ވާހަކަ

ތިން ޒުވާނެއްގެ ޗުއްޓީ

ތިން ޒުވާނަކު އެމީހުންގެ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އެހެން ޤައުމަކަށް ދިޔައީ އެމީހުން އެއްކޮށް އެއްތަނެއްގައި ތިބެ ޗުއްޓީގެ މަޖާނެގުމަށެވެ. ކޮޓަރިއެއް ހޯދުމަށް ދިޔަ ހޮޓަލުން ދަތިކަމެއް ނެތި ކޮޓަރި ހަމަޖެހުނެވެ. އެހޮޓަލަކީ 100 ފަންގިފިލާގެ ހޮޓަލެކެވެ. ކޮޓަރިއެއް ހަމަޖެހުނުއިރު ހަމަޖެހުނީ 75 ވަނަ ފަންގިފިލާއިންނެވެ.

އެހޮޓަލުގެ ޤަވާޢިދުތައް ހަމަޖެހިފައި އޮންނަގޮތުން ކޮންމެ ތަނެއްގައި އުޅުނު ކަމުގައިވިޔަސް ރޭގަނޑުގެ 10:00 ގެ ކުރިން ކޮޓަރިއަށް ވަންނަން ޖެހޭކަމަށް އެތަނުން މަޢުލޫމާތުދިނެވެ. އެގަޑިއަށް ނާދެވިއްޖެނަމަ ދިމާވާ އެންމެ ދެރަކަމަކީ އެހިސާބުން ލިފްޓް ބަންދުވާނެއެވެ. ދެން ކޮޓަރިއަށް ދާންޖެހޭނީ ހިނގާފައެވެ. ކޮންމެ ފަދަ ޙާދިޘާއެއް ދިމާވެގެންވެސް 10:00 ގެފަހުން އަތުވެއްޖެނަމަ އެލިފްޓް ބަންދުވުމަށްފަހު ހުޅުވޭނޭގޮތެއް ހަމަނޯވެއެވެ.

މިތިން ރަހުމަތްތެރިން ފުރަތަމަރޭ ބޭރުގައި އުޅުމަށްފަހު ގަޑިއަށްއައެވެ.

ނަމަވެސް ޖެހިގެންއައިރޭ މިތިން މީހުންނަށް ހޮޓަލަށް އާދެވުނީ ލިފްޓް ބަންދުވިފަހުންނެވެ. ތިން ރަޙުމަތްތެރިން ކޮޓަރިއާ ހަމައަށް ދާނެ ގޮތަކާ މެދު ތިބީ ގޮތް ހުސްވެފައެވެ. އެއީ ހިނގާފައި ކޮޓަރިއާ ހަމައަށް ދާން ވިސްނިއަސް އެއީ ބޮޑު ފަރުބަދައެއް ކެނޑުންފަދަކަމެކެވެ.

ތިން މީހުން މަޝްވަރާކޮށް، ނިންމީ ކޮޓަރިއަށް ދިއުމަށް ސިޑިނޫންއެހެންވަޞީލަތެއް ނެތުމުން ހިނގާފައި ކޮޓަރި އާހަމައަށް ދިއުމަށެވެ.

އެތަނުން އެކަކު ބުންޏެވެ. "މޮޅު ޚިޔާލެއްދެންހެއްޔެވެ"
ދެންތިބިމީހުން ބުންޏެވެ. "ހޫނ ދީބަލަ ތިޚިޔާލެއް"
އޭނާ ދިން ޚީޔާލަކީ އެހާ މައްޗަށްއަރަންޖެހޭތީ ހަމަހިނގާލާފަ މައްޗަށްގޮއްސިނަމަ ވަރުބަލިވާނެތީ މީހަކަށްފަހު މީހަކު ވާހަކައެއް ކިޔައިދެމުން މައްޗަށްދިއުމެވެ. އެއިރުން އެކަމުގެ ތެރޭގައި ތިބުމުން ވަރުބަލިކަމުގެ އިޙުޞާސްވެސް ނުކުރެވޭނެތީއެވެ.

ފުރަތަމަ މީހާ ވާހަކަ ކިޔައިދޭނީ 25 ވަނަ ވަންގިފިލާ ކަޑަތުކުރެވެންދެނެވެ. ދެވަނަ މީހާ އަނެއް 25 ފަންގިފިލާ ކަޑަތުކުރެވެންދެނެވެ. މިހެން 75 ވަނަ ފަންގިފިލާއަށްދެވެން ދެން މިފަދައިން ޢަމަލުކުރުމަށް އެމީހާ ދިން ޚިޔާލާއެއްގޮތަށް ތިންމީހުން އާނބަސްކިޔާއި މައްޗަށް ހިނގައިގަތެވެ.

ފުރަތަމަ ރަޙުމަތްތެރިޔާ ވާހަކަފެއްޓިއެވެ. މިރަހުމަތްތެރިޔާ ބުނީ އަހަރެން ކިޔައިދޭނީ ހެއްވާ މަޖާވާހަކައެވެ. އެއިރުން އެންމެން މަޖާކުރަމުން އެހިސާބަށްދާނީއޭ އެރަޙުމަތްތެރިޔާ ބުންޏެވެ. މިހެންގޮސް 25 ވަނަ ފަންގޮފިލާޔާ ހަމަޔަށްދިއުމުން ދެވަނަ ރަޙުމަތްތެރިޔާ ބުންޏެވެ. ދެންއޮތީ އަހަންނެވެ. އަހަރެން ކިޔައިދޭނީ ތަންކޮޅެއް ސީރިއަސް ވާހަކައެކެވެ.

ތިން މީހުން މިކަމަށް އެއްބަސްވުމަށްފަހު ވާހަކަ ކިޔައިދެމުން އަނެއްކާވެސް މައްޗަށް ހިނގައިގަތެވެ.
މިހާރު އެދަނީ ދެވަނަ 25 ފަންގިފިލާ ކަޑަތު ކުރުމަށް މަސައްކަތްކުރަމުންނެވެ. މިހެން ހިނގަމުންގޮސް 50 ވަނަ ފަންގިފިލާޔާ ހަމަޔަށް ދެވުމުން ތިންވަނަ ރަޙުމަތްތެރިޔާ ބުންޏެވެ. ދެންމިޖެހުނީ އަހަންނާތާއެވެ. އަޑުއަހާށެވެ. އަހަރެން ކިޔައިދޭނީ ހިތާމެރިވާހަކައެކެވެ. މިކަމަށް ތިންމީހުންގެ މެދުގައި އެއްބަސްވެވުމުން ތިންވަނަ 25 ފަންގިފިލާ ކަޑަތުކުރުމަށް ހިނަގައިގަތެވެ. ބަލާބެލުމަށް މާބޮޑު ވަރުބަލިކަމެއް އިޙުސާސްކުރާކަމެއް ފާހަގައެއް ނުކުރެއެވެ. ނަމަވެސް ވިސްނާލި ކޮންމެ މީހަކަށްވެސް އެފަދަ އުސް ޢިމާރާތަކަށް ހިނގާފައި އަރާއިރު ވަރުބަލިވާނެކަން ހަމަޔަޤީނުންވެސް އެނގޭނެއެވެ. ހިތާމަވެރި ވާހަކަ ކިޔައިދޭމީހާ ވާހަކަކިޔަމުން އަޑުއަހާމީހުން އަޑުއަހަމުން އެމީހުންގެ މަންޒިލާދިމާލަށް ކުރިޔަށް ދިޔައެވެ.
ނަމަވެސް 75 ވަނަ ފަންގިފިލާޔާ ހަމަޔަށް ދެވުނީ އެމީހުންގެ ވަރުބަލިކަން އިންތިހާޔަށް ދިޔަފަހުން ތަންތަނުގައި ހުއްޓެވެސް ހަދަމުންނެވެ. މިހާލުގައި ކޮޓަރިޔާ ހަމަޔަށް އާދެވެމުން އެތަނުން އެކަކު ބުނެލިއެވެ.

އަހަރެންގެ މުޅިހަޔާތުގައި ހިނގި އެންމެ ހިތާމަވެރި ކަމަކީ މިރޫމުގެ ތަޅުދަނޑު ގްރައުންޑް ފޮލޯގައި ބާއްވާފައި އާދެވުމެވެ. މިހެން ބުނުމާއެކު ތިންމީހުންނަށް ގޮތްހުސްވެ ފާރުބުދަށް ޖެހުނެވެ. ވާނީވެސް އެހެންތާއެވެ. އެހިސާބަށް ވާޞިލްވެވުނީ ޢުމުރުން ދުވަސްވެ ގައިބާރުދެރަވެފައިވާ މުސްކުޅިއަކު މައްޗަށްއަރާހެން މަޑުޖެހެމުން ތަންތަނުގައި ހިފަހައްޓަމުންނެވެ.

ކިޔުންތެރިން އަދި މަޑުކޮށްލާށެވެ. އަޅުގަނޑުގެ ވާހަކަ މުޅިން ފުރިހަމައެއްނުވެއެވެ. މިވާހަކާގައި އަހަރެމެން އެންމެނަށް ވަރަށްބޮޑު ޢިބުރަތެއްވެއެވެ. އެއީ ؟؟؟؟؟

ނިކަން ވިސްނާބަލާށެވެ. ޢުމުރުގެ ފުރަތަމަ 25 އަހަރު ކުޅުމާއި ސަކާރާތް ޖެހުމާއި މަޖަލުގައި އަހަރެމެން ހޭދަކޮށްލައެވެ. އެއަށްފަހު އަނެއް 25 އަހަރު ކައިވެނިކުރުމާއި ވަޒީފާއަށް ދިއުމާއި ދަރިން ތަރުބިއްޔަތުކުރުންފަދަ ސީރިއަށް ޒިންމާދާރު ކަންކަމުގައި އުޅެނިކޮށް އޮންނަނީ ޢުމުރުގެ 50 އަހަރު ފުރިހަމަވެފައެވެ. އެއަށްފަހު ޖެހިގެންއަންނަ 25 އަހަރު މުސްކުޅިކަމުގައި ދަތިތަކާއި ކުރިމަތިވެ އެތަކެއްސަތޭކަ ބައްޔަކާކުރިމަތިލާންޖެހި ދަރިންގެ ފަރާތުންލިބޭ އެތަކެއް ހިތާމަޔަކާއެކު ހޭދަވެގެންދަނީއެވެ. މިހެންގޮސް މަރު އައިސްޖެހުމުން އެނގެނީ ހަނދާންނެތިގެން ތަޅުދަނޑި ބާއްވާފައި އާދެވުނުކަމެވެ. އަހަރެމެންގެ ހުރިހާވެސް މަޤުޞަދަކީ ސުވަރުގޭގެ ތަޅުދަނޑި ޙާޞިލްކުރުން ކަމުގައިވާއިރު ދިރިއުޅުމުގެ ހަލަބޮލިކަމުގައި އެމަޤުޞަދުމަތިން އޮންނަނީ ހަނދާންނެތިފައެވެ. ދެންޖެހެނީ ނުފިލޭނޭ މަރާކުރިމަތިލާށެވެ.

މާތް ﷲ ކީތިރި ޤުރުއާނުގައި ވަހީކުރެއްވިއެވެ." كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ سورة آل عمران (185) މާނައީ:" ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި،( ތިޔަބައިމީހުން ކުޅަޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާދެއްވާނެ ކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ."

ގުޅުންހުރި

18 ޚިޔާލު

  1. ވަރަށް ރަގަޅު ވާހަކައެއް.

  2. މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް.

  3. ޖަޒާކަﷲ އިބުރަތްތެރި ވާހަކަ އެއް

  4. ވަރަށް ޢިބްރަތްތެރި ވާހަކައެއް. ޖަޒާކަﷲ ޚައިރަން!

  5. ވަރަށް ޢިބްރަތްތެރި ވާހަކައެއް. ޖަޒާކަﷲ ޚައިރަން!

  6. ވަރަށް ފުރިހަމަ ޢިބްރަތްތެރި ވާހަކައެއް…!!

  7. ތީ ހަމަ ތެދެއް! ސުވަރުގޭގެ ތަޅުދަނޑި މަތިން ވަނީ އެންމެންވެސް ހަނދާން ނެތިފާ.

  8. މިސައިޓްގަ ސިޔާސީ ވާހަކަ ނުލިޔެ މިކަހަލަ އިބުރަތްތެރި ވާހަކަ ލިޔާނަމަ

  9. ޝުކުރިއްޔާ ހލލ
    މި ވާހަކައަށް ކޮމެންޓް ކުރައްވަމުން ގެންދަަވާ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު އަދާކުރަން.

  10. ވ ވ ސަޅި…. މާޝާﷲ

  11. ހަމަ ހަބޭސް މާޝާﷲ………….

  12. ވ. އިބްރަތް ލިބޭކަހަލަ ބަސްކޮޅެއް…………ގިނަގިނައިން މިކަހަލަ ވާހަކަތަޢް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން…….

  13. ވ. ކިޔާހިތްވާކަހަލަ ވާހަކައެއް…..

  14. ވ.އިބުރަތް ތެރިވާހަކަޢެއް………………………

  15. ގޯގާރލްސް

  16. Varah kiyaa hivva kahala vaahakaeh

    Siyaasee vaahakaige badhaluga mikahala vaahaka hunna nama:-) :-)

  17. Mikahala salhi story eh merge kuriakun nukiyan!

    Hama habeys!=-O

Your email address will not be published. Required fields are marked *

More in ވާހަކަ