މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުންގެ އަރިހުގައި ވީ މުސްލިމުން ތައް (ނަން މުސްލިމް މީސްތަކުންނާވެސް ލައިގެން) ކަނޑުގެ އައްސޭރިއާއި ހަމަޔަށް ވަޑައިގެން ވަގުތެވެ. ބުނެވޭ ގޮތުން މި އީ "ރެޑް ސީ" ކަމުގައި ވެސް ވެއެވެ. އޭރު ފިރުޢައުނާއި އެ ޖައްބާރުގެ އައުވާނުންތައް މޫސާގެފާނުންގެ މައްޗަށް ގަދަވެގަނެ އެކަލޭގެފާނުންގެ މީސްތަކުން މަރާ ރޯނާ ގަންނަވާލަން ވެގެން ލަޝްކަރުގައ ފުރިހަމަ ބާރާއި އެކީ އާދެއެވެ.
މޫސާގެފާނުންގެ އަރިހުގައި ވީ މީހުން ބުންޏެވެ. މިއީ ތިމަންމެންގެ މަރުގެ ދުވަހެވެ. އޭ މޫސާ (ގެފާނުން) އެވެ! ދެން ހަދާނީ ކިހިނެތް ހެއްޔެވެ. ކުރިމަތީގައި ގަދަ ކަނޑެވެ. ފަހަތުގައި ފިރުއަޢުނުގެ ލަޝްކަރެވެ. ސަލާމަތް ވާނެ އެއްގޮތެއްވެސް ނެތެވެ.
އަޚުންނާއި އުޚުތުން ނޭވެއެވެ. މިއީ ހިތްވަރުގަދަ ކެތްތެރި ﷲ އާއި މެދު ޔަޤީން ކަން ހިތުގައި އޮތް އިންސާނެއްގެ ބަސްތަކެވެ. "قَالَ كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ" "ވިދާޅުވިއެވެ. (ހަމަ ހިލާ) އެހެނެއް ނޫނެވެ! ހަމަ ކަށަވަރުން އަހުރެންގެ އިލާހު އަހުރެންނާއި އެކީ ވޮޑިގެން ވެއެވެ. އެކަލާންގެ އަހުރެން ނަށް މަގު ދައްކަވާނެއެވެ" (26:62)
ކަންވީ ގޮތަކީ މޫސާގެފާނުންނަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖައްސަވާން ﷲ ވަޙީ ކުރެއްވިއެވެ. ދެން ކަންތައް ވީ ގޮތް ކިޔުންތެރިންނަށް ވެސް އިނގޭނެއެވެ. "އަދި ތިމަން ﷲ މޫސާ (ގެފާނުންނާއި) އެކަލޭގެފާނުންގެ އަރިހުގައި ވީ މީހުން ސަލާމަތް ކުރެއްވީމެވެ" (26:65)
މިއީ ބަނީ އިސްރާއީލުންގެ މައްޗަށް ފޮނުއްވި ރަސޫލުން ކުރެން އެންމެ ހިތްވަރުގަދަ އެންމެ ކުރިން ފޮނުއްވުނު ރަސޫލާއެވެ. ޤުރުއާނުގެ ފަތްފުއްތައް ވަނީ މި ބަނީ އިސްރާއީލުންގެ ވާހަކަ ތަކުން ފުރިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ މައްޗަށް ފިޔަވާ އެހެން ބަޔަކަށް އެހާ ގިނައިން ރަސޫލުން ފޮނުއްވެވި ބަޔަކު ވާކަމެއް އަޅުގަނޑަކަށް އިނގިފައެއް ނެތެވެ. އެބައި މީހުންގެ މައްޗަށް މަންނަ ސަލްވާ ބާއްވައި ލެއްވެވިއެވެ. ފިރުޢައުނުގެ ކިބައިން ބިޔަ ކަނޑެއްގެ ތެރެއިން ސަލާމަތް ކުރެއްވެވިއެވެ. ފަލަސްތީނުގެ ބިން ދެއްވިއެވެ. ރަސޫލުން ތައް ފޮނުއްވެވިއެވެ. މިހެން ގޮސް އެތައް ކަމެކެވެ. ނަމަވެސް ބަލައި ނުގަތެވެ. މިހާރު ދެން އުނބަށް ޖެހިގެން އުޅުނަސް އޭރު އެ ފަލަސްތީނުގެ ބިން އެމީހުންނަށް ދެއްވާން ހުއްދަ ދިނީމަވެސް ބަލަ އެއް ނުގަތެވެ.
ނަމަވެސް މި މީހުންގެ ތެރޭގައި ވެސް ރަނގަޅު މީހުންނާއި ޢިލްމުވެރީންނާއި މާތް މީހުން އުޅުނެވެ. މި މީހުންނާއި އެކީގައި އެތައް އެތައް ހަނގުރާމަ ތަކެއްވެސް ކުރެވުނެވެ. އެތައް ވައްތަރުގެ އެކި ފާޑު ފާޑުގެ މީހުން ނާއި ވެސް ދެކޮޅަށްވެސް މެއެވެ. ބޮޑެތި ބިޔަ މީހުން އުޅޭ ޤައުމު ތަކާއި ވަރުގަދަ މީހުން އުޅޭ ޤައުމު ތަކެވެ. މިހާރު މ ހުންނަ "ވިޑިޔޯ ގޭމްސް" ތަކުގަ އެ ހުންނަ ކެރެކްޓަރސް ތަކަކީ އެކަންކަމުގެ ދިރި ހުރި ދަލީލެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. والله أعلم















ޚިޔާލު