ޝައިޚް ފާތިޙުލް މުވަސިލީ ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުން އެއް ދުވަހަކު ކުޑަ ކުއްޖަކު ޖަންގައްޔެއްގެ ތެރޭގައި ހިނގާފައި ދާތީ ފެނުނެވެ. އަދި އެ ކުއްޖާ ހިނގަމުން ދަނީ ދުލުން ކޮންމެވެސް އެއްޗެއް ވެސް ކިޔަމުން ކަން އިނގެއެވެ. ތިމަން ކަލޭގެފާނުން އެ ކުއްޖާޔަށް ސަލާމް ގޮވައިލީމެވެ. އޭގެ ޖަވާބު ދިނުމުން ސުވާލު ކުރަން ފެށީމެވެ.
ޝައިޚް: "ކޮންތާކަށް ތި ދަނީ؟"
ކުއްޖާ: "ކަޢުބަތުﷲ އަށް"
ޝައިޚް: "ކޮން އެއްޗެއް ތިކިޔަނީ؟"
ކުއްޖާ: "ޤުރުޢާން"
ޝައިޚް: "(ކޮއްކޮ) ތީ އަދި ވަރަށް ޅަ ކުއްޖެއް. އަދި ކޮއިފުޅުގެ މައްޗަށް އެތަނަށްދިޔުން ވާޖިބު ވާވަރެއްވެސް ނުވޭނު"
ކުއްޖާ: "ތިމަންނަޔަށް ތިމަންނަޔަށް ވުރެން ހަގު ބަޔަކު މަރުވާތަން ފެނިއްޖެ. ތިމަން ބޭނުން ވަނީ ތިމަން ގެ ގާތަށް މަރު އައިސް ޓަކި ދިނުމުގެ ކުރިން ތައްޔާރުގައި ހުންނާން"
ޝައިޚް: (ހައިރާން ވެފައި ހުރެ) "ކޮއިފުޅުގެ ފިޔަވަޅުތަށް ކުޑަވެފައި ދާންވީ މަންޒިލް އެހާ ދުރު"
ކުއްޖާ: " ތިމަން ގެ ވާޖިބަކީ ކުރިޔަށް ދިޔުން. ތިމަން އެހިސާބަށް ފޯރު ކޮށް ދެއްވުމާއި ނުކޮށްދެއްވުން އެއީ ﷲ ގެ ކިބައިގަ ވާ ކަމެއް"
ޝައިޚް: "ކޮއިފުޅުގެ ކާނާއާއި ދަތުރު ކުރާ އެއްޗަކީ ކޮބާ؟"
ކުއްޖާ: "ތިމަންގެ ކާނާޔަކީ ތިމަންގެ ޔަޤީން ކަން. ތިމަން ގެ ދަތުރު ގެ ވަސީލަތަކީ ތިމަންގެ ދެފައި"
ޝައިޚް: (ތަފްސީލު ކޮށްދެއްވަމުން) "ތިމަން މި އެހީ ބްރެޑާއި (ޕާނާއި) ފެނުގެ ވާހަކަ"
ކުއްޖާ: "އޭ ޝެއިޚް! މީހެއްގެ ގެޔަށް އައުމަށް ދައުވަތު ދިނީމައި އެގެޔަށް ދާ މަގުމަތީގައި އަދި ކާ އެއްޗެހި މީހުން ގެންގޮސް އުޅޭތޯއެވެ؟"
ޝައިޚް: "ނޫން"
ކުއްޖާ: "ހަމަ އެހެން ތިމަން ގެ ވެރި އިލާހުގެ އަޅުތަކުން ނަށް އެކަލާންގެ ގެކޮޅަށް ދަޢުވަތު ދެއްވިއެވެ. ކާން ބޯނެ އެއްޗެހި ހިފައިގެން ދަނީ އެއީ އެދާ މީހެއްގެ ޔަޤީންކަމުގެ ބަލިކަށި ކަމުންނެވެ. އެހެން ވިޔަސް ތިމަންގެ މި ހިނގުން އެއްވެސް އެއްޗަކަށް ނުވެ ދިޔުމަށް ﷲ އިރާދަ ކުރައްވާނޭ ކަމަށް ހީކުރަންތޯއެވެ؟" (މާނައީ މަންޒިލަށް ދިޔުމުގެ ކުރީން މަރު ގެންނެވިޔަސް ހެޔޮކަމެއްކަމުގައި ނުލައްވަވާ ހަމަ ބޭކާރު ކަމެއްގެ ގޮތުގައި ލައްވާނެ ހެއްޔޭ ތޯއެވެ؟)
ޝައިޚް: "ޔަޤީނުންވެސް ނުލައްވާނެ"
އެޔަށް ފަހު އެ ކުއްޖާ ތިމަން ކަލޭގެފާނުން ދޫކޮށް ކުރިޔަށް ހިނގައިގަތެވެ. ދުވަސްކޮޅެއްފަހުން ތިމަން ކަލޭގެފާނުންނަށް އެ ކުއްޖާ މައްކާއިން ފެނުނެވެ. އެ ކުއްޖާ ތިމަން ކަލޭގެފާނުންގެ ގާތަށް އައިސް އެއްސެވެ: "އޭ ޝައިޚް އެވެ! އަދިވެސް ޔަޤީން ކަމުގައި ބަލިކަށިކަމެއް ވޭތޯއެވެ؟"
މިއީ ކުޑަ ކުއްޖެއްގެ ވާހަކަ ވީމައި ފޭކް އޭ ހީކުރައްވަމުތޯއެވެ؟ އިސްލާމީ އުންމަތް ދުށް ބޮޑެތި ޢިލްމުވެރީންގެ ތުއްޕުޅު ޙަޔާތްޕުޅުގައި ބޮޑެތި ޝައިޚުންނަށް ނުދެއްވޭ އެތަށް ސުވާލެއްގެ ޖަވާބު ވެސް ދެއްވާ އުޅުއްވި ވާހަކަތަކީ މަޝްހޫރު ވާހަކަތަކެވެ. ﷲ އެމީހެއް ދެކި ލޯބިވެ ވޮޑިގެންވާ ހެޔޮލަފާ އަޅުވެރިންގެ ދަލީލެއް ކަމުގައި ހާޒިރު ޖަވާބަށް ބުއްދިވެރި ކަމާއި އެކީ މޮޅުވުމާއި ހިތްވަރު ގަދަކަމާއި ޖެހިލުން ކުޑަކަމާއި ދޫހެލުން ވެއެވެ. އެފަދައިން ވެއްޖައިމުތަ، އެމީހެއްގެ ކުރިމަތީގައި ޢިލްމުވެރީންވެސް ހައިރާން ވާފަދައިންވެސް ވެދާނެއެވެ. އޭގެ އެއްމިސާލު ތިކިޔުއްވާ ނިންމެވީ އެވެ.
ލިޔުއްވީ: ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ
great story, thankx
masha Allah