ވާހަކަ

މަންމަ އަސްދޫންޏާއި ހިޔަޅު

ލިޔުނީ: ވަޓިޝް / މުރާސިލް

އެއްދުވަހަކު މަންމަ އަސްދޫންޏާއި އޭގެ ދަރިންތަށް ފެންގަނޑަށް އެރެން ދިޔައެވެ. ފެންގަނޑަށް އެރެން ދިޔަ މަގުމތީގައި ޅައަސްދޫނިތައް އުފަލުން ދިޔައީ އަޑު ލައްވަމުންނެވެ. މަންމަ އާއިއެކު ފެންގަނޑަށް އެރެން ދެވޭތީ އެވެ.
މިހެން އަސްދޫނި ތައް ފެންގަނޑަށް އެރެން ދަނިކޮށް މަންމަ އަސްދޫންޏަށް ހިޔަޅެއް އަންނާތީ ފެނުނެވެ. މަންމަ އަސްދޫނި ވަރަށް ބިރުގަތެވެ. ހިޔަޅު އައިސް ދަރިންކޮޅު ކައިލައި ފާނެތެވެ. އެހެންވެ މަންމަ އަސްދޫނީ ދަރިންކޮޅު ގާތު ބުންޏެވެ.

" ދަރިންނޭ! ބާރަށް ފެންގަޑަށް އެރެން ހިނގާ... ހިޔަޅެއް އެބައާދޭ އަހަރެމެންގެ ފަހަތުން..."

މަންމަ ބުނިބަސް އަހައިގެން ކުޑަކުޑަ އަސްދޫނިތަށް ފެންގަނޑާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ކުޑަ އަސްދޫނި ތަކަށް ދުވެވެނީ ވަރަށްވެސް މަޑުންނެވެ. އެހެންކަމުން ހިޔަޅު ބާރަށް ދުވެފައި އައިސް ކުޑަ އަސްދޫނިތަށް ފެންގަނޑަށް އެރުމުގެ ކުރިން ކައިލައިފާނެތީ މަންމަ އަސްދޫނި ވަރަށް ބޮޑަށް ހާސްވިއެވެ. އަދި ވިސްނާލުމަށް ފަހު ދަރިންތަށް ކައިރީ ގައި ބުންނެވެ. " ދަރީންނޭ.. ފެންގަޑު ކައިރިއަށް ގޮސް ހުރިހާކުދިން ފެންގަނޑަށް އެރޭ... މަންމަ އަންނާނާން ހިޔަޅު ފަހާގެންފައި.. އެއްވެސް ކުއްޖަކު މަންމަ އަންނަންދެން ފެންގަނޑަށް ނޭރި މަޑު ނުކުރާތި.."

މަންމަ އަސްދޫނި މިހެން ބުނެފައި އެއްފިޔަގަނޑު ދަމަމުން ކަހަލަ ގޮތަކަށް ހިޔަޅު ކުރިމަތިންލާފައި ދުރަށް ދާންފެށިއެވެ. މިމަންޒަރު ފެނިފައި ހިޔަޅު ހިތަށް އެރިއެވެ. " މިވީ މާރަނގަޅަށެވެ. މަންމަ އަސްދޫނީގެ ފިޔަގަނޑު އެއޮތީ ބިނދިފައެވެ. ދެންމަންމަ އަސްދޫންޏަކަށް ނުވެސް އުދުހެވޭނެއެވެ. އެހެންވެ ދާނީ މަންމަ އަސްދޫނީ ކައިލާށެވެ. މަންމަ އަސްދޫނީގެ މަސްވެސް މާފަލަވާނެއެވެ. މާ މީރުވެސް ވާނެއެވެ." މިހެންހިތައް އަރައި ހިޔަޅު މަންމަ އަސްދޫންޏާއި ދިމާއަށް ދުއްވައި ގެންފިއެވެ.

މަންމަ އަސްދޫނި ދުރަށް ދުވަން ފަށައި ފިއެވެ. ފެންގަނޑާއި ދުރަށެވެ. ވަކިހިސާބަކަށް އައިސްފައި މަންމަ އަސްދޫނި ދަރިންތަކާއި ދިމާއަށް ބަލައި ލިއެވެ. އޭރު ދަރިންތަށް ފެނގަނޑަށް އެރިފިއެވެ. އެހެންވެ މަންމަ އަސްދޫނި ދުވުން މަޑު ކުރިއެވެ. އަދި ފުންނޭވައެއް ބޭރުކޮއްލިއެވެ.

މިމަންޒަރު ފެނިފައި ހިޔަޅު ހީކުރީ މަންމަ އސްދޫނީ ވަރުބަލިވެގެން މަޑު ކުރީ ކަމުގައެވެ. އަދި ހިޔަޅު އިހުނަށްވުރެ ބާރަށް މަންމަ އަސްދޫނި އަތުލައި ގަތުމަށް ދުއްވައިގަތެވެ. އެވަގުތު މަންމަ އަސްދޫނި ފިޔަގަނޑު ހުޅުވާލުމަށްފަހު ހުދުހިގެން މަށްޗަށް އެރިއެވެ. އަދި އުދުހިފައިގޮސް ފެނގަނޑުގެ މެދައް ތިރިކޮއްލިއެވެ. އެވަގުތު ކުޑަ އަސްދޫނިތަކަށް މިމަންޒަރު ފެނިގެން މަންމަ އަސްދޫނީގެ ކައިރިއަށް ދިޔައެވެ.

ހިޔަޅު ވީ ދެރައިން ފެނގަނޑު ކައިރީގައި އެނބުރިލަ އެނބުރިލަ ހުއްޓެވެ. އެންމެފަހުން ހިޔަޅު ކަރު އެލުވާލައިގެން ހުރެ ޖަނގަލީގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ތިޔަކުދިންނަށް އެނގޭތަ؟ ނުރައްކާތެރި ކަމަކާއި ކުރިމަތި ވުމުން ބައެއްދޫނި މިގޮތަށް ފިޔަގަނޑު ދަމަމުން ދުވެއެވެ. އެއީ އެއެއްޗެހިންގެ ދަރިންކޮޅު ކައިލާންއަންނަ ނުރައްކާތެރި ޖަނަވާރު މޮޔަހައްދައިގެން އޭގެކިބައިން ދަރިންކޮޅު ސަލާމަތް ކުރުމަށެވެ.

ކުޑަ އަސްދޫނިތަށް މިފަހަރު ހިޔަޅުގެ ކިބައިން ސަލާމަތް އެވީ މަންމަ އަސްދޫނީގެ ބަސްގަބޫލުކޮއް ފެންގަޑަށް އެރުނީ މައެވެ. ތިޔަކުދިންވެސް އަބަދުވެސް ތިޔަކުދިންގެ މަންމަމެން ބުނާބަސް އަހަން ވާނެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޢީބުރަތްތެރި ވާހަކައެހް….. :)

  2. ސަޅި

Your email address will not be published. Required fields are marked *

More in ވާހަކަ