމާތު ބޭނުން ނަމަ ޙައިތަމްގެ ބޭބެ ހަރީޝް ރުޝްދީ 7830898 ނުވަތަ ދައްތަ ހަސްނާ ރުޝަދީ 7612453 އަދި ހަސީފާ ރުޝްދީ 7574041 މިނަންބަރުތަކާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތްތަކުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން ގ.ދ މަޑަވެލީ ،ކެލްފޯނިޔާ ޙައިތަމް ރުޝްދީގެ ނަމުގައިވާ ބޭންކު އޮފް މޯލްޑިވުސްގެ ރުފިޔާ އެކައުންޓް  101 243664 7703  އަދި ޑޮލަރުން ނަމަ ގ.ދ މަޑަވެލީ ،ކެލްފޯނިޔާ ހަސީފާ ރުޝްދީގެ ނަމުގައި ވާާ ބޭންކު އޮފް މޯލްޑިވުސްގެ ޑޮލަރު އެކައުންޓް  101 242962 7704 ޖަމާއުކޮށް ދެއްވުން އެދެވެ.

ޙައިތަމް ރުޝްދީ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*

 

ގުޅުންހުރި

4 ޚިޔާލު

  1. يا الله އިބަ އިލާހު ފިޔަވާ ޙައްގު ގޮތުގައި އަޅުކަންވެވޭ އިތުރު އެއްވެސް ފަރާތެއް ނުވާ ކަމަށާއި މުހައްމަދު صلى الله عليه وسلم، އަކީ އިބަ އިލާހު ފޮނުއްވެވި އެންމެ ފަހު ރަސޫލާ ކަމަށާއި އެންމެ ފަހުގެ ނަބިއްޔާ ކަމަށް އަޅު ހެކިވަން. މުހައްމަދު صلى الله عليه وسلم އަށާ އެކަލޭގެފާނުގެ އާލު އަސްޙާބުން އަށް ސަލަވާތާއި ސަލާމް ލައްވަވާށި. އަދި ގިޔާމަތާ ޖެހެންދެން މުހައްމަދު صلى الله عليه وسلم އަށް ތަބާވާ އެންމެހާ މުސްލިމް އަދި މުއްމިން އަހުންނާ އުހްތުން ވެސް އެބަރަކާތްތެރި ކަމުގާ ޝާމިލް ކުރައްވަވާދޭވެ. ހައްދަވާ ގެންގުޅުއްވާ އޯގާވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހް… އިބަ އިލާހު ވަނީ މިއަޅާ ނުދަންނަވަނީސް މިއަޅާ އަށް އިސްލާމް ކަމުގެ ހިދާޔަތް ދައްކަވަވާފަ…يا عزيز މިއަޅާ މިއަދު އިބަ އިލާހުގެ ހަސްރަތުން އެ ތުއްތު އަހާއަށް ހެޔޮ ޝިފާ ދެއްވެވުމަށް އެދި ދަންނަވަން…ހަމަ ކަށަވަރުން އިބަ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހީ ޝިފާ ދެއްވަވާ އެއްކައުވަންތަ ވެރި ރަސްކަލާނގެ….އުންމެހާ ޙަމްދު ސަނާ ޙައްގު ވަނީ ޢާލަމްތަކުގެ ވެރި އިބަ الله….އާމީން

  2. އާމީން!

  3. ޔާ ﷲ. އެތުއްތު ފުރާނައަށް އަވަސް ޝިފާދެއްވާންދޭވެ. އަދި އާއިލާއަށް ކެއްތެރިކަން ދެއްވާން ދޭނެ.
    ދިއިސްލާމަށް: އެސް އެމް އެސް އިން ފައިސާގެ އެހީ ވެވޭނެ ގޮތެއް ތިޔަފަރާތުން ހަމަޖައްސަވައި ދެއްވަން ވީނޫންތޯ. އޭރުން ގައިމުވެސް ވަރަށް ގިނަ ބައެއްގެ އެހީ ލިބޭނެ އިންޝާ ﷲ.

  4. ެައާމީން. އެސް އެމް އެސް ޙިޔާލަށް ވަރަށް ތާއީދު. އެކަމު ކޮންމެ ކުއްޖެއްގެ އަކައުންޓް އަށް ޖަމާ ކުރާގޮތަށް ހަދަން ދިއިސްލާމަށް ދަތިވެސް ވެދާނެ… އާއިލާއިން އެކަހަލަކަމެއް މެދުވެރިކޮށް އެކަންތަށް ކޮށްލައިފިއްޔާ ފަސޭހަވާނެ ދޯ… ﷲ ސުބްހާނަހޫވަތައާލާއަށް އޮންނަ އިތުބާރު ނުދޫކޮށްލާތި، އިންޝާﷲ ހުރިހާ ކަމެއްވެސް ފަސޭހަވެގެން ހިގައިދާނެ.

Your email address will not be published. Required fields are marked *

More in އެހީ!