ވާހަކަ

ވާހަކަ: ދަ ޓްރިޕަލް ފިލްޓަރ

ބަޣްދާދުގައި އައްބާސީ ޚިލާފަތުގެ އެންމެ ރަން ޒަމާނުގައި އުޅުއްވި ޙިކްމަތް ތެރި ޢިލްމުވެރި އެއްގެ އަރި އަހަށް މީހަކު އައިސް ބުންޏެވެ. އިއްޔެ މަ ވަރަށް ވައްތަރެއްގެ ވާހަކަ އެއް ކަލޭގެފާނުންގެ އަޚަކާއި މެދު އަހައިފީމެވެ.

ޢިލްމުވެރިޔާ ބުންޏެވެ. އެހަށް މަޑު ކޮށްލާށެވެ. ތިމަން 3 ސުވާލެއް ކުރަންދެން މަޑު ކޮށްލާށެވެ. އެމީހާ އާނއެކޭ ކިޔާފައި އިނުމުން މި ޢިލްމުވެރިޔާ އައްސަވައިފި އެވެ.
ސުވާލު 1. "ތިބާ ދައްކާން ތި އުޅޭ ވާހަކަޔަކީ ތެދެއް ކަމާއި މެދު ހަމަ ޔަޤީން ހެއްޔެވެ؟"

އޭނާ: ނޫނެކެވެ. ތިމަން ހަމަ އެކަނި އަޑު އެހީ އެވެ.

ޢިލްމުވެރިޔާ ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ އެއާއި މެދު މާކަ ބޮޑު ޔަޤީން ކަމެއް ނެތްދޯއެވެ.
ސުވާލު 2. "ތިބާ ދައްކާން އުޅޭ ވާހަކަ އަކީ އޭނަގެ ރަނގަޅު ކަމުގެ ވާހަކަ އެއް ހެއްޔެވެ؟"

އޭނާ: ނޫނެކެވެ. އޭގެ އިދިކޮޅަށެވެ...

ޢިލްމުވެރިޔާ ވިދާޅުވިއެވެ. ތިބާ ތި އުޅެނީ އެހެން ވީމާ ޔަޤީން ކަމެއް ވެސް ނެތް މީހެއްގެ ނުބައި ވާހަކަ އެއް ދައްކާށެވެ. ނަމަވެސް އަދިވެސް އެއްސުވާލު އެބަ އޮތެވެ. އެއިގެ ސަބަބުން އަޑުއަހާން ޖެހިވެސް ދާނެއެވެ.
ސުވާލު 3: "ތި ކިޔައި ދޭން އުޅޭ ވާހަކައިގައި ތިމަން އެއިން ކުރާނޭ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟"

އޭނާ: ނޫނެކެވެ. މުޅިޔަކުން އެހެން ނެތް ނޫނެވެ.

ޢިލްމުވެރިޔާ ވިދާޅުވިއެވެ. ޔަޤީން ކަމެއް ނެތް، އަމްދުން އެއިގެއިން މީހަކަށް ފައިދާ އެއް ނޫނީ ގެއްލުމެއް ވެސް ނުވާ މީހެއްގެ ނުބައި ވާހަކަ އެއް، ދެން ކިޔައިދޭން ތި އުޅެނީ ކީތް ވެގެން ހެއްޔެވެ؟"

يَا أَيُّهَا الَّذِينَ آمَنُوا އޭ އީމާން ވެއްޖެ މީސްތަކުން ނޭވެ اجْتَنِبُوا كَثِيرًا مِّنَ الظَّنِّ އެންމެހާ ކުށް ހީ ތަކުން ދުރުވެ ގަންނާށެވެ إِنَّ بَعْضَ الظَّنِّ إِثْمٌ ހަމަ ކަށަވަރުން ބައެއް ހީތަކަކީ ފާފައެކެވެ وَلَا تَجَسَّسُوا އަދި ޖާސޫސް ނުކުރާށެވެ وَلَا يَغْتَب بَّعْضُكُم بَعْضًا އަދި އެއްބަޔަކު އަނެއްބައެއްގެ ނެތި ނުބައި ނުމޮށޭށެވެ. أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا ތިޔައިގެ ތެރެއިން އެކަކުވެސް އަނެކެއްގެ މަރުވެފައިވާ މުޅަ މަސް ކާން ރުހޭނެ ހެއްޔެވެ؟ فَكَرِهْتُمُوهُ (ތިޔައިގެ ތެރެއިން އެކަކުވެސް) ނުރުހޭނެ އެވެ وَاتَّقُوا اللَّهَ އަދި ﷲ އަށް ތަޤުވާ ވެރި ވާށެވެ إِنَّ اللَّهَ تَوَّابٌ رَّحِيمٌ ހަމަ ކަށަވަރުން ﷲ އީ ތައުބާ ޤަބޫލު ކުރައްވާ އޯގާ ވަންތަ ރަސްކަލާންގެއެވެ. (ސޫރަތުލް ޙުޖަރާތު: 12)

އިނގިލައްވާ ހެއްޔެވެ؟ އައްބާސީ ޚިލާފަތަކީ ދުނިޔެއަށް ލިބުން ބޮޑު ވެގެންވާ ނިޔުމަތެކެވެ. ކުރީގެ "ސިވިލައިޒޭޝަންސް" ތަކުގެ ހިސާބު ޢިލްމުވެރިންނާއި، ކެމިސްޓުންނާއި، ނުޖޫމީ ޢިލްމުވެރިން....... ބޭސްވެރިން.... ގެ މަސަތްކަތް ތައް އޮތީ އެމީހުންގެ އަތް ތަކުގައި އެކަންޏޭ ވެސް ބުނެވިދާނެއެވެ. ވަރަށް މަދު ބަޔަކު ނޫނީ އެހެން ޤައުމު ތަކަށް ގޮސް ކިޔަވާ އުޅުން ކަމުގައެއް ނުވެއެވެ. ސަބަބަކީ އޭރުގެ މީހުންގެ (އަދި މިހާރުގެވެސް ގިނަ މީހުން ފަދައިން) ވިސްނުން ހުންނަނީ މުދަލަށެވެ. (ލާރި އަށެވެ). އެހެން ކަމުން ދަނޑު ވެރިކަމާއި "ލޯންގް ޑިސްޓެންސް ޓްރޭޑް" ތަކާއި... މިހެން ގޮސް މުޅިންވެސް ބިޒިނަސް މައިންޑްސްއެވެ. މުދާ ލިބޭ ހާ ހިނދަކު ޢިލްމު ކީއްކުރާ އެއްޗެއް ހެއްޔެވެ.

ނަމަވެސް ބަޣްދާދުގައި ވެރިކަން ކުރެވޭން ފެށުމުން ދެ ބާވަތެއްގެ ޢިލްމުވެރީންނަށް ވަރަށް ބޮޑު ޤަދަރެއް ސަރުކާރުން ދެއްވިއެވެ. އެއް ބާވަތަކީ ދީނީ ޢިލްމުވެރިން ނެވެ. އަނެއް ބާވަތަކީ ދުނިޔެވީ "ނޮލެޖް" ހޯއްދަވާ ބެއިކަލުން ނެވެ. އެ ބެއިކަލުންގެ މަސަތްކަތްޕުޅުން ވަރަށް ވަރަށް ގިނަ ޤައުމު ތަކުގެ ޢިލްމީ ފޮތްތަށް އެއް ބަހަކަށް ތަރުޖަމާ ކުރެވި ރައްކައު ކުރެވުނެވެ. އޭގެ ހެއްކަކީ ތަތާރުން އަރާ ބަޣްދާދު ތަޅާލައި ފޮތްތަށް "ބްލެކް ސީ" އަށް އަޅާ ލެވުން ދުވަހު މުޅި އެ ކަނޑު އެ ބެއި ބެއިކަލުންގެ ޤަލަމު ތަކުގެ ދެލިން ކަޅުވި ކަމެވެ. އަހަރެމެން ނަކީ ލިޔުންތެރި ކަމުގައި ސުމެކެވެ. ފޮތް ތައް ލިޔުއްވާ އުޅުއްވީ އެބެއި ކަލުންނެވެ. އެންމެ ބެއި ކަލަކުވެސް 800 ބޮޑެތި ވޮލިޔުމސް ތައް ލިޔުއްވާފައި އެބަ ހުއްޓެވެ. އަހަރެމެން އުމުރު ދުވަހު ކުރިޔަސް އެ ޒަހަބީ އިމާމް ގެ ހަމަ އެކަނި "ސިޔަރ އައް ނުބަލާ" ވެސް ނުލިޔެވޭނެ ތޯއްޗެކެވެ. ސަބަބަކީ އަހަރެމެން ކުރާ ކަމަކަށް ނުވެފައި ކަންނެތީއެވެ.

މިހާރު ދިވެހި ޝައިޚުން މަދު ހެއްޔެވެ؟ ނޫނެކެވެ؟ އެކަމަކު ފޮތެއް ލިޔެފައި އޮތިއްޔާ އޮތީ (މަދު އެއްޗެއް މެނުވީ) ކުރީގެ ޙުސައިން ސަލާޙުއްދީން މެން ޒަމާނުގެ ބެއިކަލެކެވެ. ނޫނީ ބެއި ކަލުން ނެވެ.

މިހެން ކަމުން ބަޣްދާދުގައި ވަރަށް ގިނަ ދަރިވަރުން އުފެދުނެވެ. އެޔަށް ފަހުން އެކި ޤައުމު ތަކަށް އެކި ގޮތް ގޮތަށް ދުނިޔަވީ ޢިލްމު ތައް އަރައިގެން ދިޔަ އެވެ. އޭރުވެސް ހުޅަނގު އޮތީ ހަމަ (މި ދުނިޔަވީ ޢިލްމުގެ) ޖާހިލުކަމުގެ އަނދިރީގައި ނިދާފައެވެ. މިތާ މިހާ ކުޑަ ތަންކޮޅެއްގައި އޭރުގެ އެ ދިގު ވާހަކަތައް ދެއްކޭން ނެތީތީވެ ކުރުކޮށްލަމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އަޑުއަހާގޮތުގާ ތަތާރުން ބަގްދާދުގައިހުރި ފޮތްތަށް އެޅީ ދިޖްލަތްކޯރަށް، “ބްލެކްސީ” އެއީ ބަގްދާދްއާ 900ކިލޯމީޓަރު ދުރުގާ އޮންނަ ކަނޑެކެވެ.

Your email address will not be published. Required fields are marked *

More in ވާހަކަ