ދިވެހިރާއްޖޭގެ ވެރިރަށުގައި އުޅުއްވި "ހިތުން" ވަލީވެރިއެކެވެ. މިވަލީވެރިޔާ ބޮޑުއަށީގައި އިނދެފައި ބޮޑުއަށި ބިއްދޮށަށް އަތްބާނުއްވާފައި އަތްނަގާއިރުގައި އަތުން ފެންތިކި ތަޅާތީ އެއީ ކޮން ފެނެއްތޯ ސުވާލުކުރުމުން އެއީ ބަރަވެލި ކަނޑުގައި ފެތެމުންދިޔަ ނަވެއް ސަލާމަތް ކުރީކަމަށް ބުނިކަމަށްވެއެވެ. ނަމަވެސް އަތްލީ ބޮޑުއަށި ބިއްދޮށުގައި ހުރި ފެންރުނބަޔަކަށެވެ.
ނަމަވެސް މިފަހަރު އެހެން ވާހަކައެވެ. މިގޮތަށް ވަލީވެރިކަމަށް ދަޢުވާކުރި ދިވެއްސެކެވެ. މި " ވަލީވެރިޔާ" ރަށުން ބޭރަށް ކަމަކު ގޮސްފައި ހުރި ދުވަސްވަރެކެވެ. މި ވަލީވެރިޔާގެ އަންހެނުން ރޭގަނޑު އަނދިރިގަތީމައި ގެޔަށް ފިރިހެނަކު ވައްދަނީއެވެ. މިހެން އެކި ރޭރޭ ކަންކަން ތަކުރާރުވަމުން ގޮސް، އަވައްޓެރިންނަށް މިކަމެއް ފަޅާއަރައިފިއެވެ.
އަވައްޓެރިން މިވާހަކަ ދައްކަން ފެށީމާ މި ވަލީވެރިޔާގެ އަންހެނުން މިކަމުން ސަލާމަތްވުށްޓަކައި މޮޅު ރޮކެޓެއް ޖަހާލައިފިއެވެ. އެއީ ކޮންމެ ރެއަކު އަންނަނީ މިވަލީވެރިޔާކަމަށް ބުނުމެވެ.
ވަލީވެރިޔާ އައުމުން އެވާހަކަ ދެއްކި މީހުން ކުރިމަތީގައި އަންހެނުން މިފަދައިން ސުވާލުކުރިއެވެ. ކޮންމެ ރެއަކު އަހަރެންގެ ގާތަށް ނާންނަމު ހެއްޔެވެ؟
ވަލީވެރިޔާ އަވަސް އަވަސް އަވަހަށް އެއްބަސްވިއެވެ. އެއްބަސް ނުވިއްޔާ ވަލީވެރިކަން ގޮސްފާނެވިއްޔާއެވެ. ކޮންމެއަކަސް ޢާންމުންގެ ކުރީމަތީގައި ފަޟީހަތްވުމަށްވުރެ، އަނބިމީހާ އެހެން ފިރިހެނަކު ގެނެސްގެން ކުރާނެހާ ކަމެއްކުރުންވެސް މިކަހަލަ ވަލީވެރިންނަކަށް އެއްވެސް މައްސަލައެއް ނޫނެވެ. މިކަހަލަ ވަލީވެރިން މިއަދުވެސް މުޅިން އާ ފޭރާމެއްގައި އަޅުގަނޑުމެންގެ ތެރޭގައި މުޅިން އައު ނަމެއްގައި އެހެން ނަންނަމުގައި އުޅެމުން އެބަދެއެވެ. ރައްކާތެރިވުން ބުއްދިވެރިއެވެ. މުސްކުޅި ހަރުބަހެއްގައި ބުނާހެން ރައްކާވެ ތިބިއްޔާ ދަތުރެވެ.















ހެހެހެ!ސަޅި ލިޔުމެއް!!
ވަރަށް ސަޅި
ޅޮހީގެ ލިޔުންތަކަކީ ވަރަށް ސަޅިއަދި ވަރަށް ފުރިހަމަ ލިޔުންތަކެއް.
ހީ ހީ ހީ ހައްތަހާވެސް ރޯނު އެދުރު ކަހަލަ ވަލީވެރިން ދޯ