ޔަޢްލާ ކިޔުނު ސަޙާބީ އެކެވެ. އެކަލޭގެފާނުން ނަކީ އިސްލާމް ވުމުގެ ކުރިން ވަރަށް ފަޤީރު ޙާލެއްގައި އައުރަ ނިވާ ކުރާނެ އެއްޗެއްވެސް ނެތި އުޅުއްވި ބެއިކަލެކެވެ. ދުވާލުވެއްޖެ ނަމަ ކޮންމެވެސް ހިލަގަނޑެއް ނުވަތަ ހޮހޮޅައެއް ނުނީ އެފަދަ ތަނަކުން ނިވާކަން ހޯދަމުން ރޭގަނޑު އަދިރިވުމުން ކޮންމެސް އެއްޗެއް ކާން ހޯދަން ގޮސް މިފަދަ ޙާލެއްގައި އުޅެމުން ދަނިކޮށް ރަސޫލުﷲ ގެފާނުން އިސްލާމް ދީނައިގެން ވަޑައިގަތީމަ ނިވާކޮށްލާން ކޮންމެވެސް ތާކުން އެއްޗެއް ހޯދައިގެން އައިސް އިސްލާމް ވީއެވެ. އަދި އިސްލާމްވެގެން ރަސޫލުﷲ ގެފާނުންގެ އަރިހުގައި އުޅުއްވާ ފަޤީރު އަސްޙާބުން ތިއްބަވާ ތާންގައި އުޅުއްވަމުން ގެންދެވި އެވެ.
އެއްދުވަހަކު އެކަލޭގެފާނުން ރަސޫލުﷲ ގެފާނުންގެ އަރިހުން މީހަކާއި ކައިވެނި ކުރުމަށް ހުއްދަ އަކަށް އެދުނެވެ. އެވަގުތު ނަބިއްޔާ އެ ހުއްދަ ދެއްވަވާ އެންގެވީ ކަލޭގެފާނުން "ބަނޫ ސަލަމާ" ނަމަކަށް ކިޔާ (މަދީނާގެ) އަވަށަކަށް ދިޔުމަށެވެ. އެ ދާ މަގުމަތީގައި ފެންނަ ފުރަތަމަ އަންހެނަކީ އެއީ ކަލޭގެފާނުންގެ އަނބިކަނބަލުންނޭ ޙަދީޘް ކުރެއްވެވިއެވެ. ދެން ޔަޢްލާ ވަޑައިގަންނަވަމުން ދަނިކޮށް ފުރިހަމަ ޙިޖާބެއްގައި މީހަކު ވީތީވެ ބައްލަވައި ލެއްވި އެވެ. އެއީ އަންހެން ބެއިކަނބަލެއްކަން އިނގިވަޑައިގަތުމުން އިސްޖައްސަވައިގެން ހުރެ ސަލާމްކޮވާލާފައި ރަސޫލުﷲ ގެފާނުންގެ އެ ބަސްފުޅު ފޯރުކޮށްދިނެވެ. އެ އަންހެން މީހާ އެކަލޭގެފާނުން ހުރި ނިކަމެތިކަމަށް ބައްލަވާފައިވެސް ތިހެން ތިކަން އޮތިއްޔާ ތިމަން ކަލެޔާއި ކައިވެނި ކުރުމަށް އެއްބަހޭ ވިދާޅުވިއެވެ. ނަމަވެސް ތިމަން ތި ބަސް ރަސޫލުﷲ ގެފާނުންގެ ދޫފުޅުން (ޔަޤީން ކުރުމަށްޓަކައި) އެކަން އަޑުއަހާން ބޭނުމޭ ވިދާޅުވެ ރަސޫލުﷲ ގެފާނުންގެ އަރިހަށް ވަޑައިގަތުމަށް ހިންގަވައި ގަތެވެ.
ދެން ދެ ކަލުން ހިންގަވާފަ ވަކި ހިސާބަކަށް ނުދެވި އުޅެނިކޮށް އެ އަންހެން ކުއްޖާގެ ބައްޕަ އާއި ބޭބެ ދިމާވެގެން ކިހިނެތް ތޯ ވީ ކޮންތާކަށްތޯ ދަނީ އެހުމުން އެ ޚަބަރު އެ ބައްޕަޔާއި ބޮޑުބޭބެ އަށް ދިނެވެ. ދެން މި 4 ބެއިކަލުން ރަސޫލުﷲ ގެފާނުން ގެ އަރިހަށް ވަޑައިގަތެވެ. ވަޑައިގަތުމުން ރަސޫލުﷲ ގެފާނުން އެ އަންހެން ކުއްޖާގެ ބައްޕާގެ ގާތުން ކައިވެނި ކޮށްދިނުމަށް އެދިވަޑައިގަތެވ. މިހެން ޙަދީޘް ކުރެއްވުމާއެކީ ކިޔަމަންތެރިވެ ޤަބޫލު ކޮށްފި އެވެ. ދެން ރަސޫލުﷲ ގެފާނުން ޔަޢްލާގެ ގާތުން އެ އަންހެން ކުއްޖާއަށް ކައިވެނީގެ ރަނަކަށް ދޭން އޮތީ ކޮން އެއްޗެއްތޯ ސުވާލު ކުރެއްވެވި އެވެ. އެހިނދު ޔަޢްލާ ވަރަށް ދެރަވެފައި ފަޤީރުކަން ދެނެ ހުރެ ކަލޭގެފާނުން ދަސްކޮށްދެއްވި 4 ސޫރަތެއް ފިޔަވާ އެއްވެސް އެއްޗެއް (ދަނގަޑު އަނގޮޓިއެއްގެ މިންވަރުވެސް) ނެތްކަމަށް ވިދާޅުވި އެވެ. ރަސޫލުﷲ ގެފާނުން، އެހެން ކަމުގައި ވާނަމަ އެ 4 ސޫރަތް އެ އަނބި މީހާއަށް ރަނެއްގެ ގޮތުގައި ދަސްކޮށްދިނުމަށް ވިދާޅުވެ ޙަދީޘް ކުރެއްވި އެވެ. 4 ސޫރަތް ދަސްވެފައި ވާ މީހަކީ ފަޤީރެއް ނޫނެވެ. ކަލޭގެފާނުން އެކަމަނާ އަށް އެ ދަސްކޮށްދެއްވާށެވެ.
ދެން އެހެން ސަޙާބީންގެ އަރިހުން ޔަޢްލާ (އަޚާ) އަށް އެހީވެދިނުމަށް ރަސޫލުﷲ ގެފާނުން އެދިވަޑައިގެންނެވިއެވެ. ކައިވެނި ވެވިއްޖެއެވެ. ނަމަވެސް އެލޮބުވެތި މުސްލިމް އަނބިމީހާ (ރަސޫލުﷲ ގެފާނުންގެ ސަޙާބީ) އާއި ކައިވެނި ވެ އެރޭ އެ އަނބމީހާ އާއި ގެނެވިފައި ވާ ކާތަކެތި ޔަޢްލާ އަށް ފެނިވަޑައިގަތުމުން ފެންކަޅިވެގެން ވާޙާލު ދުވެ ވަޑައިގެން މިސްކިތަށް ވަޑައިގެން ހުއްޓާނުލާ ކީރިތި ކުރައްވާ ޙާލު މުޅި ރޭ ނަމާދު ކުރެއްވެވިއެވެ. ޖެހިގެން އައި ރޭވެސް ވީ މިފަދަ ގޮތެކެވެ. ތިންވަނަ ރޭވެސް...
އެ އަންހެން ކުއްޖާގެ ބައްޕަ (ކޮންމެ ލޯބިފާ ބަފަޔަކު ވެސް އަހާ އުސޫލުން) އެކުއްޖާގެ ގާތުން ކަންހުރީ ކިހިނެތް ތޯ އާ ފިރިމީހާ ކިހިނެތްތޯއާ އެއްސެވެ. އެ އަންހެން ކުއްޖާ އޭގެ ޖަވާބުގައި ތިމަންގެ ފިރިމީހާޔަކީ ނަމާދާއި އަޅުކަން ނޫން އިތުރު އެއްޗެއް އިނގޭ މީހެއް ނޫންކަމުގައި ދެންނެވިއެވެ. މި ޚަބަރު ރަސޫލުﷲ ގެފާނުން ނާއި ހަމަޔަށް ވެސް ދިޔައެވެ. (ކުދިންނޭ! މިއީ އިސްލާމް ދީނަކީ. އިނދެގެން އުޅުނެކޭ ކިޔާފައި ފިރިމީހާ އަކަށް ވަކި ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. އަނބިމީހާގެ ޙައްޤު އޭނަ އަށް އުނިނުކޮށް ދެވެންޖެހޭނެއެވެ). އެހެން ކަމުން ރަސޫލުﷲ ގެފާނުން ޔަޢްލާ ހާޒިރު ކުރުވާފައި އެއީ ކީތްވެތޯ ސުވާލު ކުރެއްވެވި އެވެ. ޔަޢްލާ އޭގެ ޖަވާބުގައި ދެންނެވިއެވެ. ކަލޭގެފާނުންގެ އަރިހުން ތިމަން ކަލޭގެފާނުން ދަސްކުރި ސޫރަތެއްގައި އޮތް އެއްޗަކާއި މެދު ތިމަން ކަލޭގެފާނުން ބިރުފުޅު ގަންނަނީ އެވެ. ތިމަން ކަލޭގެފާނުން ނަކީ މިފަދަ ނިކަމެތި ޙާލެއްގަ އުޅުން މީހެކޭ ވިދާޅުވެ ކުރީގެ ފަޤީރު ޙަޔާތް ކިޔައި ދެއްވިއެވެ.
އެއީ ކޮން ސޫރަތެއްތޯ އެއްސެވުމުން ކިޔަވަން ފެއްޓެވިއެވެ. " أَلْهَاكُمُ التَّكَاثُرُ، حَتَّى زُرْتُمُ الْمَقَابِرَ...." (ސޫރަތް :102) (ނޯޓް: ޚުލާސާ މާނަ އަޑުއެހުމަށްޓަކައި http://www.youtube.com/watch?v=QIC6pdXAsgk "ވަރަށް އެދެން") ދެން ކީރިތި ކުރައްވަން ފެއްޓެވިއެވެ. ރަސޫލުﷲ ގެފާނުންނަށް ވެސް ކެތްނުކުރެވިގެން ކީރިތި ކުރެއްވިއެވެ. އަދި ކަލޭގެފާނުން އެއްވެސް އެއްޗެއް ޙަދީޘް ނުކުރައްވަވާ ދެން ވަޑައިގެންނެވިޔަސް މައްސަލައެއް ނެތޭ ޙަދީޘްކުރެއްވި އެވެ.
ދުވަސްކޮޅެއް ފަހުން ޔަޢްލާ އަވަހާރަވެއްޖެ އެވެ. ކަފުން ކުރުމަށްފަހު ރަސޫލުއްﷲ ގެފާނުން ވަޑައިގެން ޔަޢްލާއަށް އުފާވެރި ޚަބަރު ދެއްވެވި އެވެ. އަދި ޔަޢްލާގެ އަނބިމީހާ ގެ އަރިހުގައި އެކަމަނާގެ ޙައްޤު ދެއްވެވިތޯ ސުވާލު ކުރެއްވެވިއެވެ. އެކަމަނާ ﷲ ގަނދީ ހުވާކޮށް ވިދާޅުވިއެވެ. ތިމަން ކަމަނާގެ ގައިގައި ދުވަހަކު ނުވެސް އަތްލައެވެ (ނުބީހެއެވެ). ދެން އަނެއްކާވެސް ރަސޫލުﷲގެފާނުން ކީރިތި ކުރެއްވެވިއެވެ.
ކުދިންނޭވެ. މި ހުންނަނީ ވެސް އިންސާނުންނެވެ. ހަމަ ޙަޔާތެއްގައި އުޅެ ދުނިޔެ ދޫކުރި މީހުންނެވެ. މާތް މީހުންނެވެ. އެންމެ ސޫރަތަކުން އެބެއި ކަލުންނަށް ކުރައްވާ އަސަރު މިހުންނަނީ އެވެ. އަހުރެމެންނަށް މާތް މީހުން ޤުރުޢާން ކިޔަވާފަ ރޮނީ، ހިތާމަ ކުރަނީ ކީތްވެބާވަ އޭ ނޫނީ ހިތަކު ނޯވެއެވެ.
ދިވެހިން ނޭވެ. ޙިސާބު ނުބައްލަވާނޭ ހީކުރަނީ ހެއްޔެވެ؟ އެހެންނެތް ނޫނެވެ. ހިސާބު ބެލެވެން ނުއެދޭތީވެ ތިހެން ހީކުރަނީ ތާއެވެ. އެކަމަކު އެ ނުބެލި ނުދާނޭކަން ކަށަވަރެވެ.
سبحان الله
ވީޑިއޯ ވެސް ބަލައިފިން. ހުރިހާ އެންމެން ވެސް ބަލާލުން ރަނގަޅު
ވަރަށް ޢިބްރަތްތެރި، ވަރަށް ފުރިހަމަ ލިޔުމެއް މާޝާ ﷲ.
މާޝާ ﷲ