ވާހަކަ

އަސްތަޣުފާރުކުރުން (އިމާމް އަޙްމަދާއި ރޮށި ފިހާ މީހާ)

އިމާމް އަހުމަދު ބުން ހަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައި ނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ހިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ހިދުމަތްތަކެކެވެ. އިމާމް އަހުމަދު ބުން ހަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި އެކަކެވެ. ނަމަވެސް މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

އެކަލޭގެފާނަކީ އިލްމް ހޯއްދެވުމަށްޓަކައި ވަރަށް ދިގު ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނާއި އިމާމް ޔަހްޔާ ބިން މައީނާއި ދެބޭކަލުން އިމާމް އަބުދުލް ރައްޒާގުއާއި ބައްދަލުކުރެއްވުމަށް ދަތުރު ފެއްޓެވިއެވެ.

މަންޒިލައް ވަޑައިގެންނެވިއިރު އިމާމް އަހުމަދުގެ އަތްމަތި ދަތިފުޅުވެ ފައިސާ ހުސްވިއެވެ. ނަމަވެސް އިމާމް އަހުމަދަކީ މީހުން ދޭ އެއްޗެހީގައި އެއްވެސް ވަރަކަށް ހިއްޕަވާ އުޅުއްވި ބެކަލެއްނޫނެވެ. މިގޮތުން އެފަހަރު އިމާމް އަބްދުލް ރައްޒާގު ވެސް އެހީއެއް ދެއްވަން އުޅުމުން އެކަމުން މަނާވެގަނެ ވިދާޅުވިއެވެ. މީހަކު ދޭ އެއްޗެއްގައި ތިމަން ހިފާނެނަމަ ކަލޭގެފާނުގެ އަތުން ހިފީމުހެވެ. އެއަށްފަހު ރޭގަނޑު ހޭދަކޮއްލުމަށްޓަކައި މިސްކިތައް ވަޑައިގެން އެތާންގައި މަޑުކުރެއްވިއެވެ.

ކަންދިމާ ކުރި ގޮތުން މިމިސްކިތަކީ ރޭގަނޑަށް ބަންދުކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތުމީހާ އެތަން ބަންދުކުރަންވެގެން އިމާމް އަހުމަދު އެތާ އިންނެވިތަން ދެކި އައިސް ސުވާލުކުރިއެވެ. މިތާ ކީއްކުރަނީހެއްޔެވެ؟ މަސައްކަތު މީހާއަކަށް އެއީ އިމާމް އަހުމަދު ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެތަނުގައި ރޭކުރުމުގެ ނިޔަތް އޮތްވާހަކަ ވިދާޅުވުމުން މިސްކިތުން ނެރެލިއެވެ. އެކަލޭގެފާނު މިސްކިތުން ނެރެލުމުން ފެންޑާމަތީ އިށީނދެ ވަޑައިގެން އިންނެވިއެވެ.

މަސައްކަތުމީހާ މިސްކިތް ބަންދުކޮށް ނިމުމަށްފަހު ބޭރަށްނުކުމެ އިމާމް ފެންޑާގައި އިންނެވިތަން ފެނި އެތަނުންވެސް ނުކުތުމަށް އެންގިއެވެ. އެކަލޭގެފާނު މިއީ ﷲގެ ގެކޮޅޭ ވިދާޅުވެ އިދިކޮޅު ހެއްދެވުމުން ފައިގައި ހިފާ ދަމަމުން މިސްކިތު ގޯތިތެރެއިން ބޭރެށް ނެރުނެވެ. މިތަން ބަލަން ރޮށިފިހާ މީހަކުހުއްޓެވެ. އެކަލޭގެފާނުގެ ހާލުފެނި ހަމްދަރުދީވެ އެކަލޭގެފާނު ގޮވައިގެން އެ ރޮށިފިހާ މީހާގެ ގެޔައްދިޔައެވެ. ރޮށި ފިހާމީހާއަކަށް ވެސް އެއީ އިމާމް އަހުމަދު އިބުން ހަންބަލްކަމެއް ނޭންގެއެވެ.

މިތަނުގައި އެކަލޭގެފާނު އިންނެވިއިރު ރޮށިފިހާ މީހާގެ ކިބައިން ހާއްސަކަމެއް ފެނުނެވެ. އަބަދުވެސް ޒިކުރުކުރުމެވެ. ހުއްޓައި ނުލައި ޒިކުރު ކުރަމުން ގެންދާތީ އިމާމް އޭނަކުރެއް އެއްސެވެ. ކަލޭގެ ތިޔަ ޒިކުރުކުރުމުން އެއްވެސް ހާއްސަކަމެއް ލިބޭހެއްޔެވެ. އޭނާ ބުންޏެވެ. އާދޭހެވެ. މިހާތަނަށް ކުރި އެއްވެސް ދުއާއެއް އިޖާބަ ނުކުރައްވައެއް ނުދެއެވެ. އެންމެ ދުއާއެއް މެނުވީއެވެ، އެދުއާވެސް އިޖާބަ ކުރައްވާނޭ ކަމަށް އުއްމީދު ކުރަމެވެ. އެކަލޭގެފާނު އެއްސެވެ. އެއީ ކޮންދުވާއެއް ހެއްޔެވެ. އޭނާ ޖަވާބުގައި ބުންޏެވެ. ތިމަންނަ މުއުމިނުންގެ އިމާމް، އިމާމް އަހުމަދު އިބުން ހަންބަލްއާއި ބައްދަލު ވޭތޯ އެދި ދުއާކުރީމެވެ. އެހިނދު އިމާމް އަހުމަދު އިބުން ހަންބަލްގެ ލޮލުން ކަރުނަ އައެވެ. އަދި ވިދާޅުވިއެވެ. އިމާމް އަހުމަދު އިބުން ހަންބަލް އަކީ އަހަންނެވެ. ދަންނާށެވެ. މުއުމިނުންގެ އިމާމު އެ ޒިކުރުކުރާމީހާގެ ދުއާ އިޖާބަ ކުރެއްވުމަށްޓައި އެމީހާގެ ކައިރިއަށް ގެނެވުނީ ދެފައިގައި ހިފާ ދަމާފައެވެ.

ގުޅުންހުރި

9 ޚިޔާލު

  1. ﷲ އެކަލާންގެ އަޅުތަކުން ގެ ދުޢާ އިޖާބަކުރަށްވަނީ މިފަދައިންނެއެވެ.

  2. ﷲ އެކަލާންގެ އަޅުތަކުން ގެ ދުޢާ އިޖާބަކުރަށްވަނީ މިފަދައިންނެއެވެ.

  3. ﷲ އަކުބަރު ﷲ ގެ ކުޅަދުންވަންތަކަން މީ!!!! ﷲ އަކުބަރު

  4. ﷲ އަކުބަރު ﷲ ގެ ކުޅަދުންވަންތަކަން މީ!!!! ﷲ އަކުބަރު

  5. ﷲ اكبر…

  6. ﷲ اكبر…

  7. ރޮށިފިހާމީހާ އެކުރަނީ ވަކި ޚާއްޞަ ޒިކުރެއް ކަމުގައިވާނަމަ އެއީ ކޮން ޒިކުރެއްކަން ބަޔާންކޮށް ދެއްވަފާނަން ތޯއެވެ.

  8. ﷲއަކްބަރު، ﷲއަކްބަރު، ދެލޯފުރިގެން ބަންޑުންވެސްޖެ، ވާހަކަ ކިއައިދޭ ރަޙުމަތްތެރިޔާގެ މިވާހަކައިގެ ސަބަބުން ވަރަށް ހިއްވަރު ލިބިއްޖެ، ﷲ ތިއަޚަށް ހެޔޮ ރަޙުމަތްލައްވާށި! އާމީން.

  9. ﷲ ތިއަޚަށް ހެޔޮ ރަޙުމަތްލައްވާށި! އާމީން.ﷲ އަކުބަރު ﷲ ގެ ކުޅަދުންވަންތަކަން މީ!!!! ﷲ އަކުބަރު

Your email address will not be published. Required fields are marked *

More in ވާހަކަ