ނަން:މުޙައްމަދު ލިޝާން ޒަކަރިއްޔާ ސަޢީދު / ޅ. ކުރެންދޫ، މޫން
އުމުރު: 4 މަސް
ބަލީގެ ބާވަތް: އުފަންވީ އިރުވެސް ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން ބޭސް ކުރަމުން އަންނަ ތުއްތު ކުއްޖެކެވެ.
އިތުރު މަޢުލޫމާތު: ޒުލޭޙާ އަޙްމަދު މ. ހާގިރި، ފޯން: 7752824 އަށް ގުޅުއްވާށެވެ.
ފައިސާގެ އެހީވުމަށް: 101 225256 7703 ޒުލޭޙާ އަޙްމަދު
ހޭދަ ކޮށްލެވޭ އެންމެ ބައިރުފިޔާއަކީ ވެސް މި ތުއްތު ލިޝާންގެ ދިރިހުރުމަށް ވެވޭ އެހީއެކެވެ.
ލިޝާންގެ ވަނީ އިންޑިޔާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގައި އެދުމަތި ކުރެވިފައެވެ. ލިޝާން ޑިސްޗާރޖް ކުރުމައްޓަކައި ދިވެހި ފައިސާގެ 80،000 ހާސް ރުފިޔާ ބޭނުން ވެއެވެ. އަދި އެއީ އިންޑިޔާ ފައިސާއިން ނަމަ 2 ލައްކަ ރުޕީސް ކަމުގައި އާއިލާއިން މައުލޫމާތު ދިނެވެ. ނަމަވެސް އޮޕްރޭޝަން ކުރެވުނީ ވެސް ނުހަނު ގިނަ ފަރާތްތަކެއްގެ އެހީ އާއި އެކުގައި ކަމަށް ވެފައި ދެން އިތުރަށް މީހާ ގިނަ ފައިސާ ހޯދުމަތް އާއިލާއިން ވަނީ ނުކުޅެދިފައެވެ. ވީމާ ލިޝާން އަނެއްކާ ވެސް ވަނީ ތިޔަބޭފުޅުންގެ އެހީ ތެރިކަމަށް ބޭނުންވެފައެވެ. އަދި މިފުރުސަތުގައި ދިއިސްލާމްގެ ފަރާތުންނާއި ލިޝާންގެ އާއިލާގެ ފަރާތުން އެހީ ދެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރަމެވެ. ތިޔަބޭފުޅުންގެ މުދަލުގައި ﷲ ބަރަކާތް ލައްވާނެއެވެ.
.މުޙައްމަދު ލިޝާން ޒަކަރިއްޔާ ސަޢީދު ވަނީ އޮޕަރޭޝަން ކޮށްފައެވެ. އެހެނަސް ފައިސާގެ ދަތިކަމާއި ހެދި ހޮސްޕިޓަލްއިން ޑިސްޗާރޖް ނުކުރެވިފައެވެ.
[end/]
އިންޑިއާގެ ނަމްރީތާ ހަސްޕިޓަލްގައި ލިޝާންގެ އޮޕަރޭޝަން ވަނީ ކޮށްފައެވެ. ހުރިހާކަމެއްވެސް މިވަގުތު ރަނގަޅުކަމަށް އާއިލާއިން މައުޟޫމާތުދެއެވެ.[end/]
ލިޝާން އިންޑިއާއަށް ފުރައިފިއެވެ.
[end/]
ޅ. ކުރެންދޫ، މޫން / މުޙައްމަދު ލިޝާން ޒަކަރިއްޔާ ސަޢީދު (1 މަސް) އަކީ އުފަންވީ އިރުވެސް ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން ބޭސް ކުރަމުން އަންނަ ތުއްތު ކުއްޖެކެވެ. އާޢިލާގެ ފަރާތުން ލިޝާންގެ ބޮޑުދައިތަ ޒުލޭޙާ އަޙްމަދު ދިއިސްލާމަށް މަޢުލޫމާތު ދިންގޮތުގައި ލިޝާންގެ ހިތުގައި ލޯވަޅު ހުރިކަން ފުރަތަމަ އެނގުނީ ހެދި ހިތު ޓެސްޓަކުން އިތުރު އަޑެއް އުފެދިފައި ހުރިކަމަށް ޑޮކްޓަރުން މަޢުލޫމާތު ދިނުމުންނެވެ.
ނަމަވެސް އޭރަކު އެއްވެސް ޑޮކްޓަރެއް މި ތުއްތު ދަރިފުޅު އޮޕަރޭޝަން ކުރަން ޖެހޭކަމަށް ބުނެފައި ނުވާކަމަށް ޒުލޭޙާ މައުލޫމަތު ދިނެވެ. ހިތުގެ ބަލީގެ ކުދިންނަށް އެހީތެރި ވުމުގެ ގޮތުން މަސައްކަތް ކުރާ އަމިއްލަށް ޖަމާޢާތެއް ކަމުގައި ވާ "ޓައިނީ ހާޓްސް" ފަރާތުން މާލެ އައިސް އުޅުނު ޑޮކްޓަރަކަށް ލިޝާން ދެއްކުމުން އޭނާގެ ހިތުގައި ދެ ނާރު ގުޅިފައިވާކަމަށާއި އަދި ލޭ މުޅި ހަށިގަނޑަށް ފޮނުވައި ނުދޭތީ ވަރަށް އަވަހަށް އޮޕަރޭޝަން ކުރުމަށް ލަފާއެރުވިއެވެ. އަދި ފަހުން ލިޝާން މާބޮޑަށް ބަލިވެގެން އައި،ޖީ،އެމް ހޮސްޕިޓަލުގެ އައި ސީ ޔޫ ގައި އެނދުމަތި ކުރެވުނެވެ. ޒުލާޙާ ބުނިގޮތުގައި ރާއްޖެއިން ބޭރަށް ދިއުމާއި ހަމައަށް ވެސް އާސަންދާގެ ދީލަތި އެހީ ލިބުނު ކަމަށާއި ނަމަވެސް އޮޕަރޭޝަންގެ ފައިސާ ދެވެން ނެތްކަމުގައި އާސަންދާއިން ބުނެފައި ވާ ކަމަށް އޭނާ ކިޔާދިނެވެ. އަދި ކުއްޖާއަށާއި މައިމީހާއަށް ދެކޮޅު ޓިކެޓާއި 600 ޑޮލަރު އެފަރާތުން ދީފާވާކަމަށް ވެސް އޭނާ ބުންޏެވެ.
މިވަރުގެ ބޮޑުކަމަކަށް ދާއިރު ހަމަ އެކަނި މައިމީހާއާއި ދަރިފުޅު ފޮނުވައިގެން މިކަން ނުކުރެވޭނެތީއާއި އާއިލާގެ އެވަރުގެ ފޯރުންތެރިކަން ނެތުން ތަފާތު ގިނަ ފަރާތްތަކެއްގެ އެހީ ތެރިކަމާއި އެކީ މިހާރު ލިޝާން ވީ އިންޑިޔާގައެވެ. މިދަތުރުގައި ލިޝާންގެ މާމަ، މަންމަ އަދި ބައްޕަ ވަނީ ލިޝާން އެކީ އިންޑިޔާގެ ކޮޗިންގައެވެ. ލިޝާންގެ އޮޕަރޭޝަން ކުރެވުނީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުގައެވެ.
ލިޝާންގެ ފުރަތަމަ އޮޕަރޭޝަން ނިމުމުން އާއިލާއަށް ލިބުނު ހިތްހަމަޖެހުމަށް ވުރެއް ލިބުނު ހިތާމަ މިހާރު މިވަނީ ބޮޑުވެފައެވެ. އޮފަރޭޝަންއަށް ފަހު އެއްދުވަސް ތެރޭގައި ކުއްޖާގެ ހާލަތު ގޯސްވާން ފެށިއެވެ. މުޅި ކުއްޖާވަނީ ނޫވެފައެވެ. ޑޮކްޓަރުން އަނެއްކާ ވެސް ލިޝާންގެ އިތުރު ޓެސްޓުތަކެއް ހެދިއެވެ. އަދި ވަރަށް އަވަހަށް އިތުރު ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭކަމުގައި ބުންޏެވެ. އަދި އަވަހަށް ނުކޮށްފި ނަމަ ދެން ލިޝާން ދުނިޔޭގައި ހުރުމުގެ އުންމީދު ކުޑަކަމުގައި ބުންޏެވެ. އަދި 2 ހަފްތާގެ މުއްދަތެއް ދިނެވެ. މި ފަހަރު ކުރާ އޮޕަރޭޝަންއަށް-/3000 ޑޮލަރު ބޭނުންވާ ކަމުގައި ހޮސްޕިޓަލުން ބުންޏެވެ. އާއިލާއިން ވަނީ މި ފައިސާ ހޯދުމަށް ނ

















advertisment
އަޅުގަނޑުގެ ތަޖުރިބާއިން އަމްރިތާ ހޮސްޕިޓަލަކީ ކަމުދާ ތަނެއް ނޫން. އެކަމަކު ޓްރިވެންޑްރަމްގެ ނިމްސް ހޮސްޕިޓަލަކީ ހިތުގެ ކަންތަކަށް ޙާއްސް ހޮސްޕިޓަލެއް. އެތާނގައި ޑޮކްޓަރުންވެސް ވަރަށް ޕްރޮފެޝަނަލް. ޑރ. މަދޫ ސްރީދަރާން އެއީ އެތާނގެ ލީޑިންގް ޑރ. އެތާނގައި އަޅުގަނޑުގެ މަންމަގެ އިތުރުން ވަރަށް ގިން މީހުންގެ އެކިކަހަލަ ހިތުގެ އޮޕަރޭޝަންތަށް ވަރަށް ސަކްސެސްފުލްކޮށް ވަނީ ކޮށްފަ މާޝާ ﷲ.
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال (قال الله تعالى: أنفق با ابن آدم أنفق عليك) މާނައީ: “رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ހޭދަކުރާށެވެ. އޭރުން ތިމަން ﷲ ތިބާއަށް ދެއްވާނަމެވެ.”
މުނާ މިލިޔުމުގައިވާ ކުށެއް އިޞްލާޙްކޮށްދެއްވުން އެދެން. އަދި މި ކުއްޖާގެ އެއްވެސް އޮޕަރޭޝަނެއް ކުރެވިފައެއްނުވޭ. ފުރަތަމަ މާލެއިން އެއް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ބުނި ނަމަވެސް މިހާރު ވަނީ 2 އޮޕަރޭޝަނެއް އެކު އެކީގައި ކުރަންޖެހޭ ކަމަށް އަމްރިތާ ހޮސްޕިޓަލު އަންގާފައި
ﷲ އެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!