ބުނެވެއެވެ. ލުޤުމާންގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނާއި ދެބަފައިކަލުން ޙިމާރެއްގެމައްޗަށް ސަވާރުވެގެން ކައިރީގައި އޮތް ރަށަކަށް ވަޑައިގަތުމަށް ނުކުމެވަޑއިގަތެވެ. މަގުމަތިން ލައިގަންނަ މީހުން ބުނަންފަށައިފިއެވެ. މިއީ ހާދަ ހިތުގައި ރަޙުމެއްނެތް މުސްކުޅި ބޭބެއެއްތާއެވެ! އެ ޙިމާރުގަނޑުގެ މައްޗަށް ދެމީހުންއަރައިގެން އެތިބަދާއިރު އެކައްޗެއްވެސް ހިތަށް ނާރައެވެ. ދަރިކަލުން ވިދާޅުވެއްޖެއެވެ. އެމީހުން އެގޮތަށް އެއްޗެތި ކިޔަނީވިއްޔާ އަޅުގަނޑު ފައިބައިފާހުށީމެވެ.
ލުޤުމާން އަލައިހިއްސަލާމް:- ދަރިފުޅާއެވެ. މީހަކު އެއްޗެއް ނުކިޔާގޮތަކަށް މީހަކަށް ކަމެއް ނުކުރެވޭނެއެވެ. އެގޮތް ދެކޭނީވިއްޔާ ފައިބައިބަލާށެވެ. ދެން އެ ދަރިކަލުން ފައިބަންނަވައިގެން ޙިމާރުގެ ލަގަނުގައި ހިއްޕަވައިގެން ތަންކޮޅަކަށް ވަޑައިގަންނަވާއިރަށް ލައިގަންނަ މީހުން ބުނަންފަށައިފިއެވެ. ހާދަހާ ގޮތްކުޑަ ބޭބެއެކެވެ. އެބޭބެ ޙިމާރު މައްޗަށް އަރައިގެން ކުޑަކުއްޖަކުއަތަށް ވާގަނޑު ދީގެން އޭނދަގެން ދަނީތާއެވެ. ދެން ލުޤުމާންގެފާނު ފައިބައިވަޑައިގެންފައި ދަރިކަލުން އަރުވައިފިއެވެ. ތަންކޮޅަކަށް ވަޑައިގަންނަވާއިރަށް ލައިގަންނަ މީހުން ބުނަންފަށައިފިއެވެ. މިއީ ހާދަ ގޮތްކުޑަ ބޭބެއެކެވެ. ކުޑަކުއްޖެއް ޙިމާރެއްގެމައްޗަށް ލައިގެން ވާގަނޑުގައި ހިފައިގެން އެހެރަ ހިނގަނީއެވެ. ދެން ދަރިކަލުންވެސް ފައިބައިވަޑައިގެން ދެބަފައިކަލުން ޙިމާރުގެ ވާގަނޑުގައި ހިއްޕަވައިގެން ތަންކޮޅަކަށް ވަޑައިގަންނަވާއިރަށް ލައިގަންނަ މީހުން ކިޔަންފަށައިފިއެވެ. މިއީ ކޮންކަހަލަ މޮޔައިންނެއް ހެއްޔެވެ؟ އެންމެ ރަނގަޅު ޙިމާރެއް ހިފައިގެން އެއަށް ނުމެ އަރާމެ އެތިބަގެން ހިނގަނީއެވެ. ދެން ކުރެއްވިކަމަކީ ދެބަފައިކަލުންވެގެން ޙިމާރުނަގައި ކޮނޑަށް ލައްވައިގެން ހިންގަވައިގެންފިއެވެ. ދެން ލައިގަންނަ މީހުން މިތަން ދެކިގެން ހުއްޓި ތިބެގެން ހީހީފައި ކިޔަންފަށައިފިއެވެ. މިއީ ކިޔެއްވެގެން އުޅޭ ދެ މޮޔައިންނެއް ބާވައެވެ؟ މިއޮތް ބޮޑު މަގުމަތީގައި ޙިމާރެއް ނަގައި ކޮނޑަށްލައިގެން އެތިބައުޅެނީ ކިޔެއްކުރަން ބާވައެވެ؟
ލުޤުމާން އަލައިހިއްސަލާމް:- ދަރިފުޅާއެވެ. މީހަކު އެއްޗެއް ނުބުނާނޭގޮތަކަށް ކަމެއް ނުވެވޭނެއޭ ބައްޕާ ބުނީ މިހެން ވެގެންނެވެ.
ދަރިކަލުން:- އަޅުގަނޑު އީމާންވެ ތިޔަ ބަސްފުޅު ތެދުކޮށް ޤަބޫލްކޮށްފީމެވެ.
ނޯޓް: (މިއީ އަޅުގަނޑުގެ ލޮބުވެތި މަރުޙޫމް މުނިކާފައަށް އަލް އުސްތާޛު އަލްމަރުޙޫމް ޙުސައިން ސަލާހުއްދީން ވިދާޅުވެދެއްވާފައިވާ ވާހަކަތަކެއް ލިޔެފައިވާ ފޮތަކުން ނަގާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ ލިޔުމުގެ ބޭނުމަކީ އަދި ދުޢާއަކީ މި ވާހަކަ ވިދާޅުވާ ބޭފުޅުންނަށް ނަސޭހަތަކާއި ޢިބަރަތެއް ލިބުމެވެ. މާތް ﷲ އަލް ޢުސްތާޛް ޙުސައިން ސަލާހުއްދީންއަށާއި އަޅުގަނޑުގެ މުނިކާފަގެ ފުރާނައަށް ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން!)















މާސާﷲ ވަރައް އިބްރަތްތެރި ތެދު ވާހަކަ އެއް…
ަަަަައާމީން… މާސާﷲ